ގއ.ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުގައި، ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަަމަށާއި، އޭނާ ފައްސިކަން އެނގުނީ އޭނާގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމުން، ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ ކަރަންޓީންގައި ތިބޭ ފަރާތްތަކުން އެޗްޕީއޭގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ނަސޭހަތްތެރިވެފައެވެ.

އެރަށުގައި މިހާރުވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ. އަދި މީގެ އިތުރުން އެރަށުގައި ހުންނަ ކޮވިޑް ފެސިލިޓީގައިވެސް ކޮވިޑް ބަލީގެ މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ކަލޭމެން މިންވަރައްވުރެ ކަންކަމައް ނާގާބިލު ވީމާވާނެ ހުރިހާކަމެ ވެމިނިމެނީ ރައްޔަތުންނައް ކުލުނެހުރިއްޔާ ދެންވެސް އިސްތިއުފާދީފަ ގެޔައްދާންވީ
    ތިއޮޅުވާލާ އޮޅުވާލުންތަ މިހާރުއެމްނަވެސްއެގޭ

    4
    2
  2. ބަލާލަ

    ކުޑަހުވަދޫގައިވެސް ބަލާލަދީބަލަ