ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މިސްކިތް ތެރޭގައި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާ ފުރުވާލައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގައި ތަހުގީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އެމީހާ ޑީޕޯޓުކޮށްލުމަށް ޕީޖީން ނިންމުމާ ގުޅިގެން އެ ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޖެނުއަރީ 15 ވަނަ ދުވަހު ހިނގި މި ކަމާ ގުޅިގެން ބިދޭސީ މީހާ މިއަދާ ހަމައަށް ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރު ކުރީ އަޒީޒާ މިސްކިތުގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަސް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެ މީހާ ނެރެން އުޅެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

މިކަން ހިނގީ އަސްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސާރާ

  އިންޑިޔާ ފައްޅިޔަކަށްވަދެ ދިވެއްސަކު އެކަހަލަކަމެއް ކޮއްބަލަ.
  އުމުރުދުވަސް ހޭދަކުރަންޖެހޭނީ ޖަލުގައި.

  ނަމަވެސް މިތަނުގައި ދިވެހިންނަަކަށް ނެތް ހިމާޔަތެއް، އިންޑިޔާ މީހުން ބޭނުންގޮތެއް ހަދާފައި އެހެރަ ދަނީ ފުރައިގެން

  54
  1
 2. ބޯގޯސް

  ޢަނިޔާ ލިބުނު މީހާއައް ﷲ އިންސާ ފު ދެއްވާނެ ދުވަސް ހަމަ ކަށަވަރުން އަންނާނެ

  51
 3. ފިޔަވަޅު

  ހީވެ ސާލިހުކަން

  16
 4. ހުސޭނުބޭ

  އިންޑިޔާ ހައިކަމިޝަނުން ހަމަ އަންގާ ގޮތަކަށް..........

 5. މަބޭ

  އަނިޔާލިބުނު މީހާގެ ހައްގައް ޕީޖީ ތިއަރައިގަތީ

 6. ނިމުނީ

  މަވެސް އައުޓް އިންޑިޔާ ހަރަކާތާ ގުޅެންވީތާ؟

  5
  1
 7. ސަމްކުޅިބޭ

  މާދަމާ އޭނާ އަންނާނެ އެހެން ކުމާރެއްގެ ނަމުގައި. ބަންގާޅުމީހަކު ޑީޕޯޓް ކުރަންޏާ ނަމާއި ޕާސްޕޯޓް ނަންބަރުވެސް ޖަހާނެ. އިންޑިޔާ މީހެއްވީމާ ނަން ހާމަކުރަންވެސް ފުލުހުންނަށް ނުކެރުނު. ދެން އިންޑިޔާގެ ދަށުވެފައިވާ ވަރު އިހްސާސް ކޮށްލާ.

 8. އިބްރީ އަންހެނާ

  އޭނާ އަލިފާން ގަނޑަށް އެއްލާލާ 😉