މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ގިނަ އަދަދެއްގެ ސިފައިންނާއި ހެލިކަޕްޓަރާއި ބައެއް އުޅަނދުތައް ބޭނުންކޮށްގެން ރާއްޖެ ޓީވީއަށް ދިން "އެހީ"ދިފާއު ކުރައްވައިފިއެވެ.

ސިފައިންނާއި ހެލިކަޕްޓަރާއި ބައެއް ކަނޑު އުޅަނދުތައް ބޭނުންކޮށްފައި ވަނީ ރޯދަ މަހުގެ ތެރޭގައި ރާއްޖެ ޓީވީން ދައްކާ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޝޯއަށެވެ.

މި ޝޯގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ ދ. އަތޮޅުގެ ފަޅު ރަށްތަކެއްގައެވެ.

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފްއިން ދަނީ އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަމަށް، އެ ފަރާތްތަކުން އެދޭ ކަންކަމުގައި ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި މިންވަރަކުން ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކަަމަށެވެ.

"މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަޤްޞަދުގައި ޒަމާނުންސުރެ، ފޯރުކޮށްދެމުންދާ ސިފައިން ޢިޖްތިމާޢީ ޚިދުމަތެކެވެ". އެމްއެންޑީއެފް އިން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖްގައި ވެއެވެ.

ރާއްޖެ ޓީވީން މިފަދަ ޝޯއެއް ދައްކަން ތައްޔާރުވާ އިރު، މީގެކުރިން ޓީވީއެމް އިން ވެސް ސިފައިން ބައިވެރިކޮށްގެން ޝޯތަކެއް ބޭއްވިއެވެ. އެކަމަކު، އެ ޝޯތަކުގައި ސިފައިންގެ އުޅަނދުތައް ބޭނުން ކުރި ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނޫރީ

    ޤާނޫނީ ޒިންމާ އަކީ ރެއަލިޓީ ޝޯވްތަކަށް އެހީވުންތޯ... ޓީވީ ޗެނަލްތަކަކީ ކޮމަޝިއަލް ވިޔަފާރިއެއް... ބާރެއް އޮތީތީވެ، އެބާރު ނަހަމަގޮތުގައި ބޭނުންކުރަނީ... ޤާނޫނު އަރާ ހަމަކުރާނެ...މިއީ މުޅި މުއައްސަސާގެ ދައުރެއްނޫން... ނަމަވެސް ވެރިންގެ ދޯހަޅިކަން...

    31
    4
    • ގ

      އެމްއެންޑީފް ގެ ފައިސާ އަދި ހެލިކޮޕްޓަރު ރާއްޖެ ޓީވީން ބޭނުން ކުރަން ދިނުމަކީ ކޮރަޕްޝަން... 😠

      20
      3
  2. އަހަރެން

    ޗެނަލް 13 އިން އެދެފިނަމަ ތިޔަ އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދޭނެބާ؟.

    34
    5
  3. މާމިގިލީ މީހާ

    ދ އަތޮޅުގެ ރަށް ފަތީގަ. ދަތުރުދާން ރީތި ރަށް ތަކެއް އެއީ.

    17
    1
  4. ނިޒާމު

    ތިޔައީ ހަމަ މާރިއާ އާއި ޝަމާލު ގެ ނުފޫޒު ތިޔަކު އެހެން އެއވެސް ފަރާތެއް ނުވާނެ ނުވެސް ވެވޭނެ...ޑިފެން އާއި ޗީފްއޮފް ޑިފެންސް..ދެނޯ

    23
    4
  5. ޢަލީ

    ތިހެންވިއްޔާ މީހަކު ނިދާނެތަނެއް ނެތިގެން ސިފައިންގެ އިމާރާތެއްގައި ނިންދެވި މައްސަލަ ތި ބަލަނީ ކީއްވެގެން؟ އެވެސް މީހަކަށްވެދިން އެހީތެރިކަމެއްނޫންތޯ؟

    33
    2
  6. ނަޖްވާ

    މީ ހަމަ ރަނގަޅު ކަމެއް! އެހެން ޤައުމުތަކުގަވެސް އަސްކަރިއްޔާ މި ކަހަލަ ކަންކަމުގައި ބައިވެރިވޭ އަސްލު!

    7
    24
    • ވަރުދާ

      މިސާލަކަށް ކޮން ގައުމެއްގައި؟ އެހެން ގައުމޭ ބޭރުގައުމޭ ބުނީމަ ދެން މާ އެނގޭ މީގަކަށް ދޯ ތިވީ؟

      26
      2
      • ހުސޭނުބޭ

        ދިވެހިރާއްޖޭގައި...... މާރިޔާގެ އޯޑަރަށް

  7. ކިޔުންތެރިއެއް

    ތިބުނާ މާތް މަޤްޞަދުގެ ޙަގީގަތް އިނގޭފަރާތެއްވާކަން ހަނދާންކޮށްލާތި. މަގާމާ ދުނިއެޔަށް އޮތްދަހިވެތިކަމެއްގެ ބޮޑުކަމުން އޭރަކު ވެރިކަމެއްގަ އޮއްނަ ސަރުކަރެއް ރުއްސުމަށް ބުނިހާގޮތެއްހަދާދީގެން ކޮށްފައިވާ ހުވާ ބޮލާލައިޖަހާ ތިމަންނަމީ މަރުވާނޭ މީހެއްކަންވެސް ހަނދާންނެތިފަ.

