ޖަލުތަކުގައި ގޮޅި ހުރި ވަރަކަށް ޖަލަށް ދާން ތައްޔާރު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސައީދު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ދައުލަތުގެ ތިން ބާރުވެސް މިއަދު އޮތީ ކާ މޭޒު މަތީގައި ކަމަށާއި ތަކެތި އަގުބޮޑުވަމުން އަންނާތީއާއި އަދުލު އިންސާފު ގާއިމު ނުކުރެވޭތީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

ސައީދު ވިދާޅުވީ، އިދިކޮޅުން ކުރިއަށް ދެން ބާއްވާ މުޒާހަރާ ނުވަތަ އެއްވުންތައް ކުރިއަށްވަރު ވަރުގަދަ ވާނެ ކަމަށާއި މިރޭގެ މުޒާހަރާއަށް ނުކުންނަ މީހުން ގިނަ ވާނެ ކަމަށެވެ. އަދި މާދަމާއަށް އެއަށްވުރެ މީހުން އިތުރުވާއިރު، ހުކުރު ދުވަހު މުޅި ރާއްޖެ އެ ބޭފުޅުނާއި އެކީ ތެދުވާނެ ކަމަށެވެ.

މިފަދަ އެއްވުންތަކުގެ ތެރެއިން ހައްޔަރު ކުރިއަސް އެބޭފުޅުންގެ މައްސަލައެއް ނެތް ކަމަށާއި ޖަލުތަކުގައި ގޮޅި ހުރިވަރަކަށް ދާން ތައްޔާރު ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން ހައްޔަރު ކުރައްވާ. އަޅުގަނޑުމެން ޖަލުގަ ގޮޅި ހުރި ވަރަކަށް ޖަލަށްދާން ތައްޔާރަށް މިތިބީ" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދޭން އުޅޭ ވެކްސިންގެ މައުލޫމާތު އެފަރާތުން ހޯދާނެ ކަމަށް ބުނެފައެވެ. އެގޮތުން މިއަދުވެސް ހެލްތް މިނިސްޓްރީ އަށް އެކަމާ ގުޅޭ މައުލޫމާތު ހޯދަން ދިޔައީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިނިސްޓްރީ އަށް އައުމަށް އެދުމުން ކަމަށް ސައީދު ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ނަމަވެސް އެބޭފުޅުންނާއި ބައްދަލު ނުކުރައްވައި މިނިސްޓަރ ވަޑައިގަތީ ގެއަށް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑެމެން ގާތު ވިދާޅުވީ، އެއްބަޔަކު އަންނާށޭ އޮފީހަށް އަނެއް ބަޔަކު އެންމެ ރަނގަޅޭ ޕްރޮޓެސްޓް ކުރަން އަޔަސް. އޭރުންތާއޭ އަޅުގަނޑުމެންނަށް މިއަށް ޖަވާބެއް ދެވޭނީ. އެހެންވީމަ އަޅުގަނޑުމެން ދިޔައީ. ދިޔައީމަ ވަޒީރު ވަޑައިގަތީ ގެއަށް" ސައީދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް، އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދުރޭ ހައްޔަރު ކޮށްފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހުންނަ ދަރުބާރުގޭ ކައިރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަގަ ކަލޯ

    ދޮން ކަލޯ މެން އެތަނަށް ދިޔައީމާ ހިލޭ ކާން ލިބޭނެ ވިއްޔާ ދޯ

    12
    30
    • Anonymous

      ޔޫއެސްގެވެސް ބޭނުމެއް. ރ.ޔާމީން ޖަލުގަ ބެހެއްޓުމަކީ. ފަލަސްތީނާ އެއްކޮޅަށް ވޯޓް ދީފިނަމަ އެގައުމަކުން ބަދަލު ހިފާނެކަމަށް ޔޫއެސް އިން ޔޫއެންއަށް ކަނޑައަޅާފަހުން ސަފީރު ބުނި. ވ.ހަސަދަވެރި ބަދަލުހިފުމުގެ ރޫހު އިންތިހާ ބައެއް އެއީވެސް. މިހާރު މިއޮތީ އިންސާނާ ފިތުނަވެރިކުރުވާ ދައްޖާލު ފާޅުވުމުގެ ކޮޅުމަތި ފެނިފަ ކަމަށް އިލްމުވެރިން ވިދާޅުވަނީ.

