އައްޑޫ ސިޓީ ފުލުހުން ބޭނުން ކުރަމުން ދިޔަ ވެހިކަލްތަކެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ފުލުހުން ބޭނުން ކުރަމުން އައި ފަސް ވެހިކަލެކެވެ.

ފުލުހުން ކުރި އިއުލާނެއްގައި ވަނީ ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުން ކަމަށާއި އަދި ނީލަމަށް އިތުރު ކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑު އިވޭވަރަށް އަނގަ ބަހުން ކަމަށެވެ.

ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ ފަސް ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށެވެ. ފުލުހުން ނީލަން ކިޔާ ތަކެތީގެ ތެރޭގައި އެއް ޕަލްސާ މޮޓޯ ސައިކަލާއި ދެ ބޮލޭރޯ ޖީޕްގެ އިތުރުން ދެ ވިންގަލް (ޑަބަލްކެބް) ވެހިކަލް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ ނީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށާއި ނީލަމުގައި ވިއްކާ ތަކެތި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. ނީލަމުގެ ބައިވެރިން ނީލަން ހުށަހެޅުމަށް ހާޒިރުވާން ޖެހޭނީ އިސްކަންދަރު ކޮށި 01 އަށް އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނީލަމުން ތަކެތި ނަގާ ފަރާތުން ނީލަން ނިމުނުކަން އެ ފަރާތަށް އަންގާތާ 24 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ހެހެހެހެހެހެ... ވެހިކަލްތައް އެކަންޏެއް ނޫން. މުޅި ފުލުހުންގެ މުސަސާވެސް ނީލަންކިޔާ ވިއްކާލަންވީ. ރައްޔިތުންނަކައް ފައިދާއެއް މަންފާއެއް ނުކުރޭ. 24 ގަޑިއިރު އެއްކަމެއްވެސް ނުވާ ކަޓު ކޮރަޕްޓް ސަރުކާރު ހިމާޔަތްކުރަން އަބަދު އުޅެނީ. ޕާޓޭންނާ ވަގުން 24 ގަނޑިއިރު މަގުމަތީ އާވާރާވެ ބޮއްޖެހިފަ. ބޮޑު މުސީބާތެއް މިއޮތީޖެހިފަ...

  2. ާއައްޑޫ

    އައްޑޫ ގައި ހުރި މުދަލައް އައްޑޫ އިން ބައިވެރި ނުވުމުން ޑިސެންޓުރަލައިޒް ވެފައި ވާވަރުން އަންތަރީސް ވެއްޖެ!