އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން މިރޭ މާލެ މަގުމަތީގައި ކުރި މުޒާހަރާގެ ތެރޭގައި ފުލުހުންނާ ހިނގި ކުރިމަތިލުމެއްގެ ތެރޭގައި އަނިޔާވި މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދިން ގޮތުގައި މިރޭގެ މުޒާހަރާގެ ތެރެއިން އަނިޔާވެގެން ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުދާ ދެމުން ގެންދަނީ ޚަދީޖާ ހުސައިން ނަމަކަށް ކިޔާ މީހަކަށެވެ.

އުމުރުން ދުވަސްވީ ޚަދީޖާ ހުސައިންގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި އޭނާގެ ހިތުގެ ޓެސްޓެއް ހަދައި ސިޓީ ސްކޭންކޮށް އޭނާއަށް ލިބިފައިވާ އަނިޔާ ބަލަމުންދާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ސިފަކުރާ ގޮތުގައި މިއީ ފުލުހުންގެ އޮފިސަރުންތަކެއް އެންމެ މަތިން އައިސްފައިވާ އޯޑަރަކަށް ކޮށްފައިވާ އަނިޔާއެކެވެ. އަދި މި ކަން އެ ކޯލިޝަންގެ ފަރާތުން ވަނީ ކުށްވެރިކޮށްފައެވެ.

މިރޭ ކުރި މުޒާހަރާގެ ތެރެއިން އަނިޔާވި މީހެއްގެ ހާލު ސީރިއަސްއިރު، އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްގެން ދޫނިދޫއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވޭ ކަމުގައި އެ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ހައްޔަރުކޮށްފައިވެއެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވަނީސް ފަހުން ޝިޔާމް ދޫކޮށްލާފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލލިޝަންގައި ހިމެނޭ ދެ ޕާޓީގެ ލީޑާޝިޕް ތިބޭ ކައުންސިލުން ފާސްކުރި ގަރާރަކާއެކު އެ ކޯލިޝަނުން ދަނީ މަގުމަތީ ހަރަކާތްތައް އިތުރު ކުރަމުންނެވެ. މި ގޮތަށް ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަކޮށްފައިމިވަނީ، ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގާފައިވާ ޝަރީއަތެއްގައި އިއްވި ހުކުމެއް ކަމުގައި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ދެކެއެވެ. ރައީސް ޔާމީންގެ މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި މި ހަފްތާގެ ތެރޭގައި އެކި ފަހަރު މަތިން އިދިކޮޅު ފަރާތްތަކުން މަގުމަތީ ހަރަކާތްތައް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސިނެކް

    ދައްތަ ހައްޖައްދިޔަނަމަ މުޒާހަ ރާއިން ތިއަނިޔާނުވީސް

    26
    56
    • ފާއިޒު

      މި ޤައުމުގައި މިއޮތް އިބޫވަބާ ނެތްނަމަ ދައްތަ މުޒާހަރާއަކަށް ނުދިޔައީސް.

      11
      2
  2. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އިބޫ ސޯލިހަކީ ގައުމަށް ޖެހިފައޮތް ބޮޑު މުސީބާތެއް

    76
    23
    • ހުސްނޫނު

      އިދިކޮޅުއެންމެންނަށް ނަސޭހަތެއްގެގޮތުންބުނެލަންބޭނުންވަނީ ތިއުޅެވެނީ ރަނގަޅަކަށްނޫނޭ ..
      ކަނޑައެޅިގެންތިއުޅެނީ ބަލިފަތު ރަން .
      އެހެންކަމުން އިދިކޮޅޭމެންސިފަކު ރެވެނީ ބަލިފަތު ރާވައި ރަސްގެގޮތަށް .. ދައްތަމެން އަދި ދައިތަމެންނަށްވެސް ނަސޭހަތެއްގެގޮތުގަބުނެލަން
      ބަލިފަތު ރަންނުއުޅެ ބަލިންސަލާމަތްވާން މަސައްކަތްކު ރާށޭ !!!

      17
      42
    • ރާގޮޑިރާޖަ

      ކެހެ ރި ނުފަޅާ ވަގުންގެ ބަނޑައް ވައިއަ ރައިގެން ހާދަވަޜެކޭދޯ މިވަނީ.

      7
      26
  3. ބަކަރި

    ޑިމޮކްރަސީ މައި ފުޓް

    34
    6
    • ލޮލްލޮލް

      ބަކައްޓެއްގެ ފައެއްނޫން ޑިމޮކްރަސީ އަކީ

  4. ސަމްސު

    ދެން ކަލޭމެން އަނިޔާގެ ވާހަކަ ދައްކާނެ ކަމެއް ނެތެއްނުން... މީހުންނަށް އަނިޔާ ނުދެވިގެނެއްނުން އެމީހުން މިއޮށްފަދަ ބަލިމަޑުތެ ރޭވެސް ތި މުޒާހަ ރާޔަށް ނެ ރެނީ... ޚަދީޖާޔަށް އަނިޔާވީ ގޭގަ ހުއްޓާތަ؟ ކަލޭމެންގެ ބަހަށް އެތަނަށް ދިޔައީމަ ދޯ... ހަމަތި ޕިންކީންނާ ހެދީދޯ އަނިޔާވީ... މަ ހިތަށް އަ ރާ ކަލޭމެން މުޒާހަ ރާޔަށް ނެ ރޭ މީހުންނަށް ވާ އަނިޔާގެ ޒިންމާ ނަގާނެބާއޭ🤔

    27
    57
  5. ޕީ

    ކޮމެންޓެއް ކޮއްލާނެ ވަރުވެސް ނެތީބާ؟

    16
    4
  6. Anonymous

    މިގައުމުގެ ރައީސަކަށް މިހި ރީ ޢަޤީދާ ވަ ރަށް ބަލިކަށި ޖައްބާ ރު ވެ ރިއެއް، އޭނަ ހިތަކަށް ނައަ ރާނެ ކަހެ ރުވަކެކޭވެސް.

