ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މިސްކިތް ތެރޭގައި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާ ފުރުވާލަން ނިންމީ އެއީ އެ މައްސަލާގައި އެންމެ މަސްލަހަތު ބޮޑު ގޮތް ކަމަށް ފެނުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީގެ އޮފީހުގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު ޝަފީއު ވިދާޅުވީ އެ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް އެ އޮފީހުން ރިޢާޔަތް ކުރި ކަމަށެވެ.
އަދި އެ ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާ ލިބުނު ފަރާތާ އެ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދެކޭ ގޮތް ބަލާފައިވާނެ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. އަދި މައްސަލަ ހުށަހެޅި ފަރާތާއި ތަހުގީގު ކުރި ފަރާތުގެ ވިސްނުމަކީ ވެސް އެ އިންޑިއާ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ވުރެ މަސްހަލަތު ބޮޑު ގޮތަކީ އޭނާ ފުރުވާލުން ނުވަތަ ޑީޕޯޓް ކޮށްލުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
"މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ކުރިން ވެސް އަމަލުކުރާ ގޮތެއް. މި ބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ވަކި ޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން." ޝަފީއު ވިދާޅުވިއެވެ.
ޖެނުއަރީ 15 ވަނަ ދުވަހު ހިނގި މި ކަމާ ގުޅިގެން ބިދޭސީ މީހާ މިއަދާ ހަމައަށް ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މާރާމާރީ ހިނގީ އަސްރު ނަމާދުގެ ޖަމާއަތް ނިމުނު ފަހުންނެވެ. އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން އެ ކަން ހުއްޓުވީއެވެ.
މި އިންޑިއާ މީހާ ފުރުވާލަން ޕީޖީއިން ނިންމާފައިވާއިރު، ދާދި ފަހަކުން މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހަކު ވެސް ދައުވާނުކޮށް ފުރުވާލަން ނިންމިއެވެ. އަދި ރިސޯޓެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނު އިންޑިއާ މީހެއްގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަން ފެށުމުގެ ކުރިން އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވެއެވެ. އެހެންވެ އާންމުންގެ ބައެއް މީހުން މި ކަންކަމާ ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ.
ހުސްގަޔާ ކުރު ޓައިޓު ލައިގެން ފިރިހެނުންނާއެކު ގައިގޯޅިކޮށް ބެންކޮކުގަ މޫދަށްއެރޭ މީހަކަށް ޕީޖީކަން ދިނީމަ ވާނެގޮތް މިފެންނަނީ.
މިކަހަލަ ހިޔާނަތްތެރީންނާއި ހެދި ގައުމުގެ އަމާންކަން ގެއްލެނީ. މި ކަޅުބެ ކައިރިން އަހާބަލަ ރާއްޖެއިން ބޭރު ގައުނެއްގައި އެކަހަލަ ކުށެއް ކޮއްފިއްޔާ ޑީޕޯޓުތޯ ކުރަނީ ނޫނީ އެގައުމެއްގެ ގާނުނުގައި އޮންނަ އަދަބެއް ތަންފީޒުކުރަން ޖެހޭތޯ ގަމާރެ
ތިބުނަނީ ފިނިފެންމާދޯނިވެސް ތަންޑުއަޅުވައޭތަ.
ކުއްކޮށްފައި އިންޑިޔާމީހުން އެމީހުންގެ ޤައުމަށް ފޮނުވާލުން އެއީ މަސްލަހަތު ގޮތްކަމަށްވަންޏާ ކީއްވެބާ މީރާއްޖޭގެ ރައްރަށުގެ މީހުން މާލޭގައި ކުއްކުރީމާ އެމީހެއްގެ ރަށަށް އެމީހަކަށް ނުދެވެނީ! އެއީ މާބޮޑު މަސްލަޙަތެއް ނޫންތޯ!!!
ނުވެސް ކެރޭނެ އެނޫންގޮތެއް ހަދާކައް ހަދާ ފިއްޔާ ގެރިމޯދީ ފޮޑިއެއް ޖަހާއިރައް ސޯލިބޭ އޮރިޔާން ކޮއް ފަލީހަތް ކޮއްލާނެވިއްޔަ ދެން ބަޔަކު އަޅުވެތި ވާނީ މިވަރަކައްތާ މިއެތި ފަހަރު ތަކައް ވޯޓދިންމީހުންގެ ކަރުބުަޑުގަ ރަނގަޅައް ހިތިރަހަލުން މަގޭ ދުވަ އަކީ
ކޮން މަސްލަހަތެއް .......... ހައިކަމިޝަނުން ހުކުމް ކަނޑައެޅީ ...... ކަލޭ ކަހަލަ އަޅުދާސްވެފައިތިބި މީހުންނަށް ދެން އެނޫން ޗޮއިސްއެއް ނޯންނާނެ! ކެކެކެކެކެކެކެކެކެ
ޑީޕޯޓްކޮށްލުން އެއީ ކުއްކުރަންލިބޭ ބާރަކައްވެސްވެދާނެ ތިޔަނޫން އަދަބެއް ދިނުން ބުއްދިވެރި
ތީ މާހެއްވާ ގޮތެއް. އިންޑިއާ މީހެއްވީމަ މާރާމާރީ ހިނގީމަ ގައުމަށް. ދިވެއްސެއް ބޭރުމީހެއް ނޯންނާނެ ގާނޫނުގަ އޮތްގޮތަށް އަމަލު ކުރަންޖެހޭނީ އޭނަޔާއި މެދު ދައުވާ ކުރަން ޖެހޭނެ.