      9
      1
    • Anonymous

      ޔާ ބަނޑަށް ޖރހިފަތިބީ ރީނދޫ ބައިގަނޑުކަން އެނގޭ. ރީނފުލުގަގިނަވާނީ ބާޒާރުމަތީ މީހުން. މިއަދު ހާލުގަ ޖރެހިފަތިބީ

      11
      2
    • ބޭބެ

      ދޮންކަލޯ މިއުޅެނީ ކާން ނުލިބިގެނެއްނޫން!! މިއުޅެނީ އަނދި ދައުލަތަކުން މިރާއްޖެ ކައި ހުސްކުރާތީ!! މިރާއްޖޭގައި ހަމަޔާއި އިންސާފުން އެއްކިބާވެ ތިބެ އަނިޔާވެރި ވާތީ!! ޖޭއެސްސީއޭ ކިޔާ އެމްޑީޕީގެ ގޮތްޕަކުން ހިތުހުރިހާ ގޮތަކަށް ޢަމަލުކޮށް ފަނޑިޔާރުންނަށް ބިރު ދައްކާ ފަނޑިޔާރުން އުސޫލުން ބޭރުން ވަކިކޮށް އަނެއް ބައި ފަނޑިޔާރުން ހަމަޔާއި އިންސާފު އޮޅާލާ ބޭނުން ގޮތަކަށް ޙުކުމެއް ކުރުމުން ފްލެޓްތަކާ ފައިސާ އާއި އެންމެ މަތީ ފަނޑިޔާރުގޭގެ ގޮނޑިތަކަށް ޕްރޮމޯޓްކުރާތީ!! މިރާއްޖޭގެ ދަރަނި އިތުރުވެ ޢާންމުދަނީ ދަށްވެ ފޮރިން ރިޒާވްގައި އޮތް ޑޮލަރުކޮޅުވެސް ކައި ހުސްކުރާތީ!! ތަކެތީގެ އަގު އުފުލި އިންތިހާއަށް ރައްޔިތުން ބިކަވެފައިވާތީ! މަސްވެރިންގެ މަސްކޮޅު ނުކިރޭތީ!! އިންޑިޔާގެ ތައްޕާހަށް ވެއްޓި މިރާއްޖޭގެ އަމިއްލަވަންތަކަން ގެއްލުވާލާ އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު ގެއްލުވާލާ މިނިވަންކަން ގާދޫކޮޅުން ބޭރުކުރާތީ!! އިސްލާމް ދީނަށް ގޮންޖަހާތީ!! ދައުލަތުގެ މާލިއްޔާ ކައި ހުސްކުރާތީ!! ވައްކަން ނުކުރާނެކަމަށް ބުނެ އައި ބަޔަކު ވައްކަން ކުރާތީ!! ޕާކް ކުރާނެ ތަންތަން ދައްކާފަ ނޫނީ ސްޓިކާ ނުޖާހާނެކަމަށް ބުނެ އައި ސަރުކާރުން ދިވެހި ޒުވާނުންގެ އުޅަނދުތަކުގައި އިސްޓިކާ ޖަހައިގެން ޒުވާނުން ފެލަމުންދަތީ!! މިކަމާ އިހްތިޖާޖު ކުރަންޖެހޭ!! މިއީ އިހްތިޖާޖުނުކޮށް ދޫކޮށްލައިގެން ތިބޭ ވަރުގެ ކަންތައްތަކެއްނޫން!! ޖަލަށް ލިޔަސް ހަމަ ބިރުފަހަނައަޅާ ޙައްގުތައް ހޯދަން ނިކުންނަންޖެހޭ!! ޙައްގުތައް ކަށަވަރުކުރަންޖެހޭ!! ހަމަމަގަށް ކަންތައްތައް އަޅުވަން ދިވެހި ހުރިހާ ރައްޔިތުން މަގުތައްމައްޗަށް ނިކުމެ މަގުތައް ހަމަ ފުރާލަންޖެހޭ!!

