ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދިން ވެކްސިން ވީހާވެސް އަވަހަށް ޖައްސަވަން ވަރަށް ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާ އިން ދާދި ފަހުން ރާއްޖެ އަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު އެއް ވެކްސިނެވެ.
އިންޑިއާ އިން ވަނީ މި ވެކްސިން އަވަށްޓެރި ގައުމުތަކަށާއި ބޮޑެތި ގައުމުތަކަށް ވެސް ފޮނުވަން ފަށައިފައެވެ. އޭގެ ތެރޭގައި ބްރެޒިލް، މޮރޮކޯ، ދެކުނު އެފްރިކާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިޔަންމާ، ސީޝެލްސް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ. އަދި އިންޑިއާ އިން ކުރިއަށް އޮތް ހަފްތާއެއް ނޫނީ ދިހަ ދުވަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ތިން މިލިއަން ޑޯޒް، ސައުދީ އަރަބިއްޔާ އަށް ފޮނުވަން ވަނީ ނިންމައިފައެވެ.
އިންޑިއާގެ ވެކްސިނާ ގުޅޭ އަޑުތައް ވަރަށް ބޮޑަށް ގަދަވެފައި ވަނިކޮށް، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރާޒެނެކާ ވެކްސިން ޖަހަން ބޭނުންފުޅުވާ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ ކޮވިޝީލްޑްގެ ވެކްސިނަށެވެ.
Alhugandu varah beynun mihaaru libifahuri COVID AstraZeneca vaccine jahan. Alhugadu edhenee veehaaves avahakah alhugandah vaccine libi, alhuganduge faraathunves evves meehakah bali nujehi, alhugaduves rakkaatherive, enmen mikamun salaamaiyvun
— Mohamed Nasheed (@MohamedNasheed) January 28, 2021
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ވީހާވެސް އަވަހަށް ވެކްސިން ލިބިވަޑައިގަތުމަށެވެ.
"އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން ވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން،" ނަޝީދު ވިދާޅުވިއެވެ.
ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމް އިން އުފެއްދި ކޮވިޝީލްޑަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އެކަމަކު، ސީރަމް ކުންފުނިން ވަނީ ވެކްސިންގެ ހުއްދަ އަށް އެދި ޑަބްލިއުއެޗްއޯ އަށް ހުށަހަޅައިފައެވެ. ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބި އުޅެނިކޮށް ބައެއް ގައުމުތަކުން މިހާރު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފައެވެ. އޭގެތެރޭގައި އިންޑިއާ ވެސް ހިމެނެއެވެ.
ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. ވެކްސިން ގުދަންކުރާ އިރު ފިނިހޫނުމިން ހުންނަންވާނީ ދޭއް އަދި އަށް ސެންޓިގްރޭޑްގެ ދެމެދުގައެވެ.
އިންޑިއާއަކީ ދުނިޔޭގައި ވިއްކޭ ހުރިހާ ވެކްސިނެއްގެ 60 އިންސައްތަ އުފައްދާ ގައުމެވެ. ކޮވިޝީލްޑް އަދި ކޮވެކްސިންގެ އިތުރުން، ނޮވެކްސިން އަދި ސްޕަޓްނިކް ހިމެނޭހެން ތިން ވެކްސިންއެއްގެ ކްލިނިކަލް ޓްރައިލް މަރުހަލާ މިހާރުވެސް އިންޑިއާގައި ކުރިއަށް އެބަ ދެއެވެ. ދުނިޔޭގެ މާހިރުން ގަބޫލުކުރައްވާ ގޮތުގައި އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލިއްޔަތާއި، ހެޔޮ އަގުގައި ގިނަ އަދަދެއްގެ ވެކްސިން އެއްފަހަރާ އުފެއްދުމުގެ ކުޅަދާނަކަމުގެ ސަބަބުން ކޮވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވެގެންދާނެއެވެ.
ކޮވިޑް-19 އާ ގުޅިގެެން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރި މީހުންގެެ އަދަދު 20،000 އަށް ވުރެ އިތުރުވެެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ހާމަކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ވެކްްސިން ޖެހުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެެވެ.
މި ވެކްސިން ޖެހުމަށް ވަކި ތާރީހެއް އެޗްއީއޯސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެކަމަކު، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދާދި ފަހުން ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ވެކްސިނަށް ހުއްދަ ލިބޭ އިރަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
އަވަސް ކުރޭ ފެން އިންޖެކްސަނެއް ޖައްސަވާ
ކަލޭ ޖަހާ އަހަރުމެން ގެން ގުޅާ ބުޅަލައްވެސް ތިޔާ ވެކްސިން ދޭން ބޭނުމެއް ނޫން.!
