23:45

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

23:37

ސްރީލަންކާ އިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

23:27

އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، އަންނަ ހަފްތާ ތެރޭގައި ރާއްޖޭގައި ޖަހަން ފަށަން ތައްޔާރުވެއްޖެ.

22:47

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލް ތަކުގައި ފަރުވާދޭ މީހުންގެ އަދަދު 116 އަށް އަރައިފި/

22:46

21:31

އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުންގެ ހުއްދަ، އެމްއެފްޑީއޭ އިން ދީފި.

21:05

ކޮވިޑް-19ގެ ސަބަބުން ތެލުގެ އަގު އަނެއްކާވެސް ދަށަށް ގޮސްފި.

20:25

ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސިވިލާތުން އުފެއްދި އެސްޓްރާޒެނެކާ ވެކްސިން 65 އަހަރުން މަތީގެ މީހުން ބޭނުން ގަޔަށް ނުޖަހަން އެދިއްޖެ.

20:01

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަަމަށް ފުލުހުން ވިދާޅުވެއްޖެ.

18:05

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފެށުމާއި އެކު އައިޖީއެމް ހޮސްޕިޓަލުގެެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފި.

17:17

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަޝިއާއިން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒު ގަންނަން ވިސްނަމުން އަންނަ ކަމަށް ފަލަސްތީނުން ބުނެފި.

17:03

ރާއްޖެ އިން ކޮވިޑް-19 ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅާކަމުގައިވާ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު އަހުމަދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި.

17:02

އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، ޖެއްސެވި ފުރަތަމަ ދިވެއްސަކަށް ޑރ. ނަޒްމީ އަބްދުލް ލަތީފް ވެއްޖެ.

13:50

ބ. ކުޑަރިކިލު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

13:37

ޏ. ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފި.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމަށް އަހަރެއް ވެގެންދިޔައިރު އަދިވެސް މި ވައިރަސް އިން ދުނިޔެއަށް ވަނީ ސަލާމަތް ނުވެވިފައެވެ. އަދި ދުވަހެއް ދުވަހަކަށް ދުނިޔެ ނުރައްކަލަށް ހުށަހެޅި އިތުރު ނުތަނަވަސްކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރާފައިވާ ޤައުމުތަކުން ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ވެކްސިން އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކޮށްފައެވެ. ނަމަވެސް މި ވެކްސިން ލިބުމާއެކުވެސް ނުރައްކާ ކުޑަވުމުގެ ބަދަލުގައި ހާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އެއީ ކޮވިޑް-19 ގެ އާ، ނުރައްކާތެރި ވައިރަސްތަކެއް ދުނިޔޭގައި ފެތުރެން ފެށުމުންނެވެ.

ޤައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އައިނަމަވެސް މި ބަލީގެ ވޭދަތަނައް ވަނީ ހިފެހެއްޓުމެއްނެތި އިތުރުވާން ފަށާފައެވެ. މިގޮތުން މިހާރު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 100 މިލިއަނަށްވުރެ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔޭގެ 119 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ވަނީ ފެނިފައެވެ. އަދި މިހާތަނަށް މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 2.17 މިލިއަން މީހުން މަރުވެފައި ވެއެވެ. މި ބަލިން މިހާތަނަށް ރަނގަޅުވީ 73.09 މިލިއަން މީހުންނެވެ.

ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލް އާއި ރަޝިޔާ އަދި ޔޫކޭ ހިމެނެއެވެ. މީގެ އިތުރުންވެސް އެމެރިކާ ސަރަޙައްދާއި ޔޫރަޕުގެ ގިނަ ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑްގެ ނުރައްކާ ވަނީ ދެގުނަވެގެން ގޮސްފައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިންވެސް ފެންމަތިވާ ވޭދަނަތައް ދުވަހެއް ދުވަހަކަށް ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ރާއްޖެއިން މިދިޔަ ތިން ދުވަހުވެސް ފައްސިވި ވޭދަނަތައް އުޅެނީ 100 އަށްވުރެ މަތީގައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު 15390 އަށް އަރާފައިވާއިރު އޭގެތެރެއިން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 101 މީހަކަށް ފަރުވާދެމުން އެބަދެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 13966 މީހެކެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީނާ

    ވައްކަންކޮށްގެން ފޭރިގަނެ އޭގެފަހުން ލުޓޭރުން އުތުރެއަރާ ސަރުކާރެއް އޮތްތަނެއްގައި އަމާންކަމެއް ނޯންނާނެ! ކަމަކަށްފަހު ކަމެއް ، މުޞީބާތަކަށްފަހު މުޞީބާތެއް އަންނާނެ!

  2. އަލީމޫސާ

    އަޖައިބު އަންތަރީސް އިދުކޮޅުން ކުރާ މުޒާހިރާތަކުން ވައިރަސް ފެތުރެނީ. މިމީހުން އަތުގައި ލައިވް ވައިރަސް ރަައްކާކޮށްފަ ހުރީދޯ. މުސްކުޅި 20 ކަށް އަންހެނުން މަގުމައްޗައް ނިކުމެ ސަރުކާރު ޒިއްމާދާރުކުރުމަށް ގޮވާލީމަ. މި ވައިރަސް ފެތުރުމުަކީ ހޭނާރާ ސިޔާސީ ކަމެއް.