ޑިޕާޓްމަންޓު އޮފް ނެޝަނަލް ރެެޖިސްޓްރޭޝަނުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ ނަންބަރު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވީ، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ފައްސިވެެފައިވާކަމަށާއި، އެކަމާއި ގުޅިގެން ހިދުމަތްތަކަށް ދޫކުރާ ނަންބަރު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ފަރީދާ ވިދާޅުވީ އެތަނުން ފައްސިވެފައިވާ މުވައްޒަފު ކޮވިޑް-19 އަށް ފައްސިވިކަން އެނގިފައި ވަނީ މިއަދު 12 ވެސް ޖެހި ފަހުން ކަމަށެވެ.

ޑިޕާޓްމަންޓު އޮފް ނެޝަނަލް ރެެޖިސްޓްރޭޝަނުގެެ ހިދުމަތްތަކަށް ދޫކުރަ ނަންބަރުތައް ދޫކުރަމުން އަންނަނީ މެންދުރު ފަހު 13:30 އާއި ހަމައަށެެވެ.

މީހަކު ފައްސިވި ނަމަވެސް ނަންބަރު ދޫކުރުން ހުއްޓާލުމާއި ހަމައަށް ނަންބަރު ނަގައިގެން ތިބި ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެމުން މިހާރުވެސް އަންނަކަމަށާއި، ހުރިހާ ކަމެެއްވެެސް ކުރަމުން ގެންދަނީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުވައްޒަފަކު ފައްސިވިކަން އެނގުނީ ވަރަށް ފަހުން. ހިދުމަތް އަދިވެސް ހުއްޓައެއް ނުލަން. މިތަނުގަ ނަންބަރު ނަގައިގެން އެބަތިބި ވަރަށް އާޖެެންޓުކޮށް އައިޑީކާޑު ބޭނުންވަ ފަރާތްތަކުންވެސް." ފަރީދާ ވިދާޅުވިއެެެވެ.

މާލެ ސަރަަހައްދުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ދަށްވެފައި އޮތުމަށް ފަހު މިހާރު އަންނަނީ ނަންބަރުތައް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ތިން ދުވަހު ރާއްޖެެއިން ފައްސިވި މީހުންގެ ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ކުރިން ފައްސިވަމުން އަައީ ދުވާލަކު 50 އިން ދަށް އަދަކަށް މީހުންނެވެ.

ސަރުކާރުންވެސް ވަނީ މިއާއި އެކު ފިޔަވަޅުތައް ހަރުދަނާކުރަން އަނެއްކާވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާޒާ

    ނުހުއްޓާ ށޭ ނުހުޢްޓާށޭ ކުރިއަށް ގެންދަވާ. ސާބަހޭ ހިކުމަތްތެރިކަމަށް

  2. ނައްލަ

    ކުޗީބެ ކިހިނެތް ބާ ؟ ހުރިހާ ކުދިން ހާލު ރަނގަޅު ވާނެ އިންޝާ ﷲ

    • ކުޗީބެ

      ޙާއީ