ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 27 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
އެ މިނިސްޓްރީން މިގޮތަށް ބަދަލު ގެނެސްފައި ވަނީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކުރީ އެ ސަރަހައްދުގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ. މާލެ ސަރަހައްދުގައި ފާއިތުވެދިޔަ ތިން ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް އުޅެނީ ވަރަަށް މަތީގައެވެ.
އިކޮނޮމިކް މިނިސްޓްރީން މި ބަދަލު ގެނެސްފައި ވަނީ ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދެވޭނެ ގަޑިތައް އިތުރު ކުރިތާ ތިން ދުވަސް ފަހުންނެވެ. މީގެ ތިން ދުވަސް ކުރިން އެ މިނިސްޓްރީން ވަނީ އެފަދަ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް ބަދަލުކޮށްފައެވެ.
ވަރައް ރަނގަޅު ނިންނުމެއް ބަސްނާހާ އުޅެނީނަ ތިޔަ ގޮތްތައް ނުހަދާ ނުވާނެ
ކޮވިޑްވަރަށް ސިޔާސަވެއްޖެ ރާއްޖޭގައި މިހާ ގިނަދުވަހު އުޅުނީމަ އެސޮރުވެސް ދެނެގަނެފި ބޮޑަށް ފެތުރޭނެ ދުވަސްވަރާއި މައިތިރިވެގެން ހުންނާނެ ދުވަސްވަރު ހީވާކަހަލަ އެސޮރަކީ އެއްކޮޅުޕާޓީގެ މީހެކޭވެސް އެހެންޏާފަހެ އިދިކޮޅުން އަޑުގަދަކޮށްލާއިރަށް ފެތުރިގަންނަނަީ މާބާރަކަށް "އިދިކޮޅު ކޮރޯނާގަ ޖައްސާފަ" އިންތިޚާބު ކާމިޔާބުކުރަންވީ ވަޢުދު ފުއްދަނީކަމަށްވެސް ވެދާނެ ތޯއްޗެއް
ސިޔާސީ ގިލަންވެރިކަން މައިތިރި ކުރެވެން އޮތީ ކާފިއު ހިންގައި ރައްޔިތުން ހަނާ ކޮށްގެންތާ ؟
އިހުތިޖާޖުތައް ގިނަވުން ދެން ކޮވިޑް ގިނަވެޔޭ
ތިހާބާރަށް ފެތުރޭނަމަ ސްކޫލުތައް ބަންދު ނުކުރާން ތިޔަ އުޅެނީ ފަހެ ކީއްވެތަ؟