ކޮބާ ގާނޫތައް އެއްފަރާތް ކުރީ ތާ ކޮބާ އައެތް މީހާ ހައްގުތައް މިމީހުން އަގަފުރާފައި މިކިޔަނީ ކޯއްޗެއްތަ
ސަމީމަށް ރަނގަޅުވެދާނެ. އެކަމަކު އެހެންގައުމެއްގެ މީހަކަށްވިނަމަ، މަސްލަހަތު އޮންނާނީ ތަފާތުކޮށް. އެހެންނޫނިއްޔާ ސަމީމަކަށް އިންޑިޔާއަކަށް ނޭރޭނެ. މިގައުމަކީ އަމިއްލަވަންތަކަމެއް ނެތް ގައުމަކަށްވީތަ؟ ގާނޫނެއް ގަވާއިދެއް ސަރިއަތެއް ނެތީތަ؟ ހާލަތު ބަދަލުވީ ދޮގެއްތޯ؟ މަސްލަހަތަށް، ދެން ކަރުގައި ހިފުނުމީހާއަށްވެސް މަސްލަހަތު އޮންނާނީ އިންޑިޔާއަށް ފޮނުވައިގެން އެސަރުކާރުގެ ޚަރަދުގަ ބޭސްކޮށްދިނުން ދޮގެއްތޯ؟
އިންޑިއާގައި ދިވެއްސަކު ފައްޅިއެއްގައި އިންޑިއާ މީހަކަށް ހަމަލާދީފިނަމަ އަނބުރާ ރާއްޖެ ފޮނުވާނެތަ؟ ޕީޖީ އަކީ އަޅެ މޮޔައެއްތަ؟
ފައްޅިއެއް ފޮޓޯނަގާލި ކަމަށްޓަކާ އެތަނުގައި ތިބި ރައްޔިތުން އަޅުގަނޑު ރޮލާ ކާނުލީ ކިރިޔާ. ޢިންޑިޔާ ފުލުހުން އަޅުގަނޑު ޖަލަށް ނުލާ ސަލާމަށްވީ ﷲގެ ކުޅަދުން ވންތަކަމުން. ޢަޅުގަނޑުގެމެންގެ މުގައްދަސް މިސްކިއްތަކަށް އަރާ އަނިޔާ ދިންމީހާ ޑީޕޯރޓްކޮށްލަން ލާދީނީ އެމްޑީއެންގެޕަޕެޓް ޕީޖ އެއްކަންކުރުމުން ހައިރާން ނުވޭ. މިސްކިއްތަކާ އިސްލާމް ދީނަށްވުރެ ކާފަރު ކަލޭގެ މި ލާދީނީ ބއިގަނޑަށް މުހިންމުވާނެ
18، 19 އަހަރުގެ ދިވެހި ޒުވާނުން އެބަތިބި ރައްޓެހިވެގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖާއާ އެކީ ޒުވާންކަމުގެ ޖޯޝުގަ ކޮށްލާ ކަމަކުންވެސް ކުޑަކުއްޖަކާ ބެހުނުކަމަށް ހަދާފަ 25 އަހަރުގެ ހުކުމުކޮއްފަ. ތިބުނާ މަސްލަހަތަށް ނުބަލާ.
ހައްގު ހޯދަން ދައުވާ ކުރަންޖެހެނި ސަމީމުގެ މައްޗަށްތޯ؟ ބިދޭސި އަކަސް ދޭސީއަކަސް ޖިނާއީ ކުށެއް ރާއްޖޭގެ ސަރަހައްދުގަ ހުރެގެން ކޮށްފިނަމަ ރާއްޖެގެ ގަނޫނުގައިވަގޮތުގެ މަތިން އަދަބު ކަނޑައެލެންވާނެ. ބިދެސީ މީހާ ފުރުވާލެވޭނީ އޭގެފަހުން،
އޭރުވެސް އިގޭ އަދަބެއް ނުދެވޭނެކަން އަމުދުން އިންޑިޔާ މީހެއް ވެއްޖެޔާ
ކަލޯ ދަށުވެ ،އަޅުވެތިވެ ،ކަރުބޮޑުގައި ރަހަލައިފަ ފިތިފަ ތިއްބަވާ؟ގާނޫނޫ އެންމެނާ ވެސް އަރާހަމަކުރާނެ ދުވަހެއް އަންނާނެ.މިއަދު ހައިކޮމިޝަނުން ހުކުމް ނެރެވިދާނެ.މާދަމާ ވާނެ ގޮތެއް ނޭގޭނެ އެކަކަށްވެސް..ހާމާނުވެސް ވަރަށް ގަދަވެފަ އުޅުނު. ދުނިޔަވީ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރޭ!.
