އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް، އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ ހިންގުމާ ހަވާލުވެ ހުންނެވި އަދުރޭ ހައްޔަރު ކޮށްފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހުންނަ ދަރުބާރުގޭ ކައިރިންނެވެ.

އަދުރޭ ހައްޔަރު ކުރި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދަނީ މާލެ މަގުތައް މަތީގައި ހިނގަމުން އަޑު އުފުލަމުންނެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަށަވަރުނުކޮށް ވެކްސިން ނުޖެހުމަށެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް އިތުރުމަށް އެ ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިގެން ފާސްކޮށް ނިންމާފައިވެއެވެ.

އެއަށް ފަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

މަގުމަތީ ހަރަކާތްތައް އިދިކޮޅު ކޯލިޝަނުން އިތުރު ކުރަމުންދާއިރު، މީގެ ކުރިން އޮތް މުޒާހަރާއެއްގެ ތެރެއިން ވެސް އަދުރޭ ހިމެނޭހެން ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކުރިއެވެ. މި ގޮތަށް މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު، އިރުތަކެއް ނުވެ ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ޕަކާސް.... ލީޑަރޯ.... "ބާޒާރުމަތީ ލީޑަރު"

    9
    20
    • ބާ

      އަންނި ވެސް ހަމަ އެޢީ ބާޒާރު މަތީ ބޭފުޅެއް

      29
      6
    • ބޭބެ

      ހަމަ ވާންކޮށްފަ ބަހައްޓާ!! އެއްގޮތަކަށްވެސް ދޫކޮށްގެންނުވާނެ!! މަގުމައްޗަށް ހަމަ ކޮންމެ ދުވަހަކު ނިކުންނަންވީ!! ހައްޔަރުވެސް ކުރާނެ!! ދަޢުވާވެސް ކުރާނެ!! ބިރުވެސް ދައްކާނެ!! ފަހަތައް ޖެހިގެންނުވާނެ!!

      10
      4
  2. ވގ ޔނ

    ޖަލައްލާ ޔާމީން ކައިރިޔައް ތީ ވެސް އޭގެމީހެއް

    9
    28
  3. ލޮލް

    ވަގު ތީ ލީޑާރ

    5
    19
  4. ގާސިމް

    އަދުރޭ ހައްޔަރުކުރިއަސް އަދިއެހެންމީހުން ހައްޔަރުކުރިޔަސް ދެންމުޒާހިރާ ހުއްތައެއްނުލެވޭނެ މުޒާހިރާދާނީކުރިއައް މިތިބީނިކުމެ ލައްކަދުވަސްވެއްޖެ ނުނިކުންނަންތިބޭތާ ދެންއެކަމަކު ނުނިކުމެނުތިބޭނަން

    35
    7
  5. މުހައްމަދު

    އަދުރޭ ހައްޔަރު ކުރީ ގޭގަ ހުއްޓަތަ؟

    3
    2
  6. ރަޝީދު

    ތިވެސް މުލުވަގެއް ބާއްވާ ނޮހޮރޮއް ޕާން
    ކުރަނީ މީނަޔަކީ އަގެއްހުރިވަގެއްނޫން.

  7. Anonymous

    ސާބަސް ދިވެހި ސިފައިންނަށް. ތިހުރިހާ އެންމެން ނަގާފަ ގޮސް ގޮޅިއަށްލާ. އޭރުން ބޮލަށް ފަސޭހަވާނެ. ރާއްޖެ އަމާންވާނެ.

  8. ބަރުގޮނު

    މިއީ މިސަރުކާރުން އަލަށް ކުރި ކަމެއްތަ.؟ ޕީ.ޕީ.އެމް ސަރުކާރުންވެސް މުޒާހަރާތަކުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޮޑެތިމީހުންނާ މަޖްލިސް މެމްބަރުން ހައްޔަރު ކުރޭ. މިއީ ޕާޓީ ނިޒާމާ އެކު ރާއްޖެއައި ކަމެއް. އެކަން ހަމަ އެގޮތަށް ހިގަހިގާ ހުންނާނެ.