ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނީ ދައުލަތުގައި ހަރަދުގައި ކަަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިގޮތަށް ވިދާޅުވީ، ޖަޒީރާ ސައްލާ ޕްރޮގްރާމް ޓްގެކޮށް މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ

ޑރ. ނަަޒްލާ ވިދާޅުވީ، ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައި ވަނީ ދައުލަތުގެ ހަރަދުގައި ކަަމަށެވެ.

"ކޮވިޑް ތެރޭގައި ރާއްޖޭގައި މިތިބި ބިދޭސީންނަށްވެސް ފަރުވާގެ ކަންކަން ކުރިއަށްގެންދިޔައީ ދައުލަތުގެ ހަރަދުގެ ފަރާތުން، އޭގެ ބޭސިސްއަކީ ރާއްޖޭގައި އުޅޭ އެންމެން ރަައްކާތެރިވެގެންނޭ ދިވެހިންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދެވޭނީ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިގޮތަށް ވިދާޅުވިއިރު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ހިލޭ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  ތިވެކުސިން ޖަހަން ބޭނުންބަޔަކައް ހިލޭޖަހާދޭނެކަން އެގޭ ތިއީ އިންޑިއާ އިން ޓެސްޓުކުރަން ފޮނުވާފަހުރިއެއްޗެވިއްޔާ ކަލޭމެން ބުޅަލެ ގެންދިޔަސް ތިވެކުސިން ޖަހާނެ ޔަގީން

  38
  3
 2. Anonymous

  ފްރީ ވެކުސިން ދައުލަތުގެ ހަރަދުގައި ދެނީ ކިހިނެއް😂😂😂

  34
  2
  • ޢާލިމް

   ވެކްސިނެއް ހިލޭ ލިބުނަސް އެ ގެނެސް ރައްކާތެރިކަމާއެކު ބެލެހެއްޓުމާ އެކު މީހުންނަށް ވެކްސިން ދިނުމަށް ވެސް އެތައް ޚަރަދެއް ދާނެ. މިސްކިތަކަށް ނުވަތަ ސްކޫލަކަށް އޭސީ ދިނީމަ އެ ބޭނުން ނުކުރެވެނީ ވެސް އެހެންވެ.

   21
   8
 3. ހޮޅުއަށި

  ރިސޯޓް އޯނަރސް، ވިޔަފާރިވެރިންގެ ޖީބަށް ލުއިކުރުން ނޫންކަމެއް ނެތް. ދަތި ޙާލުގައި އުޅޭ ދިވެހިންނަށް ނޫނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތި ފައިސާ ޚަރަދުކުރުން މާ ރަނގަޅު

  40
  2
 4. ކޮރަލް

  ގޯހެކެވެ. ވެކްސިން ނުލިބޭ ގައުމުތަކުން ވެސް ވެކްސިން ޖަހަން ރާއްޖެ އަންނާނެ އެވެ.

  32
  2
 5. ބުއްޅަބޭ

  ބިދޭސީ ބަޔަކު ތިޔަ ދިނީވެސް ހިލޭ ...

  23
  1
 6. ައަހުމަދު

  އެގޭ ކުރިންވެސް ތިކަން، ތިބިދޭސީންނަކީ މިޤައުމުގެ ރައްޔިތުންނަށްވުރެ ބާރުގަދަބައެއްވިއްޔާ ކޮވިޑުތެރޭގައިވެސް އެކަންއެގިއްޖެ ކޮންމެހެން ރައްކާވާނެޔޭ ކިޔާނެކަމެއްނެތް ސުވާލަކީ އެހެންޤައުމުތަކުގައިވެސް އޮންނަނީ ތިހެންހޭ ކަންތައް، މިހެންމިބުނީ މިޤައުމަކީ މިޤައުމުގައި އެއިރެއްގައި ތިބޭ ވެރިންޤަބޫލުކުރާ ޤައުމެއްގެ ފަރާތުން ނަމޫނާ ބަލައިގެން ކުރިޔަށްދާ ޤައުމަކަށް ވާތީ. ވ.ސަލާން

  18
  1
 7. ައަހުމަދު

  ސިޔާސީ ސަ އްލާ އަށް އެރީމަ ކަމަކުނުދެ

  16
  3
 8. ސަޓޯ

  އިންޑިއާ ދިވެހި ރައްޔިތުންނަށްވެސް ދޯ

  18
  1
 9. ޒާ

  ބަންގާޅުގައި މުޒާހަރާ ކުރަނީ އިންޑިއާ ވެކްސިން ޖެހުމުން 10 މީހުން މަރުވުމުން

  17
  2
 10. އެމަންޖެ

  ތި ޖަހާނެ ދިވެހިން ނުވީދޯ.

