މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ބައެއް ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

ޣިޔާސުއްދީން ސްކޫލުން އިއްޔެ ބެލެނިވެރިންނަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން ފިޔަވައި ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، 10 ގެ ދަރިވަރުން ކުރިއެކޭ އެއްގޮތަށް ސްކޫލަށް ހާޒިރުވާން ޖެހެއެވެ.

އެ ސްކޫލުން ފޮނުވި ސިޓީގައި ވަނީ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. ސިޓީގައި ބުނި ގޮތުގައި އެ ފިޔަވަޅު އެޅީ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ވެސް ޑައިރެކްޓް ކޮންޓެކުޓުންނަށް ވެ، ކަރަންޓީނަށް ދާން ޖެހޭކަމުގެ ރިޕޯޓްތައް ލިބެމުންދާތީއެވެ.

ޕްރިންސިޕަލް އަލީ މުސްތަފާ ސޮއިކުރައްވާފައިވާ ސިޓީގައި ބުނީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވާ ނަމަ، ދަރިވަރުންގެ ރައްކާތެރިކަން ޔަގީންކުރަން ވެސް އުނދަގޫވާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމާ އެކު، ހުރިހާ ސްކޫލްތަކެއްގައި ވެސް އޮންލައިންކޮށް ކްލާސްތައް ނަގައިދީފައިވެއެވެ.

ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ސްކޫލްތައް ބަންދުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. UH

    Ghiyasuddin is the best

    4
    1
    • ގ

      Worst

      • UH

        haha you're so funny lmao

        1
        1
        • ގ

          Not really, experience

  2. UH

    ali musthafa the GIS principal has long arms

    2
    2
  3. ހ

    އެހެން ސްކޫލްތަކުގަ ވެސް މިހެން ހަދަން ފެނޭ ބާ؟

    1
    1