ރާއްޖެއިން މިއަދު 143 މީހުން ކޮވިޑް-19 އަށް ފައްސިވެެއްޖެ އެެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަަކަށް ބަލާއިރު، މިއަދު ފައްސިވި 143 މީހުންގެ 112 ފައްސިވެފައި ވަނީ މާލެ އިންނެވެ. އިއްޔެ އާއި އަޅާބަލާއިރު، މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން އިއްޔެއަށް ވުރެ މިއަދު ފައްސިިވި މީހުން ވަނީ 19 އަށް އިތުރުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ރިސޯޓްތަކުން 24މީހަކު ފައްސިވެފައި ވެއެވެ.
ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 101 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އުޅެނީ 15390 ގައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1366 މީހަކަށެވެ. އަދި 13966 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން ބަލި ޖެހުނު 51 މީހަކު ވަނީ ނިޔާވެފައެެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށް ފައެވެ.
ޙެޔޮނުވަަނެ ސުކޫލުތަށް ކޮލެޖްތަށް ބަންދުކޮށްފަ އޮފީސް ގަޑި މަދުކޮށްފަ ކު ރިން އޮތަގޮތަށް ބަދަލްކޮލާފަ ވެކްސިން ލިބި ޖެހެންދެން ކެތްކޮށްލާން ފެނޭ. ނޫނީ ކަޑލުދިންތަކެއް ހަލާކުވެދަނެ. ޢަދި މަގުތަށް މި ފުޜެނީ ސުކޫލުތަށް ހުޅިވިފަހުން.
ތީ މިހާު ރުގެ ރައީސްއާއި މިސަ ރުކާ ރުގެ ހިކްމަތްތެ ރިކަމުން މިސަ ރުކާ ރައް ލިބުނު ކާމިޔާބެއް. މާދަން "ދަޒީ ރާވަގުންގެ ސައްލާ" ގަވާނެ މިކަމުގެ އުފަލުގަ ކޭކުފަޅަން
ސްކޫލު ބަންދު ކުރޭ! ކުލާސް ރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއް ނޫން އައިސްތު. ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް މުޅި ރާއްޖެއަށް ކޮވިޑު ފަތުރާ، ކޮވިޑުގެ ހާއްޔަކަށް މާލެ ބަދަލުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ހޮސްޕިޓަލްތައް ފުރި އައިސީޔޫތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަން ފުނޑި، ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ
ރާއްޖޭގައި ކޮވިޑްގިނަވަނީ ސަ ރުކާ ރުން ރައްޔިތުންނަށް ހަ ރާމްކޯ ރުވާތީކަމަށް ވުންއެކަށީގެންވޭ. ސަ ރުކާ ރުން ޖުޑިޝަ ރީ އަށް އަތްބޭނިވަ ރަކަށް ސަ ރުކާވަ ރަކަށް ޖެހޭ މުސީބާތް ގިނަވަމުންދާކަން ފާހަގަކު ރެވޭ.
ވާނެ ވާނެ ކޮންކަމަކާތަ ވަގުތު ކުދިން ތިޔަ ހާސްވަނީ.
ޕީޕީއެމްގެ މުޒާހަރާފަހާކޮވިޑުދުވާކަން ވަރައްބޮޑައްފާހަނގަކުރެވޭ ނުބައިވެރިންނައް ނުބައިގޮތް އަބަދުވެސްދިމާވާނެ
ދަންވަރު މީހުން ކައިރިޔަށް ވަންނަމީހުން އެެންމެ ގިނައިން ޕޮޒިޓިވް ވަނީ “ދިރާސާ”
މިއަދު ބުނާނެ ކަލޭ ޕޮޒިޓިވް
ގޭގަމަޑުކުރޭ
އެއްބެސް ބޭހެއްނުދޭ
ދުވަސް ކޮޅަކު ބަންދުގަ ބހައްޓާފަ ކަލޫ ނެގެޓިވް
ބަލިރަގަޅުވަނީ އަމިއްލަ އައްތަ
ސްކޫލްތައް ބަންދުކޮށް ދެއްވުން ވަރަށް އެދެން......
ބައެއް މީހުން ނުހުޅުވައިގެން އެހާ މައްސަލަ ޖެއްސި
މިހާރު ތަޖުރިބާ ކުރެވިއްޖެ...... ގިނަ ޓޗަރުންތަކެއް ބަލިވެ އޮންލައިން ކްލާސް ނުނެގޭ ވަރު ވުމުގެ ކުރިން ވބަންދު ކޮށްދެއްވާ. މިހާރުވެސް ވަރަށް ގިނަ ޓީޗަރުން ކަރަންޓީން ވާން ޖެހުމުގެ ސަބަބުން ރަނގަޅަށް ކިޔަވައިނުދެވޭ....