އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ސިއްހީ ފަރުވާއަށް ދޫނިދޫއިން މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެނެސްފިއެވެ.

އަދުރޭއާއި ޝުޖާއު މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެނެސްފައިވާއިރު، އެ ދެ މީހުން ހައްޔަރުކޮށްގެން އިއްޔެގެ ވަގުތެއްގައި ދޫނިދޫއަށް ގެންގޮސްފައިވެއެވެ. އޭގެ ފަހުން މީސް މީޑިއާގައި އިދިކޮޅު ކޯލިޝަންގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ ދެ މީހުންގެ ސިއްހީ ހާލަތު ވެސް ދަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމަކު އަދުރޭއާއި ޝުޖާއުއަށް ކުރިމަތިވެގެން އުޅޭ ސިއްހީ މައްސަލައެއް އަދި ސާފެއް ނުވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުން، އަދުރޭއާއި ޝުޖާއު ދޫނިދޫއަށް އިއްޔެގެ ވަގުތެއްގައި ގެންދިޔައިރު، ދެ ބޭފުޅުންނަށް ބަންދުގެ މުއްދަތެއް ޖަހަން އެދި ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް ބެލެވެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ހިންގާ އޮފީސް ކައިރީ ރޭ ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލި ކުރިމަތިލުމުގެ ތެރެއިން ކޯލިޝަންގެ އާންމު މެންބަރަކަށް ވެސް އަނިޔާވެފައިވެއެވެ. އަދި ސިއްހީ ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އޭނާގެ ސިއްހީ ހާލަތު ވަރަށް ސީރިއަސް ކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދެއެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ފުޅާކޮށް މުޒާހަރާތައް ގިނަކޮށްފައިމިވަނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދެ ޕާޓީ ހިމެނޭ ކައުންސިލުން "ސީދާ ހަރަކާތް" އަށް ނުކުންނަށް ގަރާރެއް ވެސް ފާސްކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޭްައިސްދޫ މީހާ

    މުޒާހަރާ ކުރާއިރު ގަދަ ބަދަވި ދޯ😂☺️

    18
    15
  2. ކޮލި

    އަނެއްކާ އަދުރެމެޓިސް ނޭވާ ނުލެވެނީތަ އަވަހަށް އިންޑިޔާ ފޮނުވާ !

    15
    18
  3. އަލިބެއްޔާ

    މިސްކިތުގައި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހާ ޤައުމަށް ފޮނުވާލައިފި

    8
    1
  4. ހުސައިން

    ހާދަ އަވަހަކަށް ރައީސް ޔާމީން ކިހާދޮހަޔެއްވެއްޖަ ޖަލު އޮންނަތަން އަދުރޭމެނަށް 1 ދޮހާ ކެތްކޮށްނުލެވެނޫ

    12
    2
  5. އަލްޖިބްރާ

    މުޒާހަރާ ކުރަން ނިކުމެ މަގުތަކުގައި ހަޅޭއްފަަޅޭއް ލަވާއިރު ހަމަ ސިންގާ އެއްފަދަ ! ހަމަ ހައްޔަރުކުރާއިރަށް ބަލިކަމުން އޮތްތަނުން ގުޑާވެސް ނުލެވޭ ! ތިކަހަލަފިޑިން ކަންތަށްކުރަން ނުނިކުމެ ގޭގަ ރަޖާލައިގެން ތިބީމަ މާތާހިރުވާނެ !

    12
    7
  6. ފާތިޔަ

    ކަލޯގަޔާ! މިވަރުގެ ފީމީހުން! ޔާމީނަކާ ވާދަ އެއްނުކުރެވޭނެ! ކިހިނެތް މިމީހުން ޔާނު ސަލާމަތްކުރާނީ! ގަދަޔަށް ޖައްސަބަލަ!!!!

    16
    1
  7. ޒަރާނާ

    ސަ ރުކާ ރު ހާދަބި ރެކޭ މިގަންނަނީ ވެއްޓިދާނެތީ ކު ރިން ފަހަ ރުވެސް ރާބޮނދި މުލިޔާގޭގަ ފުޅިކޮޅު ބަހައްޓާފަ ގޮސް އިންޑިޔާ އެންބަސީގަ ފިލީ މިފަހަ ރު ކިނބޫ ގޮސް ޕާކައް ވަދެދާނެ އަނެއްކާ