ކޮވިޑް-19ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ އިއްުޔެއާ އަޅާ ބަލާއިރު، އިތުރު އަދަދެކެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިއްޔެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގޮސްފައި ވަނީ 93 މީހަކަށެވެ. މިއަދު އެ އަދަދު ވަނީ 101 އަށް އަރާފައެވެ.
ރާއްޖެއިން އިއްޔެ 145 މީހަކު ކޮޮވިޑް-19 އަށް ފައްސިވިއިރު، މިއަދު ފައްސިވެފައި ވަނީ 143 މީހެކެވެ.
މިއަދު އާއްމު ކުރި ތަފާސްހިސާބުތަަކަށް ބަލާއިރު، މިއަދު ފައްސިވި 143 މީހުންގެ 112 ފައްސިވެފައި ވަނީ މާލެ އިންނެވެ. އިއްޔެ އާއި އަޅާބަލާއިރު، މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން އިއްޔެއަށް ވުރެ މިއަދު ފައްސިިވި މީހުން ވަނީ 19 އަށް އިތުރުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ރިސޯޓްތަކުން 24މީހަކު ފައްސިވެފައި ވެއެވެ.
އަރާނެ އަރާނެ އަދިނުވެއެއްނު ހާސްވާކައް.