ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، މިއަދު ބޭއްވި ޖަޒީރާ ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ސްކޫލްތަކުގައި ކޮވިޑް-19ގެ ވޭދަނަ ގިނަވާ ވާހަކަދައްކާއިރު، އެ ސްކޫލްތަކުގައި ދަރިވަރުން ފައްސިވާ ގޮތް އެނގެން ނުހުންނަ ކަަމަށެވެ. އަދި ސްކޫލްތަކުގައި ފައްސި ވޭދަނަތައް ގިނަވަނީ ސްކޫލްގެ ތެރެއިން ނޫން ކަމަށްވެސް ޑރ. ނަަޒްލާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ބަލާލިއިރުގައި އެއް ސްކޫލްގެ އެއް ކްލާހެއްގެ ވަރަށް ގިނަ ކުދިން ފައްސިވެފައި އެބަ ތިބި، އެކަމަކު މީތި ރަނގަޅަށް ބަލާލިއިރުގައި މިއީ ކްލާސް ތެރެއިންނެއް ނޫން، ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން، އެކަަމަކު ހަބަރު އަންނާނީ މި ސްކޫލްގެ ގްރޭޑް އަށެއް އޭ ފައްސިވެއްޖެއޭ"، ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިގޮތަށް ހާމަކޮށްފައި ވަނީ ސްކޫލްގެ ނަން ހާމަ ނުކޮށެވެ.

ޑރ. ވިދާޅުވީ، އެއް ކްލާހެއްގެ ގިނަ ކުދިންތަކެއް ފައްސިވި ނަމަވެސް، އެ ކުދިން ފައްސިވީ ސްކޫލްގެ މާހައުލުގެ ތެރެއިންކަން ނުބުނެ ވޭނެ ކަަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ސްކޫލްގައި އަޅާފައި ހުރި ފިޔަވަޅުތައް ހުރީ ރަނގަޅަށް ކަމަށެވެ.

"ކުރިންވެސް ސްކޫލް ހުޅުވައިގެން އުޅުނުއިރު އަޅުގަނޑުމެންނަށް ފާހަަގަކުރެވުނު އޮފީސްތަކަށް ވުރެވެސް ރަނގަޅަށް، އެންމެ ރަނގަޅަށް މެޝާސްތައް އިޕްލިމެންޓް ކުރެވޭ ތަނަކީ ސްކޫލް". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގަންވީ ކްލާހުގެ އެތެރޭގައި ނޫން ކަމަށާއި، ޓީޗަރުން ސައިބޯން ދާން ގަޑިގައި އާއި އެ ނޫން ގަޑިގަޑީގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަހާ

    ޕާޓީ، ޕާޓީ... ބޮޑުން ޕާޓީ، ކުދިވެރިން ޕާޓީ... އެމްޑީޕީ ޕާޓީ

    25
    3
    • ޒިކް

      ވެކްސިން ޖަހަން ނުފަށާ ސުކޫލުތައް ހުޅުވާލީ މޮޔަފުޅުވެގެންތޯ؟؟ ކޮންމެ ކަމެއް އަތަށް ގޮވީމަ ތެޅި ފޮޅިތަންނަނީ އާންމުންނަށާ ވިޔަފާރިތަކަށް ފިއްތަން

      7
      1
  2. ސަންފަ

    ބަލަ ނަޒޫ ކޮންމެ މީހަކަށްވެސް އެނގެޔޭ ކްލާހެ އް ނޫނީސްކޫލް އަކުން ބަލި ނުފެތުރޭކަން ބަލި ފެތުރެނީ ބަލި ޖެހިފަ ހުންނަ ކު އްޖެ އްގެ ނުވަތަ މީހެ އްގެ ފަރާތުން ކަން . ބަލި ޖެހިފަ ހުންނަ ކު އްޖާ ސްކޫލާށް ދިޔަ އިމަ އެކު އްޖާގެ ފަރާތުން މުޅި ކްލާހަށާ ސްކޫލަށްވެސް ފެތުރެނީ . އެހެންވީމަ ކިޔާނީ ސްކޫލުން ބަލި ފެތުރެނީ އޭ ދޮ އްތަ .

    37
    3
  3. އޮޅުވާލި ވޯޓު

    ބަލަގަ ޕާޓީ ތަކަކީ ކޮވިޑު އުފަން ވާއެއްޗެނޫން ކޮނަބަޔަކު އޮޅުވާލަން ތިއުޅެނީ ތިހެން ނުބުނެ ބުނެބަލަ އިންޑިއާ އިން ޓެސްޓު ކުރަން ފޮނުވި ވެކުސިން ޖަހާށޭ

    28
    6
    • ވަތޯޑި

      ކަލޭގެ ދެލޮލަށް ދެން ގޮވަންޖެހޭނީ. ވަގުތުން ޓީވީން ލައިވްކޮށް ދައްކަމުން ގުނީ. މީ މައުމޫނު އިރު އޮންނަ ގޮތަށް މާލެ ގެނެސް ވޯޓު ގުނާ އިރެއް ނޫން

