ހަރުކަށި ފިކުރު ފޮހެލަން ބޭނުން ނަމަ ކުރަންވީ ކަމަކީ ލާދީނިއްޔަތުގެ ނުރައްކާ ފިލުވާލުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ފޮހެލަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތައް މީސްތަކުންނަށް ދަސްކޮށްދިނުން ކަމަށެވެ. އިޔާޒް އެގޮތަށް ޓުވީޓު ކުރެއްވީ ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ހަރުކަށި ފިކުރާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ޒައިދު ވަނީ ސްކޫލްތަކަށް ގެއްލުން ދިނުމަކީ ހަރުކަށި ވިސްނުމެއް ކަމަށާއި ތައުލީމީ މުއައްސަސާތަކަށް ގެއްލުން ދިނުމަކީ އިސްލާމް ދީން ރަނގަޅަށް ދަންނަ ބަޔަކު ކުރަން ހިތުލާނެ ވެސް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި އެކަހަލަ ނުރައްކާތެރި ފިކުރުގައި ބައެއް ޒުވާނުން މަދުން ނަމަވެސް ޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
"Harukashi Fikuru" fohelan beynun nama furathama kuran jehey kamaky Islam Dheenuge rivethi usoolu thah mes thakunnah dhaskoh dhinun, adhi Laadheeny fikuru thakuge nurakkaatheri kan filuvaalun.
— Dr.Mohamed Iyaz (@dr_iyaz) January 27, 2021
ޒައިދު މިހެން ވިދާޅުވީ، ދުނިޔޭގެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅުނު ދިވެހިންގެ މައުލޫމާތު އާންމުކޮށް، ބައެއް މީހުންގެ މައްސަލަތައް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ދާދިފަހުން ފޮނުވާފައިވާ މައްސަލަ އަށް އިޝާރާތްކުރައްވާ ކަމަށް ބެލެވެއެވެ.
ފުލުހުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ތ. ތިމަރަފުށީގައި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ބަޔަކު އިސްވެ ތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކަކަށް ދައްކައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ.
އަދި އެމީހުންގެ ވިސްނުމަށް ބޯލަނބާ މީހުން ހޯދައިގެން ރާއްޖޭގެ އެކި ތަންތަނުގައި ހަމަލާތައް ދޭން ރާވައިފައިވާ ކަން ތަހުގީގަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެމީހުން ރޭވި އެއް ރޭވުމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބޯޓަރީ ގޮއްވާލުމެވެ. އެ ތަން ގޮއްވާލުމަށްޓަކައި އެ ދުވަސްވަރު ލެބޯޓަރީ ފަޅާލާފައިވާ ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިފަހަރު ޑރ ޢިޔާޒް ތިބުނީ ވ ރަނގަޅު ވާހަކައެއް ހަރުކަށި މަޑުކަށި ކިޔާނެ ކަމެއްނެތް ލާދީނިއްޔަތު ފޮހެލާފަ ހަރުކަށިވެސް ފޮހެލަން ޖެހޭނީ
އިންތިހާބު ކައިރިވީމަ މިކޮޅުންވެސްކާލަނީ..ހެެހެ
ދިވެހިންގުނބޯހައްދަން.
އަޅުގަނޑުމެން އެންމެން ކޮންމެ މައްސަލާ އެއް ވެސް ޙައްލު ކުރަންވާނީ އަޅުގަނޑުމެން ގެ ކީރިތިވަންތަ ނަބިއްޔާ ކީރިތި ރަސޫލާ މުޙައްމަދު ސޮއްލައް ﷲ ޢަލައިހި ވަސައްލަމް މައްސަލަ ތައް ޙައްލު ކުރެއްވިފަދައިންނެވެ. މިހާރު މި އުފެދިގެން އުޅޭ ހަރުކަށި ފިކުރު ހުއްޓޭނީ ލާދީނީ ވާހަކަ ދެއްކުން ހުއްޓިގެންނެއް ނޫނެވެ. އެ ޒަމާނުގައި ވެސް ދީނާއި ދެކޮޅު މީހުން އުޅުނެެވެ. ޢިޔާސް ފަދަ ދީނީ ބޭފުޅުން "އޮށްގާ" އުކަން ޖެހޭނޭ އެއްވެސް ޙާލަތެއް ދީނަކު ނޯވެއެވެ. ތިޔަ ޓްވީޓްގައި ވެސް ތިހުރީ މުޅިންވެސް "އޮށްގަ"ލެވެ. ދީނުގައި އޮންނަނީ ތިމާމީހާ ގެ ދުޝްމަން މީހާ އަށް ނަސޭޙަތް ތެރިވުމެވެ. އޭނާ އަށް ހެޔޮ މަގު ދައްކަވާތޯ ދުޢާ ކުރުމެވެ. "އޮށްގާ" އުކުން ނޫން ގޮތަކަށް ޢިޔާސް ގެފަރާތުން އެންމެ ޓްވީޓެއް ނަމަވެސް ފެންނާނެ ދުވަހަކަށް އުއްމީދު ކުރަމެވެ.