    55
    19
    • Anonymous

      އަދި ރައީސަށް ލަފާއަ ރުވަނީ މައުމޫނު، މިބޭގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ، މިއީ ފަހުޒަމާނުގެ ޢަލާމާތް.

      29
      3
  7. މަރީ

    ސީރިއަސް ނުވާނެދޯ ގޭގަ އޮތް ނަމަކާ. ކާކުތަ ބުނީ ދާން. ރާއްޖޭގަ މިހާރު އަނެއްކާވެސް ކޮވިޑްގެ ބިރުވެރިކަމުގައި އުޅޭއިރު ކޮން މުޒާހަރާއެއް ބާއްވާކަށް ދެން. ތިމީހުން މުޒާހަރާ ބޭއްވީމަ މިހާރު ޔާމީން ޖަލުން ދޫކޮށްފިތަ. ހަމަ ހުރެ ބަހައްޓާފަ އެއްވެސް މީހަކަށް ކަމަކާ ނުލައި އެވަރުގެ ބޮޑު
    ޙުކުމެއް ކޮށްފަ ޖަލަށްލާތަ. ހަމަޖެހޭ ވާހަކައެއް ދައްކަބަލަ.

    21
    50
    • Anonymous

      ހަމަ ހުރެ ބަހައްޓާފަ ހުކުމެއް ކުރެޔޭތަ؟ ކަލޭ ހަރުގެ ތެރޭ އޮވެ ތިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަބަލަ.

      15
      9
  8. ފަޒޫ

    އިންސާފަކުން ނޫން ހުކުމް ކޮށްފަ ހުރީ. އަދީބްގެ ހެކިބަސް ބޭނުމެއް ނުކުރެވޭނެ އެއީ އެކަމުގައި ބައިވެރިވެ އަމަލީގޮތުން އެކަން ކުރިމީހެއް. ޔާމީން ހަމައެކަނި އޯޑަރު ކުރިޔަސް އަމަލީގޮތުން އެކަން ކުރި ބައެއް ކުއްވެރި ނުވެ ނުދާނެ ޤާނޫން އަތުން ހަދާފައިވާ މޮޅުޤާނޫން ބުނާގޮތުން.

    30
    5
  9. ޙަފީޒާ

    ކޮބައި މައުމޫނަށް ގަންނަ މީހާ! އެމީހާ މި ވަގުސަރުކާރުގެ އަރިމަތިން ހިހޫތަނުން ކާންވެގެން ބުނެފައި އޮންނާނެ މިއީ ނޫސްވެރިންގެ ޤަލަމުގައި ދޯރިޖަހާނޭ ސަރުކާރެއްނޫނޭ! މިއީ ޚިޔާލުފައުޅުކުރާ ދޫތައް ބުރިކުރާނޭ ސަރުކރެއްނޫނޭ! މިއީ ދެކޮޅަށް ތެދުވާ މީހުންގެ އަތްފައި ބުރިކުރާނޭ ސަރުކާރެއްނޫނޭ! މިއީ ސަރުކާރާދެކޮޅަށް އަޑުއުފުލާމީހުންނަށް މަގު ހަނިކުރާނޭ ސަރުކާރެއްނޫނޭ! އެމީހާ ކޮބައި؟

    22
    2
  10. Anonymous

    ދެން

  11. ފުށްފިނދު

    ދެން "މަރީ" ތި ބުނަނީ އުރައްޕެއް ނެތް ސަރުކާރަކުން ޤަވްމު ވީދާ ސުންނާފަތިކޮށް ދިވެހިންގެ ލޭބޯއިރުވެސް އަޅާނުލާށޭތަ؟

    19
    2
  12. ުއުނދުޅި

    ޕީ ޕީ އެމް ވެސް އޮތީ އައި ސީ ޔޫ ގަ

    7
    16
  13. ކަނބާ

    ރާއްޖޭގައި މިހާރު ފެތުރެމުން މިދަނީސިޔާސީ ކޮވިޑެއް. އިދިކޮޅުން މަގުމައްޗަށްނުކުމެ ބާރަށް ކަރުކެހިލިޔަސް އަދަދުމައްޗަށް ޖެހިލާނެ.
    ކޮވިޑަކީ ރައްޔަތުން މައިތިރިކުރަން ގެންގުޅޭ ހަތިޔާރަކަށް ވެއްޖެ.

    26
    3
  14. ހަތިމުތާއީ

    މިއަދު ރިޔަގޮތައް އނިޔަ ކުރެވިދާނެ ނަމަވެސް އެހެންދުވަހެއްވެސް އަންނާނެ އެންޑީއެން ހަމީދުގެ ކަންތައްވެސް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ! ޕޮލިހުންގެ އޮފިސަރުންގެ ތެރެއިން ގައިރުޤާނޫނީ އަމުރުތައްކުރާ އޮފިސަރުންގެ މައްސަލަތައް ބެލެވޭނެ! އަދި ވަހުޝީ އިމްރާނުގެ މައްސަލަތައްވެސް ބެލެވޭނެ! ތައްޔާރުވެތިބޭ!

    21
    3
  15. އަޙްމަދު

    އަދި މަރެއްނުވޭތަ.

    1
    3
  16. ހަހާ

    ގޭގަ އޮތްނަމަ ނުވީސް ދެއްތޮ

    3
    3