އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ފިނޭންސް މިނިސްޓްރީ ކައިރިއަށް ޖަމާވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ ސަރަހައްދުގައި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން މި ވަގުތު ތިއްބެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އިންކަމް ސަޕޯޓް އެލަވަންސްގެ އިންސާފުވެރި ކަމެއް ނެތް ކަމާއި ކުންފުނިތަކަށް ފައިސާ ދޫނުކޮށް ފިނޭންސް މިނިސްޓްރީއިން ހިފަހައްޓާ ކަމަށް ބުނެ އެ ކަންކަން ހުއްޓާލުމަށެެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ކައިރީ އެސްއޯ ފުލުހުން ވެސް އެބަތިބިއެވެ.

ފިނޭންސް މިނިސްޓްރީ ކައިރީ ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ގެންދާއިރު، މި ހަފުތާ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ ހެލްތު މިނިސްޓްރީ ކައިރިއާއި އެޗްއީއޯސީ ހުންނަ ދަރުބާރުގެ ކައިރިގައާއި އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީ ވެސް މުޒާހަރާ ކޮށްފައެވެ. އެއީ އިންޑިއާއިން ދީފައިވާ ވެކްސިން ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ.

މި މުޒާހަރާތަކުގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފައެވެ. މި ދެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު، އިއްޔެގެ ވަގުތެއްގައި ދޫނިދޫއަށް ވެސް ގެންދިޔައެވެ. އެކަމަކު މިއަދުގެ ވަގުތެއްގައި މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށް ވަނީ ގެނެސްފައެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ފުޅާކޮށްފައި މިވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅުގައި އިދިކޮޅު ދެ ޕާޓީ ހިމެނޭ ޖޮއިންޓް ކައުންސިލުން ވަނީ "ސީދާ ހަރާކާތް" އަށް ނުކުންނަން ގަރާރެއް ވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގަނީ

  ކިހާ ބޮޑު ބލ އެއް މީ. މި ހާލަތުގައި ވެސް ފިތުނަ ފަސާދަ އުފައްދަންވީތަ! މަޑެއް ނުކުރެވޭނެތަ މިހާލަތުން ރަގަޅު ހާލަތަކަށް ބަދަލު ވަންދެން . ރަގަޅަށް އަދި ނުރަގަޅަށް ކމެއް ކުރިއަސް މީކީ ތި ސަކަރާތް ޖަހަން ޖެހޭ ވަގުތެއް ނޫން. ތިކަން ނިންމާފައި ތިބާގެ ދަރިން ނުވަތަ މާބނޑު އަނދިމީހާ ނުވަތަ މާމަ ކާފަ ކައިރިއަށް ދިޔައުން ރައްކާތެރިތޯ؟

  7
  15
 2. ހައްވާ

  ރަގަޅުވާހަކައެއް މިސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވީ ވައުދުވެސް ފުއްދާނުދޭ ؟؟؟؟؟؟؟؟

  14
  4
 3. ރައްޔިތު

  ސާބަހޭ ދަރިންނޭ..! ވާން ކޮށްފަ ބަހައްޓާ..! ވަޒީފާ ގަނޑު ގެއްލިދާނެކަމުގެ ބިރު ނެތްނަމަ ތިތާ އެންމެ ކުރީގަ ހުރީސް..!

  13
  4
 4. މުޒާބީ

  މުޒާހިރާ ތަކަށް ރައްޔިތުން ނުކުންނަން ޖެހުނީ މިޤައުމުގެ އިންސާފު ގެއްލުވައިލައި ބޭރުޤައުމު ތަކަށް ޖާގަދެމުން ޔާމީނަށް ހިތުހުރިގޮތެއްހަދަމުންދާތީއެވެ. ދިވެހިން މިތިބަ