އައްޑޫގައި ހިންދޫ ފައްޅިއެއް ހުރި ކަމަށް މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ޕޯސްޓުތަކުން ފެންނަނީ ގޫގުލް މެޕްސް އިން އައްޑޫ ސިޓީގެ ގެއެއް ކަމަށް ބެލެވޭ ތަނެއްގައި ހިންދޫ ފައްޅިއެއް ކަަމަށްވާ ޖޭ ޝްރި ރަމް ފައްޅިއެއް އިންނަ ތަނެވެ. އެ މީހާ އެކަން މީސް މީޑިއާގެ ސަމާލު ކަަމަށް ގެނެސް ކަން އޮތް ގޮތް އޮޅުން ފިލުވަން ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިންދޫ ފައްޅިއެއް ހުރި ކަމަށް ބުނާ ވާހަކައަކީ "ބުހުތާނު ދޮގެއް" ކަމަށެވެ. އައްޑޫގައި އެ ބުނާ ފައްޅިއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މީސް މީޑިއާއިން މި ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިތުރަށް ސާފް ކުރަން ޖެހޭ ކަންކަން ސާފް ކުރަމުންގެންދާ ކަމަށާއި އެކަން ބެލުމަށްފަހު އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބޭ

  މިހާރު ނެތަސް ކުރިޔަށް އޮތީތަ؟ ކަމިންގ ސޫން...........

 2. ގަރަ

  ނެތްކަމައްބުނާއިރު ކަލޭ ތިހުރީ ރަށުގަތަ!

 3. ބޮލު ރޮދި

  މި ޑީޑީ އަކީ ބޮލު ރޮދި ކެނޑިފަ ހުންނަ މީހެއް،، ވައްސަލާމް

  8
  2
 4. ޓ

  ޑީޑި އަކީ....ހަނދާން ނެތޭ މީހެއް

  8
  1
 5. އަބްދޫ

  މައުމޫނަ އިލްޔަސާ ދެމީހުންވެގެން ސަރުކާރުގެ ހަރަދުގަ އެތައްދުވަހަކު ބޭސްކުރަން ސިންގަޕޯރ ގަ ބެހެއްޓިހަނދާން ހުރިތޯއަހަބަލަ.

 6. އައްލާ

  މަގާމައްލިބޭތިކޮއްހިތްވަ ރަ ކެ ރަ

 7. ފައްޅި

  ތިތާ ބުދުކޯލެއް ނެތަސް އިންތިޒާމުކު ރެވިގެން ތިތަނުގައި އެއްވެ އަޅުކަންކު ރަމުން ދޭތަ ؟