      11
      2
  2. އަލް ޖިބްރާ

    ކަލޭމެން ތިކުރާ މުޒާހަރާގެ ބާރު މިއަދު ހަވީރުވެސް ދުށިން ! މުޅި މުޒާހަރާގަ ތިބީ ދޮޅަކަށް މީހުން ! މިހާރު ކަލޭމެނަކީ އޮށްޓަރެއް ހުރި ބައެއް ނޫން ކަން އެންމެނަށްވެސް އެގޭ ! ދެން ޖަލަށް ގެންދިޔައިމަ ހިލޭ ކާންލިބޭނެ ދޯ ؟

    11
    28
  3. ލޮލްލޮލް

    ދެން ޔާންޓޭ ނެރެން ނޫޅެ ބައިގަނޑު ޖަމާވެބަލަ އެތަނަށް ސައްލާކުރަން ..މިމީހުން ހީކުރާ ކަހަލަ މީ ދެން ބައެކޭ

    8
    23
    • Anonymous

      ބަލަ ޔާންޓޭ ނެރެގެނޭ ފައިޒާ ވެކްސިން ލިބެން އަންނަނީ. މޯދީ ވެކްސިން އަދި ޓެސްޓް ސްޓޭޖްގައޭ. ވިއްކާ އެއްޗެއް ގަނެވޭވަރުގެ ހަކަތަ އެއް ދިވެހި ދައުލަތުގަ ނެތޭ. ވެރިންނަކީ ގަމާރުންނަށް ވީމަ ލިބޭނީ މިހާރު މިލިބޭ އަނިޔާއޭ.

      14
      7
      • ހަހަހަ

        ޔާންޓޭ ދޯ ފައިޒާގެ އެމްޑީ އަކީ..ދިވެހި ރައްޔިތުން ޖަހަން ހުރި ވެކްސިން ލާރި ކާލާގެން އެ އޮތީ

        • Anonymous

          1 މިލިއަން ޑޮލަރު ކާލައިގެން އޮތީ! އެމާ މަދެއްނު. 78 މިލިއަން ޑޮލަރު ޖީއެމްއާރުން ކާލި މީހާ އަތުން އެފައިސާ ހޯދަންހިނގާ! އޭރުން ފައިޒާ ވެކްސިން ގެނެސް ޖެހިދާނެ. އަދި އިންކަމް ސަޕޯޓް އެލަވަންސްދީ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރެވޭނެ

        • Anonymous

          ފައިޒާ އެމްޑީ ހުންނާނީ ވިއްކަންނޫންތަ؟ ޔާންޓޭއަކީ ގައުމުގެ ތަރައްޤީގެ ބާނީނު. އޭނައަށް އެނގޭ ފައިސާ ހޯދަން. ކްރޮސްރޯޑް އެއީ އެއް ހެކި. އަހަރަކު 400 ޑޮލަރު ދައުލަތަށް އެންމެ މަދުންވެސް ލިބޭނެ އެތަނުން. އެކަހަލަ ކަންކަން ކުރެވޭނީ، ކިޔަވައިގެންތިބޭ ވިސްނުންތެރިންނަށޭ! އެހެންވެ މިބުނީ. ހިލޭ ބަހާތަނުން ހޯދާނީ އެފްރިކާ ފަގީރު ގައުމުތަކުން. އަހަރެމެން ދިވެހިން މިއީ އައިފޯންހިފާލާފ ރޮލެކްސް ގަޑިއަޅައިގެން 3 އިރު ރެސްޓޯރެންޓުން ކައިގެންއުޅޭ މުއްސަނދިންނު. ތަނެއްގަ ހުރި އެއްޗެހިތަކެއް ޓެސްޓް ކުރާ ޓެސްޓް އޮބްޖެކްޓް ތަކަކަށް ވާވަރަށްވުރެ މާމޮޅު އަދި މުއްސަނދިބައެއްނު އަހަރެމެންނަކީ.