    21
    1
  8. ޑައިވަރޭ

    ސީޒަންމެން ފިލްމު ހެދި ހަނދާންވެސް ނެތީބާ؟؟

    10
    1
  9. ރާއްޖެތެރެ

    ރާއްޖޭ ތީވީއަކީ ރާއްޖެ ހަލާކުކޮއްލަން އަޅުފައިސާގަ ހިންގާ ޗެނަލްލެ

    16
    2
  10. ހުސޭނު

    ވިޔަފާރި ތަކަށް ހިލޭ އެހީ ދެވިގެން ނުވާނެ އެމްއެންޑީއެފް އިން. ޕާޓީތަކަށް ހަވާ އަރުވައިދެނީ ފައިސާ ނަގައިގެން.

    15
    1
  11. މިލިޓަރީ

    އިންޑިޔާ ސިފައިން ތިބިވަރެއްވެސް ނޭގެ މީ ދިވެހިންގެ ޓެސްފައިސާގަ ކުރަމުންދާ ޖަރީމާއެއް

    13
    2
  12. ވވވވވ

    އިންޑީޔާ އައުޓް މީ ދެރަކަމެ

    18
    1
  13. ވަތަން

    އަޅުގަނޑަކައް މިނިވަންކަމެއް އިހުސާސް ނުކުރެވޭ މިހާރަކު

    15
    2
  14. ތަރިކަ މުދާ ގެއްލެނީ

    ބޭރުގެ ސިފައިން ރާއްޖޭގަ ތިބުމަކީ ވަރައް ބޮޑު ގޯހެ.

    20
    1
  15. ހާމިދު ޝާހިދު

    ޗެނަލް 13 އަށް ތިފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ކެރިދާނެތޯ! އެމީހުން ރޯމާ ދުވާލު ކުރަމުންދާ އާދޭހައް ތަންދިނުމުގެ ގޮތުން، ސަރުކާރު ހަމަމަގަށް އެޅުވުމަށް އަޑުއުފުއްލާލަން ނުކުންނަ ކޮންމެ ފަހަރަކު ފުލުހުން ހުރަސްއަޅާ. އެކަން ހުއްޓުވާލަދީ އަޑު އުފުއްލަން ފުރުޞަތު ދޭން ކެރޭނެތޯ!
    އެމްއެންޑީއެފް ވެސް މިހާރު ތިއޮތީ، ކޮރަޕްޓްވެފައި، އެ ލޯންޗް ފަހަރާއި ހެލިކޮޕްޓަރުގެ ތެލުގެ ހަރަދުތަކާއި، އިންޑިއާ ސިފައިން ވެސް އަމުދުން ބޭނުންކޮށްގެން ތިޔަ ކުރި ކަނޑަ ކަންތައް މިހާރު ދެން ދިފާއުކުރަން އުޅޭނެކަމެއްނެތް. ރައްޔިތުން ގުބޯލެއް ނުހެއްދޭނެ. ރައްޔިތުންދަނީ ދުރާ ގާތުން ބަލަމުން، ޖަވާބުދާރީވާން ޖެހޭ ދުވަސް އޮތީ މާ ދުރަކުނޫން.

  16. ޔާސިރު

    ރިއަލިޓީ ޝޯގެ އަނދިރި ފަރާތް ފަޅާއަރަން ކިހާދުވަހެއް ނަގާނެބާ.......ދެ ޖިންސް މީހުންތަކެއް ގެންގޮސް ފަޅުރަށްތަކަކަށް އަޅާލީމާ ދެން ނިކަން "ރިއަލިޓީ" ވެފަ އޮންނާނި....މިފަދަ މުންކަރާތްތައް ނަހީކުރަން ގޮވާލާނެ ބަޔަކު ނެތީބާ............

  17. ބަރުގޮނު

    ރާއްޖެ ޓީ.ވީ އަށް ދިން މިއެހީ މުޅިން ތަފާތު. މިއެހީ ގައި މައިގަޑަކަށް ބޭނުން ކުރީ އެ.އެމް.ޑީ.އެފް. -- ހެލްކޮޕްޓަރާ ކަޑު އުޅަދުތަކާ ތަކެއްޗާ ޤަވްމު ގެ ދިފާޢީ ލަޝްކަރު. ޖަމްޢިއްޔާތަކާ ސްކޫލްތަކާ ކައުންސިލް ތަކުން ބާއްވަނީ ފެތުމާ ފީނުމާ އެއްގަމު ކަސްރަތާ އަލިފާންނިވުމާ ކައްކާގޭސް ރައްކާތެރި ކަމާއެކު ގެންގުޅޭ ގޮތްތައް ދަސްކޮށްދޭ ކޯސްތައް. އެމް.އެން.ޑީ.އެފުން ދެއްވަނީ އިންސްޓްރަކްޓަރުންނާ އެކަންކަމާ ގުޅޭ ބައެއް ސާމަނު އެބޭފުޅުން ތިއްބަވާގެން ބޭނުންކުރުމަށް ޓަކައި ކަމާބެހޭ ސާމާނު. މިސާލަކަށް ފަޔަރ ބްލެންކެޓް ، ޑައިވިންގ ސާމާނު. ނަމަވެސް ރާއްޖެ ޓީވީ ގެ ކްރޫއާ ކެމެރާތަކުގެ އިތުރުން ދެން ހުރި ހުރިހާ ކަމަކާ ވަސީލަތްތަކާ ޚަރަދު ދިޔައީ އެމް.އެން.ޑީ.އެފްން. އިސްވެރިން މަސްއޫލުވެ ޒިންމާ ނަގަން ޖެހޭނެ.

  18. އެމަންޖެ

    އަންނި ޓީވީ އެއްނޫންތަ ރޯޔަލްވާނެ.