ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިޕްރޮޖެކްޓަކީ އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކެޓްގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ލެވެލް އަށް ތަރައްގީ ކުރުމުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މި ޕްރޮޖެކްޓު ހިންގަނީ އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިންނެވެ.

މި ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން 7.21 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންްދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދިފައިވާ މުއްދަތަކީ 239 ދުވަހެވެ.

މި މުއްދަތުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 10 ބެޑްގެ ފުލްފްލެޖް އީއާރް ގާއިމްކުރުމާއި، 2 އޯޓީ ކޮންމްލެކްސް އެއް ( އޮޕަރޭޝަން ތިއޭޓަރ) ގާއިމްކުރުމާއި، ލެބޯރެޓަރީއެއް ގާއިމްކުރުމާއި، ޕްރައިވެޓް ރޫމްސް ގާއިމްކުރުން ހިމެނެއެވެެ.

މީގެ އިތުރުން ރޭޑިއޮލަޖީ ޑިޕާޓްމަންޓް ގާއިމްކުރުމާއި މިތަނުގައި ދެ އެކްސްރޭ ރޫމް ގާއިމްކުރުމާއި، ސްކެން ރޫމް ، ސީޓީ ސްކޭން އަދި އެމް އާރް އައި ހިދުމަތް ގާއިމްކުރުން ހިމެނެއެވެ.

މި މަޝްރޫގެ ދަށުން މިތަނުގައި 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ބޯމަތީގަ އޮތްކަމެއްބޭނުންވެގެން ހަވާލުކުރި އަސް އެ ފަދަ ހާލަތެއްނެތް އިރު އިމާރާތް ކުރެވިދާނެތަ؟ ވިސްނަވާ.؟؟؟