        • ދުންޔާ

          އަސްތާ! 1 މިލިއަން ޑޮލަރުގެ ޗެކެއްގެ މައްސަލައިގަ ހާދަ ހިތްދަތިވެފައޭ. ބަލަ ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދިނުމުން 104 މިލިއަން ޑޮލަރު އަހަރަކު ދިވެހި ރައްޔިތުންގެ ހަޒާނާއިން އުނިވޭ! ދެން ހާޓްއެޓޭކެއް ޖެހޭނީކީނޫން. އެއީ ހަމަ މާސިންގާ ކޮރަޕްޝަނޭ ހީކޮށްލާ ޔާމީނަށް ބަވާލައިގެން ހިތަށް ފިނިކަން ހޯދާލާ!

  4. ރުމޭ

    ލޮލްލޮލް ޖަހައިގެން ކޮމެންޓު ކުރާ މީހާ. މި ކޮވިޑާ ހެދި ގޭގަ މި ތިބެނީ އަހަރުމެން އެހެންނޫންނަމަ މީހުން އޮތްވަރު ކަލެޔާށްފެެއްނާނެ..... ހަޖަމް ޕްލީޒް

    14
    4
  5. Anonymous

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ބޮޑު ވަގާ ކޮމިއުނިކޭޝަން

    14
    4
  6. އައި

    ސަރުކާރު ގަނޑު ފެއިލް ވެ ގޮތް ހުސްވީމަ ކުރީސަރުކާރޭ މަހާނައޭ ސަންދޯކޭ ކިޔަސް ހަމަ ހޭ ހުރި ބަޔަކު ގަބޫލު ނުކުރާނެ ބަލަގަ ޝަމްސުއްދީނު ވެރިކަމެއް ނޫނޭ 2021 އޭ

  7. ރާގޮޑިރ

    ޥަގުންގެ ތަނަކީ ޖަލުގޮޅި. ދާންތައްޔާރރަސް ތައްޔާރުރުނޫނަސް.

    1
    3
  8. މުރާދުބޭ

    މިއީ ކުދިޤައުމުތަކުތެރޭ ހިމެނޭ ޢާމްދަނީގެ ވަސީލަތްމަދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެ އޮތް ޤައުމަކަށްވެފައި ދައުލަތުގެ ހުރިހާބާރެއް މަސްހުނިވެ ދައުލަތް ހިންގާނެ ޢިލްމީ ޤާބިލް މީހުން އެކަހެރިކޮށް ފަތުރުވެރިކަމާއި ގަނެވިއްކާވިޔަފާރީ ތެރޭ މަސައްކަތްކުރާންތިބި ހަލާލުގޮތުގައާއި ނަހަލާލުގޮތުގައި އެތެރެވެތިބި ބޭރުމީހުންގެ ޢަދަދުގިނަ ދިވެހިރައްޔިތުންނަށްވުރެ. ވެރީންގެ ކޮންމެގުނަވަނެއް ގުޅިފައިވަނީ މަކަރާއި ޙީލަތުގަ، ވައްކަމާއި ފަސާދައިގަ. ރައްޔިތުންނަށް ފޯރުކޮށްދޭ ބޭސްފަރުވާއިންވެސް ވައްކަމަށް މަގުފަހިނުވާގޮތަށް ކުރެވޭކަށް ނެތް. މިކަންތަކަށް ނިކުމެ އަޑުއުފުލީމާ ބަންދުކުރަންވީ، ނިކުންނަބަޔަކު ނުކުޅެދޭމީހުނަށް ހަދަނީ. ޢަދުލެއް އިންސާފެއް ލިބޭކަށްނެތް. ޤާނޫނު އޮތީ އަންދާޤާނޫނު. ދެންކޮންކަމެއްތޯ ކުރެވޭނީ. ހަރުބަހުގައި އިވޭ What you can do as a citizen to the country: There is no space for its citizens in the country so What we can do