ދީނީ ފިކުރެއް ނެތްތާ ގައު މީ ފިކުރެއްވެސް ނެތް ސަރުކާރެއް މިއީ !
އެހެން މައްސަލައެއްގަނަ މަ ބުނާނެ ސަރުކާރުން ތޮޔޮތީ އަނިޔާލިބުނުފަރާތަށް ނުފޫޒު ފޯރުވާފައޭ.
ކާކުގެ މަސްލަހަތަކަށް ތިބަލަނީ ؟ ކޮބާ ޒީރޯ ޓޮލަރަންސް ؟
ގައްދާރުން އިސްތިއުފާދީފަ ރަށަށްދޭ ! މިކިޔަނީ ކަލޭ މެންގެ ރަށަށް އިންޑިޔާއަށް ދާށޭ ! ތިއީ ދިވެހިިންނެއް ނޫން !
ޕީޖީއަށް ލިބިގެންވާ ޙައްޤެއް ނޫން. މުޖްތަމަޢުގެ މަޞްލަޙަތުގައި ދަޢުވާކުރަންޖެހޭ.
އަދި އަނިޔާ ލިބުނު މީހާ ދަޢުވާ ދޫކޮށްލީތޯ.
"އަނިޔާ ލިބުނު ފަ ރާތާ އެ އޮފީހުން މަޝްވަ ރާކޮށް މައްސަލަ ކު ރިއަށް ގެންދިއުމާ މެދު ދެކޭ ގޮތް" ބެލިއްޔޯ.
އެގޮތަށް ގޭންގުތައްވެސް އާންމުމީހުން މައްސަލައެއްޖެއްސީމާ މަގުމަތިން ދިމާކޮށް ފޯނުންގުޅައި "މަޝްވަ ރާކޮށް މައްސަލަ ކު ރިއަށް ގެންދިއުމާ މެދު ދެކޭ ގޮތް" ބަލަ. އަދި މަސްލަހަތު އެންމެ ރަނގަޅުވާނީ މައްސަލަ އިތު ރަށް ނުބެލީމަކަމަށް "ވިސްނާދެ".
މަސްލަހަތު ބޯޑު ގިތަކީ ޔުނާންއާއި އަންގެނުން ރިހުލާވެސް ދޫކޮއްލުން.ނިކަންދޫކޮއްލަބަލަ.ސަދޫމު އިންސާފް.
އިންޑިޔާމީހަކާ ދޭތެ ރޭ ތިނޫން އެހެން ގޮތަކަށް އަމަލެއް ނުކު ރެވެން. ދީނަށް ފު ރައްސާ ރަ ކޮށް ރަސޫލާ މސއވ އަށް ހަޖޫޖެހިމީހާ ވެސް ރަށް ފޮނުވާލީ.ދެނަވެސް އެހެން މައްސަލަ ތަކުގަ ހައްޔަ ރު ކުރާ މީހުން ވެސް ފޮނުވާލަނީ ނޫނީ ބުނާނެ އެމީހާ ވީ ފުރާއިގެން ގޮއްސައޭ.ގިނަ ދިވެހިން މިހާރުވެސް ހަދާން ހުއްނާނެ ތި އިންޑިޔާއިން މަރިޔަމްރަޝީދާ މެންނާ ދުތެރެޭކަނތައްކުރިގޮތް
ކުއްކު ރާ މީހާއަށް އަދަބު ދިނުމުގަ މަސްލަހަތައް ބަލަން ޖެހޭ ކަމަށް އިންނަނީ ކޮން ޤާނޫނެއްގަތޯ? އަޅުގަނޑަށް ވެސް ކަމެއް ދިމާވެދާނެތީ އެވާހަކަ ކޯޓުގަ ބުނެލަން މި އަހާލީ.
އައްޑޫ މީހަކުވެސް މާލޭގައި ވައްކަމެއް ނުވަތަ މާރާމާރީއެއް ހިންގައިފިނަމަ އައްޑުއަށް ފޮނުވާލަދެއްޗޭ.
އެންމެ މަސްލަހަތު އޮތްގޮތަކީ ކަލޭ އިސްތިއުފާ ދީފަ ގޭގަ ހުރުން. ކޮބާ ދިވެހި މީހާގެ ހައްގު އޭނައަށް އިންސާފް ލިބުނު ކަމަށް ވާނެ އޭނަ ފޮނުވާލުން އޭނަލިބު ގެއްލުން ބަދަލު ވަރައްސަޅި.
އެއަށްވުރެ މަސްލަހަތު ބޮޑު ގޮތަކީ ކަލޭ ޑީޕޯޓު ކޮށްލުން.