މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ އިން 55 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދިރާސާކޮށް ރިޕޯޓެއް އާންމުކުރެއެވެ. މި ގޮތުން މިދިޔަ އަހަރު 183 ގައުމެއްގައި ކޮރަޕްޝަން އޮތް މިންވަރު ދިރާސާކޮށް ދަރަޖަ ކުރުމަށް ފަހު ޓްރާންސްޕޭރެންސީއިން ރިޕޯޓް އާންމުކޮށްފައިވެއެވެ.
މި އިންޑެކްސް ބޭނުން ކުރަނީ ސުމަކުން ފެށިގެން ސަތޭކައިގެ އަދަދުގެ މިންގަނޑަކުންނެވެ. މި ގޮތުން ސުމަކާ ގާތް އަދަދުތަކީ ކޮރަޕްޝަން ގިނަ ވުމުން ލިބޭ އަދަދެކެވެ. ސަތޭކައާ ގާތްކޮށް ޕޮއިންޓް ލިބިފައިވަނީ ކޮރަޕްޝަން މަދު ކުރެވިފައިވާ މިންވަރަށެވެ.
މި ރިޕޯޓް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި އެއީ ގައުމުތަކުގެ ތަރުތީބުތަކަށް ބަލާއިރު 75 ވަނައެވެ. މިއީ މިދިޔަ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގައުމުތައް ތަރުތީބު ކުރެވިފައިވާ ދަރަޖައިން 55 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި 14 ޕޮއިންޓްގެ ކުރިއެރުމެކެވެ.
While our work to root out corruption is nowhere near complete, it is nevertheless encouraging to see that our anti-corruption efforts have yielded good results. In this year’s @anticorruption Corruption Perception Index 2020 we scored 43 - climbing 14 points in rank. https://t.co/h0iAdjbf0D
— Ibrahim Mohamed Solih (@ibusolih) January 28, 2021
މި ނަތީޖާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އެންޓި ކޮރަޕްޝަން ސިޔާސަތުތަކުގެ ސަބަބުން ނަތީޖާތައް ރަނގަޅު ކުރެވެމުންދާ ކަމަށެވެ. އެކަމަކު ވެސް ކޮރަޕްޝަންއާ ދެކޮޅަށް ކުރާ މަސައްކަތް ނިމުމަކަށް ނާންނަ ކަމަށާއި އެ މަސައްކަތް ނިންމުމަކަށް އަންނަން ގާތް ވެސް ނުވާ ކަމަށް އެމަނިކުފާނު ވިޑާޅުވިއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި އެއް ވައުދަކީ ކޮރަޕްޝަންގެ "މޫތައް" ލުހެލުމެވެ. މި ސަރުކާރުގައި އޮންނާނީ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެ ސިޔާސަތު ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ.
އެމްޑީ އެން އާއި ގުޅުން އޮތް މީހެއް ދޯ ރައީސް ކުރިމަތީގައި ހުރީ؟
މި ޤައުމުގެ ސަރުކާރުން އަޑުއަރުވާގޮތުން އޮންނަންޖެހޭނީ 1 ވަނާގައި! ޒީރޯ ޓޮލަރަންސްވިއްޔާ....... ކިތަންމެ ވައްކަމެއްކުރިޔަސް...... ވީމާ 75ވަނަ ތިއީ ކޯންޗެއް! ކްހާނުގައި މަސައްކަތްނުކުރާ ކުއްޖާވެސް ފަހަތުން 3 ނުވަތަ 4 ވަނައަށް ދޭ!
ކަނޑައެޅިގެން ބޮޑު ދޮގެއް! ދައުލަތުގަ އޮތީ ހުސް ވައްކަމާ ޖަރީމާއާ ފަސާދަ. ރައްތިތުން ބައިތިއްބަނީ ގިއްގަޅުވާފަ. ނޫސްވެރިންނައް ބިރުދައްކާފަ. އެދިކޮޅު މީހުން ޖަލައް.
މި ވެރިކަން އާއްސުރެން ޓްރާންސްޕޭރަންސީ އައިމަން މެން ހުރީ ނިދާފަ. އެންމެ ފަހުން އަގަހުޅުވުނީ މަޖިލިސް އިންތިހާބްތެރެއިން. އެމް.ޑީ.ޕީ މެޖޯރެޓީ ނެގި ހިސާބުން ޓްރާންސްޕޭރަންސީ ހަބަރެއް ނުވޭ.
ހެޔޮވެރިކަން ކޮއްދޭން އާ މީހުން ނޭވާ ހޮޅިން ވެސް ވައްކަން ކުރީ.