      12
      5
  4. އަބްދޫ

    ހޮޓަލުގެ މޭޒު ދޮށުގަ ކެއުމާއި ސަޔަށް ގޮސްތިބެ ކާންތިބޭއިރު ވާހަކަދެއްކުމުން އަނގައިން ކުޅުގެ ލޮލަށް ނުފެންނަ ތިކިތަކާއެކުވެ ކޮވިޑް ފެތުރުންގާތް.ކެއުމާއިސަޔަށް ހޮޓަލަށް ވަދެ ކާވަގުތު ފިޔަވައި އެހެން ވަގުތު މާސްކް އަލައިގެން ހުރުން މުހިންމު. ކާމޭޒުގެ ފުލާ މިނަކީ 2 ފޫޓް ދެފަރާތު ދެމީހުން މޭޒުގާ ކާތަކެތި ވާހަކަދައްކާނަމަ ކާތަކެއްޗަށް އަސަރު ނުފޯރާ ނުހުންނާނެ ކަން ޔަގީން. މިކަމަކީ މިހާލަތުގާ ހުއްޓުވަންޖެހޭކަމެއް

    24
    1
  5. ސަރުކާރުގެ ޑޯލް

    މާ ބޮޑަށް ނަޒްލާމެން ސިޔާސީ ވެގެނ ތި އުޅެނީ .
    ކޮނމެހެން ޖެހޭތަ ސްކޫލް ތެރެއިން ޕޮޒިތިވް ވާން. ..

    ބޭރުތެރެއިންނޭ ސްކޫލް ތެރެއަށްވެސް ވަންނާނީ .
    އަހަރެމެންންނަށްވެސް އެނގެ އެކަން .

    ނޭނގެނީ ކޮވިޑް އެއީ މި ޤައުމްގަ 2 އަންހެނަކު ކޮންޓްރޯލްކޮށްގެން ގެންގުޅޭ އެއްޗެއްކަން ..

    37
    5
    • ޔާނުގެ ބޯއީ

      ދެން ކަލޭގެ ދަރި ނުފޮނުވީމަ ވީނުން. ގައިމު ނަޒްލާ ނުގުޅައި ކަލެޔަކަށް ފޮނުވާށޭ ކިޔައިގެން

      3
      27
  6. ޢީސަ

    ޢަމީނިއްޔާ ސްކޫލުގަ މިހާރުވެސް ބަ އިވަރު ޕޮޒިޓިވް އެބަތިބި ސިއްރުކޮއްގެން ބޮޑުން ފިލާތިތިބެނީ

    28
    1
    • ކެލްމީ

      އީސަ ތިބުނީ ތެދެއް!! އަމީނިއްޔާގެ ވެރިން ހަމަ ސިއްރު ކުރަނީ... މަށެއް މަގޭ ދަރިއެއް ނުފޮނުވާނަން ދެނެއް

  7. އަލްޖިބްރާ

    ކޮވިޑް ޖެހެނީ ސްކޫލް ތަކަކުން ނޫނޭ ކިޔައިގެން ނަޒްލާ ތިހާވަރަކަށް ތިޔަވާހަކަ ދައްކަނީ ސްކޫލްތަކާ ނަޒްލާ ޑީލް އެއްހަދާފައޮތީމަތަ؟ ކޮންމެތަނަކުން ޖެހުނަސް ޖެހުނީމަ ޖެހުނީ ! މިހާރު ތިޔަ ތަންތަން ބަންދުކުރަން ވެއްޖެނޫންތަ ؟ މީހުން ޕާރޓީ ތަކަށް ނުގޮސްތިބޭނެތަ ؟ ޕާރޓީ އަކަށް ދައުވަތު ދީފިނަމަ ޕާރޓީއަށް ދާނެ! ދިވެހިންނަކީ އެގޮތަށް ނުލާހިކު މޮޅުބައެއް ! ނަޒުލާމެން ރައްޔިތުންނަށް ޚިދުމަތް ކުރާށޭ ކިޔާފަ ބޮޑެތި މުސާރަ ނަގައިގެން ގޮޑީގަ އިނަކަސް ކަންތަށް ހިގާނީ ހިންގީމަ ! އަގައިން ހަމަ ބުނެލިއަސް އެކަމެއް ނުވާނެ ! މިވެނި ކަމެއް ނުކުރާށޭ ، އެވެނިގޮތަކަށް ނޫޅޭށޭ ބުނެ ބުނެ އޮށްވާނު މިހުރިހާކަމެއް މިޖެހެނީ !

    19
    2
  8. އާނަ

    ސުކޫލުތައް ބަންދު ކުރަން ޖެހިދާނެތީ އެއުޅެނީ ގޮތްކުޑަ ބައެއް މީ

    15
    1
  9. ފިޔަވަޅު

    ބަލަ އަހަރެމެން ނަޒްލާ އެކޭ ނުކިޔާނެ ގޭގަ އިންނަ ނަމަ .
    އަހަރެމެން ރައްޔިތުންގެ ލާރި ކައިގެން ޕާޓީ ބޮޑުން ބުނާ ގޮތަކަށް ނޫން ކަންކަން ކުރަން ޖެހޭނީ .

    އިޚްލާސް ތެރިކަމާ އެކު ޕްރޮފެޝަނަލް ކޮށް މަސައްކަތް ކޮއްބަލަ!

    7
    1
  10. ޢލަި

    ކޮވިޑުން ސަލާމަތް ވުމައް އެންމެ ރަނގަޅީ ކަޅުސައި

    3
    1