ތެދުފުޅެއް ޑޮކްޓަރ ރާމީ ތިޔަވިދާޅުވީ. ނަޝީދުއާއިހިތާވެގެން އޮއްގާއުކަނީ. ތަތްތެޅިފަ. ޕްޔާރް. އިޝްޤް ހިތުތެރޭގަ. ލިބޭނެނަމައޭހިތަށްއަރާވަރުން އޮއްގާއުކަނީ.
ހަރުކަށި ފިކުރާ ލާދީނީ ފިކުރަށް ރާއްޖޭގައި ފުރުސަތުދީ ދެފަރާތުން އަލިފާނަށް ދަރުއަޅާ މީހުންނަކީ ކޮންބައެއްކަން އެނގޭނެ އެންމެންނަށް ވެސް މީގައި ގެއްލުންވާނީ ރާއްޖޭ ރައްޔިތުންނަށް ، މައުމޫނު ވެރިކަމުން ނުބާލަ ބެހެއްޓުންނަމަ ކިހާ ރަނގަޅު.
މިކަހަލަ މީހުންނާހެދި ދުނިއެ ހަލާކުވަނީ! ލާދީނީޢެއް ނޯންނާނެ ތިބުނާ ލާދީނީ މީހުން ނުޅޭ މީހުން ނުމެރިގެން ތަންގޮއްވާކައް! ކަލޭގަބޫލުކުރާ ގޮތައް ހުރިހާކަމެއް މަގަބޫލު ކުރާކައްނުޖެހޭ! އަނެއްމީހަ ގަބޫލު ކުރާގޮތައް އިހުތިރާމު ނުކުރެވިގެން ތަންތަން ގޮއްވައިގެން ދުނިއެ އަމާން ވާނެމަ އޮނަނީމިހާރު އަމާންވެފަ
ހަރުކަށި ފިކުރު ނައްތާލަންޏާ އެންމެ ފުރަތަމަ ކުރަން ޖެހެނީ ދީނީ ޝޭޚުންގެ ޓެގް އަޅުވައިގެން ތިބި ތިޔަކަހަލަ ލާދީނީ މީހުންގެ ވަކިތަކުން ސަލާމަތްވުން.
ލާދީނީކަންތައްފަތުރަން ބަޔަކު ފަންޑުކޮށްގެންއުޅޭ ގުރޫޕަކުން ކުރާނީ އެކަން އެއީ ފަންޑުދޭ ބަޔަކުގެ އެޖެންޑާ....އެބަޔަކަށް ސަޕޯޓް ކުރުމަކީ އެއެޖެންޑާ ފެތުރުމުގައި ބައިވެރިވުން. ހީލަތްތެރީންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާށި އަދި އެމީހުން ބޭޒާރު ކުރަށްވާށި.
މީނާމީ ރާއްޖޭގަ ހަރުކަށި ފިކުރުފަތުރާ މީހެއް ކަންނޭގެ. މީނާގެ ވާހަކައިން އެކަން އެނގޭ.
