ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ، ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ އެރަށު ދިލާސާގެ، ޢަބްދުﷲ ޢަލީ (28އ) އެވެ.
ފުލުހުން ވިދާޅުވީ، އަބްދުﷲ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ. އެގޮތުން ގުޅުއްވާނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791382 އަށް ކަމަށްވެސް ވެބްސައިޓުގައި ވަނީ ހާމަކޮށްފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
????