މިވެރިކަން އައިފަހުން ޓްޜާންސްޕޭރަންސީ މޯލްޑިވްސް އޮތީ ކޯމާއެއްގަ
ތިޔަ އައިމަންމެނަކީ އެކައްޗެއްކިޔާ އެއްބައެއް އެމީހުންނަކައް މިހާރު ކޮރަޕްޝަނަކީ ކޮންއެއްޗެއްކަމެއްނުއެނގޭނެ އަދިމިސަރުކާރުން ހިންގާކޮރަޕްޝަނެއްނުވެސް ފެންނާނެ މިހާރުތިބޭނީ ނިދިފަ ހޭލެވޭނީ އެހެންވެރިކަމެއް އައީމާ
އެއީ ކޮންގޮތަކުން ހޯދި ކުރިއެރުމެއްތޯ އަނެއްކާ މިކަމުންވެސް ވައްކަންކުރީތޯ އިބުރާހިމްބޭ ކައިރިން އަހާލަން ބޭނުން މިހެންމިބުނީ ނޭޗާހޮޅިން ވައްކަން ސޯޅަ ރުފިޔާއަށް ހަކުރު ކިލޯވިއްމީހުންވެސް ތިބީ ގޭގައި އަރާމު ތަންމަތީއި
މީ އަދި ކޮން މެ އެ މް.ޑީ.ޕީ ވެރިކަ މަކާއި އެކީ ރައީސްއޮފީސް ހިސޯރު ކުރާ ލަދުހަޔާތްކުޑަ އައުރަނިވާނުކޮށް ނާޗަރަނގީގަ އުޅޭ ދައިތައެއް..
މމި ފޮޓޯ އިން މިފެންނަ އަންހެނާ މީ އެ މްޑީއެން ގެ މެމްބަރ އެއްދޯ ބޯ ހަލާކު ހުސް މިކަހަލަ ...ޖޯކަރުން.. ހުރު މަތް ކަނޑައުފި...މައިކާލޫ
ރަތްލާޖެހި އިސްލާމްދީނާ ޚިލާފް މީހެއް އަންނިގެ ވެ ރިކަމުގަ ވެސް ރައީސް އޮފީސްތެ ރޭ ގެންގުޅުނީ . ލަނޑަޔާ ވާނީ ލަނޑަޔާ މަހިތުން އާއިލީ ގުޅުންވެސް އޮވޭ ތޯއްޗެ
މުޒާހަރާ ގިނަވެގެންމިއުޅެނީ މިހެންވެގެންދޯ
ތީ މިހާރު ގަންނަން ލިބޭ އެއްޗެހި
ދެލޯކަނު ކަންފަތައް އަޑުނީވޭ ބައެއްވީމަ ކޮންމެ އެއްޗެއްވެސް ބުނެވިދާނެ. ތީހަގީ ގަތެއް ނޫންކަން ދިވެހިރައްޔިތުން ގަބޫލު ކުރާނެ.
މެޑަލް ދޭ މީހާއާ މެޑަލް ޖަހާމީހާ އެއްގަލަކަށް އެ ރީމަ ތިހެންވާނެ.
އެކަމަކު ހަގީގަތަކީ ތިއީތަ ؟
ރާއްޖޭގައި ކޮރަޕްޝަނާއި މަކަ ރާއި ހީލަތްހެދުން މިސަ ރުކާ ރު
އޮތްހާދުވަކު ދާނީ އިތު ރުވަމުންނެވެ ސަ ރުކާ ރުގެ މަތީބު ރީގައި
ވަކިހިއްޕައިގެން ރތިބީ އުސޫލުގެ ތެ ރެއިން މަގު
ފޭ ރުމާއި ބިޔަ ވަންކަންތައްކު ރަން ދަސްވެފައިވާ
ހުނަ ރުވެ ރި ވަގުންނެވެ.
ތިޔަ އިންޑެކްސް ގަ ދައްކަނީ ރާއްޖޭގަ ކަރެޕްސަން އިތުރުވީކަމަށް ތިޔަ އިންދެކްސްގެ 1 އެއީ އެންމެ ކަރެޕްސަން ބޮޑު ގައުމު 2 އެއީ ދެވަނޔަށް ބޮޑުގައުމު މިގޮތުން މިސަރުކާރު އައފަހުން 14 ދަރަޖަ ކަރެޕްސަންވަނީ އިތުރުވެފާ. ސާލިހް ނަތީޖާ ބަލާގޮތް ރަނގަޅެންނޫން.
ޖޯކް އޮފްދަ ސެންޗެރީ
ތިއީ އެމްޑީޕީ ގޮތްޕެއް
ތިޔާއީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ކޮމިއުނިކޭޝަން ކަޓް ޖައްސައިގެން ވެލާނާ އެއާރޕޯރޓް ވިއްކާލައިގެން ލިބުނު 25 މިލިއަން ޑޮލަރުން 5 މިލިއަން ޑޮލަރު ތިޔާ ޓްރާންސްޕެރެންސީ އިންޓަރނޭޝަނަލް އަށް ދީގެން ގަނެފައިވާ ދަރަޖައޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ބޮޑެތި ވަގުން ތައް ކޮވިޑް އިން ކުރީ ވައްކަމޭ ވަގާ ވަގާ ވަގާ ބޮޑު ވަގާ ކަޅަ ވަގާ ފެހި ވަގާ ދަވަގާ ވަގާ ވަގާ ވަގާ ދަވަގާ...
ތި ރިޕޯޓަކީވެސް ބަޔަކު ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނެރުނު ރިޕޯޓެއް.ކައުންސިލް އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ ބޯކާލަން ނެރުނު ރިޕޯޓެއްތީ.ރަައްޔިތުން މިހާރު ތިބީހޭލާ.