  7
  2
 11. ޖީއެސްޓީ

  ދައުލަތުގެ ހަރަދުގައެއްނޫން. ދިވެހިރައްޔިތުންގެ ޖީއެސްޓީ ފައިސާއިން. ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހިރައްޔިތުންގެ ރުހުމަކާނުލައި

  10
  3
 12. ގާދިރު

  ބަލަދު އަރާފަ ތިބޭ ބޭބައެއް ވީމަ ވާނީ އެހެން ކައިރި ޤައުމު ތަކުގަ ބޭރުމީހުނަށް ވިހި ޑޮލަރި ޗަރޖް ކުރޭ

  7
  1
 13. ޗުޕް

  އަނެއްކާ ލާ ރިގަނޑެއްކާލީދޯ އެހެންވެ މަތިއަޅަންދަކާވާހަކައެއްތީ ދައުލަތަކުނެތް އެއްވެސްބަޔަކަށް ޚަ ރަދުކު ރާނެލާ ރިއެއް ތިކަހަލަ ބޭކާ ރު އަނގަތެޅިޔަކަސް ވާނެފައިދާއެއްނެތެއްނު؟؟؟

 14. ނަންރީތި ހުސޭނު

  ތިވެސް ދޭން ތިއަޑުއަރުވަނީ ދައުލަތުގެ މާލައްޔަތުން ޢިންކަމް ސަޕޯޓް ދިނީމޭ ކިޔާހެދި މަކަރާ ހީލަތާއެއްގޮތައްތަ! އިހައްދުވަހެންނު ފަޅާއެރީ އިންކަމް ސަޕޯޓަކީވެސް ވޯލްޑްބޭކްން އިން ދޭހިލޭ އެހީއެއްކަން. އެއީ ދައުލަތުގެ ބަޖެޓާ ގުޅުމެއްވާ އެއްޗެއްނޫންކަން. އެވެސް ތިބަހާ ނަގަނީ ދަރުބާރު ކުދިންކޮޅައް.

 15. އަސީލް

  ސާބަހޭ ގައުމު ހިންގަން ތިބި ދިވެހިން. އަހަރެމެން މިތިބީކީ ވާނުވާއެއްގައެއް ނޫން. ދެންވެސް ކާފު ޖަހަން ތިބީ ދިވެހިރައްޔިތުން. ބިދޭސީންނެއް ނޫން، ހަންދާން ކުރާތި.

 16. ބަންގލާ

  ބޮޑު އަގުގައި ކުއްޔަށް އުޅުނަސް ދިވެހިންނަށް ލިވިންގ އެލަވަންސް ނުވަތަ އެކޮމޮޑޭޝަން އެލަވަންސް ދޭން ނުޖެހޭ. ބިދޭސީންނަށް އެކޮމަޑޭޝަން އެލަވަންސް ދޭން ޖެހޭ. އެކަމަކު ބިދޭންސީންނަށް ވެސް ވެކްސިންވެސް ހިލޭ. ކާޑުގެ ބާވަތްތައް ސަބްސިޑީ އަގެއްގައި ބިދޭސީންނަށް ވެސް ދޭންޖެހޭ. އެހެން ކަމުން މިގައުމުގައި ދިވެހިންނަށް ވުރެ ބިދޭންސީންނަށް އުޅެން ފަސޭހަ. މީގެ ސަބަބަކީ އާންމު ރައްޔިތުންގެ ޙައްގު ތަކަށްވުރެ ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒު ގަދަވުން

 17. ނަސީދު

  އޭރުންތާ ބަންގާޅިން މަރުވެ ހުސްވާނީ ތިވެކްސް އެޗްޕީ އިން މަޖުބޫރު ކުރާދުވަހަކީ ގައުމް ހަލަބޮލިވާދުވަސް