އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ކުރުމާ އެކު އެމްޑީޕީއަކީ އަސާސީ ހައްގުތަކާ ދެކޮޅު ސިޔާސީ ޕާޓީއެއް ކަން އެނގިގެން ހިނގައްޖެ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވާ ޖަމީލް އެގޮތަށް ވިދާޅުވެފައިވަނީ، އިއްޔެ އެ ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނިކޮށެވެ.

ވަޒީރުކަމާއި ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިޔާލު ފާޅުކޮށް މުޒާހަރާ ކުރަން ފަށާފައިވަނިކޮށް އެނގިގެން ދިޔަ ކަމަކީ ރާއްޖެއަށް އިހްތިޖާޖް ކުރުން ތައާރަފް ކުރި ކަމަށް ބުނާ އެމްޑީޕީއަކީ އަސާސީ ހައްގުތަކާ ދެކޮޅު ޕާޓީއެއް ކަމަށެވެ.

"އިހްތިޖާޖް ކުރުމަކީ އެ ޕާޓީގެ ބަނޑުން އުފަންވި އެއްޗެއް ކަމަށް ދައުވާ ކުރި ބަޔަކު މިއަދު ހާދަ ފިނޑިވެއްޖެއޭ، ކިތަންމެ ސައްލާއެއް ކުރިޔަސް މި ވެރިކަން ނިމޭނެ،" ޑރ. ޖަމީލް ލިޔުއްވާފައިވެއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން މި ހަފްތާ ތެރޭގައި ދަނީ މާލޭގެ މަގުމަތީގައި މުޒާހަރާގެ ހަރަކާތްތައް ފުޅާކޮށް ހިންގަމުންނެވެ. އެ ކޯލިޝަންގެ ހަރަކާތްތައް ފުޅާކޮށްފައިމިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާއިން ދީފައިވާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ހިންގި މުޒާހަރާތަކުގެ ތެރެއިން ލީޑާޝިޕްގެ ބޭފުޅުންނާއި އާންމު މެންބަރުން ހައްޔަރުކޮށްފައިވެއެވެ. އެ ފަހަރު ހައްޔަރު ކުރުމަށް ފަހު އިރުތަކެއް ނުވެ ދޫކޮށްލައެވެ. އެކަމަކު މި ފަހަރު އަދުރޭއާއި ޝުޖާއު ހައްޔަރު ކުރުމަށް ފަހު، ދޫކޮށްނުލައި ދޫނިދޫއަށް ވަނީ ގެނެސްފައެވެ. ބެލެވޭ ގޮތުގައި މުއްދަތެއް ޖެހުމަށް ކޯޓަށް ހާޒިރު ވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެލާ އާރިފް

    ސާބަސް ވަހުތާންބެ، ބާރަށް ހަަޅޭލެވިވަރަކަށް ރިޔާސީ ޓިކެޓް ލިބޭނީ، ފިނިފެންމާ ސައީދާ، ކަރުންނާރުނަގާ ހަޅެލަވާ ސުޖާ ވެސްހަމަ ތެޅިފޮޅެނީ ތިޓިކެޓައްކަން ހަނދާންކުރައްޗޭ، މިދުވަސްކޮޅުގެ ބޭނުންކޮށް ޓިކެޓް ކަށްވަރުކުރުން މުހިތްމު، މަންމާފުޅު އަދުރޭވެސްބުނީ އެންމެގިނައިން ހައްޔަރަށްދާމީހަކަށް ޓިކެޓްލިބުމުގެ ފުރުސަތުބޮޑޭ، އެހެންވީމައޭ ތިމަންނައާއި ސުޖާ މިހާރު ހައްޔަރުވާން ކޮންމެދުވަހަކު މިދަނީ

    4
    4
  2. މަނީމަނީ

    މިވެރިކަން ނިމުނަސް ރައްޔިތުންގެ ބައިތުލަމާކު ދަވާލާ ބަޔަކައް ދިވެހިން ވެރިކަންނުދޭނެ...

    2
    2
  3. DHONA

    ކަލޭ ކިތަންމެބާރަށް ހަޅޭލެވިއަސް ކަލޭގެ ނިމުންވެސް އަންނާނެ...

  4. އަލްޖިބްރާ

    ކަލޭވެސް ހައްޔަރުވާން ބޭނުންވެގެން މަގުތަކަށް ނިކުމެ ހަޅޭއްލަވަން ފަށަންވީނު ؟ ހައްޔަރު ނުކޮށްގެން އުޅުނު މީހުން މިހާރު އެވަނީ ހައްޔަރު ކޮށްފަ !

    1
    1
  5. ހުސެން

    ޔެސް ޖަމީލް ތިޔައީ ތެދެއް ..މިވެެިންގެ ކަންތައް ދެން މާބޮޑި..ކޮންމެ ކަމެއްގަވެސް ގަދަބާރު.. ގާނޫނު އަސާސީ މައްޗައް ފައިން އެރި ބަގަ ދެންވިސްނާ މިމީހުނައްވުރެ ޔަހޫދީންވެސް ދިވެހިންނައް އިހުތިރާމު ކުރޭނުް...ކީކޭތޯ