ޖަނގިޔަލު ޕްރޮފެސަރ ކޮންތާކުން މި ނިކުތީ؟
މީހުންނާ މީހުންގެ މުދަލަށް ގެއްލުންދޭ އެންމެން ހުއްޓުވަން ޖެހޭ ދީންނަމުގައާ އެހެން ގޮތްގޮތުންވެސް އަނިޔާވެރިން ހުއްޓުވަން ޖެހޭ ކާފިރުން އުޅޭތީއޭ ކިޔާފަ ތަންތަން ގޮއްވާކަށް ނުޖެހޭ މީނަގެ ވާހަކަ ތަކުން އެނގޭ މީއޭގެ މީހެއްކަން އެންމެނަށް ވެސް އިހުތިރާމު ކުރަންޖެހޭ އަނިޔާވެރި ނުވާހާ ހިނދަކު.
ލާދީނީ މީހުން ނޫޅޭ އެހެންމީހުން ނުމެރިގެނެއް ތަނެއް ގޮއްވާނުލެވިގެނެއް. ކަލޭމެން ހައްދުފަަހަނައެޅި ގްރޫޕް މޮޔަވަނީ މީހުންގެ ކަރު ބުރިނުކުރިވެގެން.
ކަލޭމެންނަށް ތިބޭނުންވާ ކަންތަކަށް ފިކު ރީ ގޮތުން ނުފޫޒު ނުފޯ ރުވޭނަމަ ސިޔާސީ އަދި އިގުތިސޯދީގޮތުން ދަތިކު ރަންފަށާނީ. ދެންވެސް ނުވެއްޖެނަމަ ބޮންއަޅަން ފައްޓާނީ. ދެންއަނެއްކާ އާޖީލެއްގެ "ހައްދުފަހަނައެޅި މީހުން" އުފެދޭނީ. ޑު ރާމާ ވަށާޖެހުނީ. ދެން އަނެއްކާ ފު ރަތަމަ ފިޔަވަޅުން ފައްޓަންވީ.
މިއީ ދުނިޔެއިން އަބަދުމެ ފެންނަމުންދާ ހަގީގަތް. މާނޭންގޭ ކަމަށްހެދިގަނެގެން މާ ރަނގަޅު ބަޔަކަށް ހެދޭނެކަމެއް ނެތް.
މީކޮތަނަކުން އައިސްގެން އުޅޭމަންކީއެއްތަށް
ކޮއިފުޅާ ތިހު ރީވާ ތަ ރައްގީވެވިފަ
އިޔާޒެއްކަ މަކު މިފަހަރު ތިޔަބުނީ ރަނގަޅު ވާހަކައެއް.
އިޔާޒުގެ މި ވާހަކައާއި ދެކޮޅުހަދާ މީހުން އެބަޖެހެ ނަފްސާނީ އިލް މުވެރިން މިކަ މާ މެދު ދައްކާފަ ހުންނަ ވާހަކަތައް ބަލައިލަން.
ދަންނަންޖެހޭނެ އެ މީހުން އެއަ މަލުކުރަނީ ރުޅިގަނޑެއްގެތެރޭގަ. ރުޅިއަރައިގެން އުޅޭ ސަބަބުތައް ހައްލުކުރެވެންޖެހެ. އެއީ ހަ މައެކަނި ކަތި ދީނީ ފިކުރަކުންވާކަ މެއް ނޫން. ބޭއިންސާފުގެވެސް ސަބަބުންވާކަ ެެމއް. ބޭއިންސާފު ވަނީ ލާދީނީ މީހުން. ލާދީނީ ބައިގަނޑުގެ މައްސަލަ ހައްލުވީ މާ އެ މީހުން މައިތިރިވާނެ. ދެން އެ މީހުންގެ ފިކުރު ހައްލުކުރެވޭނެ.
އެކަ މަކު ހަގީގީ ހައްލެއް ލާދީނީ މީހުން ހޯދާކަށް ބޭނު މެއް ނުވާނެ. އެއީ މިބައި މީހުން ބަހަނާއަކަށް ގެންގުޅެންވެގެން.
މީހުންގެ ފުރާނަޔާ ނަފްސާ މުދަލަށް ޑުރަގުގެ ނުރައްކާ މާބޮޑުކަން އެން މެނަށްވެސް އެނގެ. އެކަ މަކު އެޔަށްވުރެއް މިކަން ބޮޑުކޮށްލައިގެން އުޅެނީ ކީއްވެ ؟