ޢެއީ ކީއްވެބާ
ކުންފުންޏެއްގެ އިޝްތިހާރުގެ ދައުރު އަދާކުުރަން. މީނަ ރަގަޅުވާނެ.
ދެން އަވަހަށް ޖަހަންވީނު. ކަލޮޔަކީ ބަހާ ޢަމަލާ ދިމާނުވާ ސުންޕާ އެއްކަން ދިވެހިންނަށް އެގެންފަށައިފި.
މީނަ ގަޔަށް ތިޔަ އެއްލައްކަ ޑޯޒު ޖަހާލާ އަވަހަށް.
ތިޖަހާނެ މީހުން މަދުވެގެން މީނަ މި ޕްރޮމޯޓްވެސް ކުރަންވެސް ފެށީތާ
ތިވާހަކަ ދހަކަނެެ ކީއްކުރަން ނަސިދާއި ނަސިދުގެ އަުވާނުންނަށް ޖަހައިގެން ޓެސްޓް ކޮށްލީމަ ނިމިނީ ދޯ.
ކަނޑައެޅިގެން ދޮގެއް
ކޮއް މެ ހެންވެސް ރައީސް ނަޝީދު ތިވެކުސިން އެއް މެނަށް ފެންނަ ގޮތަށް އަވަހަށް ޖައްސަވާ ސަޅި ވާނެ
އާން..! ތިޔަ ޖީޖީ (ގެރިގރު) ވެކްސިން އެންމެ ފުރަތަމަ ޖަހަންވީ މީހަކީ ހަމަ ކަލޭ..! ކަލޭ ެ ޖަހައިގެން "މޮޔަގރި" ބަލި ނުޖެހުނިއްޔާ އަހަރެމެން ޖަހާނީ..!
އާން..! ތިޔަ ޖީޖީ (ގެރިގރު) ވެކްސިން އެންމެ ފުރަތަމަ ޖަހަންވީ މީހަކީ ހަމަ ކަލޭ..! ކަލޭ އެޖަހައިގެން "މޮޔަގރި" ބަލި ނުޖެހުނިއްޔާ އަހަރެމެން ތިކަމާ ވިސްނާލާނީވެސް..!
ހެޔޮނުވާނެ މީނަ ގަޔަށް އަވަހަށް ވެކްސިން ޖަހާ. 😂
ބަލަ އަހަރެމެން މިކިޔަނީ ތިޔަހެން ކަލޭމެން ކުރީގާ ތިޔަވެކުސިން ޖަހާށޭ އެއިގެފަހުން ދެންތިބިމީހުން ވެކުސިން ޖަހާނެޔޭ އަވަހައްޖަހާ
ތިވެކުސިން އަހަރެންގެންގުޅޭ ބުޅަލަށްވެސްނުދޭނަން މީކާކު
ކުށްކުރީމާ މަޢާފް ކޮށްލާ އެއިރުން ޕީޖީ އޮފީސްގެ ބޭނުމެއް ކޯޓުގެ ބޭނުމެއް ނެއް ޖެހެނީ އެތަންތަން އުވާލަން ޕީޖީއާ ޤާޟީން ގެއަށް
ޢަވަހަށް މީނާ ގަޔަށް ޖަޙާ
ކަލޭ ޖަހާބަލަ ކަލޭތީ ބޭނުން ކަ މެއް ކުރާ މީހެއްނު
އިންޑިޔާގެ ބައެއް ޕޮލިޓީޝަނުންވެސް ޑްރާމާއެއް ކުޅުއްވި! އެވީޑީއޯއިންވެސް ފެނޭ އިޗެކްޝަން ޖައްސައިގެން ހުއްޓާ އެކަމަކު ވެކްސިން ގަޔަށް ޖަހާތަނެއް ނުފެނޭ! އެކަހަލަ ޑްރާމާއެއްވެސް ކުޅެވިދާނެ! ނޫނީ އެހެން ވެކްސިނެއްވެސް ޖަހާލެވިދާނެ!!!
އަވަހަށް ޖަހާ.އިންޑިއާ ގެ ސިޔާސީ ވަގުން ހެދިހެން ކެމެރާ ކުރިމަތީގައި އެކްޓު ކުރާނީއެއްނުން.
ކާކުތަ ބުނީ ނުޖަހާށޭ، ޖަހައިގެން ވެސް ބެއްޔާ ރުއްސޭތޯ ބަލާ
ކާކުތަ ކަލޭ ވެކްސިންޖެހިޔަނުދޭން އުޅެނީ! ކަލޭގެ އަތުގައި ހުރި އެއްޗެއްނު! ދުޅަވަންދެން ޖަހާ! ތި އަނގަޔަށްވެސް ޖަހާތި!
މީނަ އެންމެފަހުން ޔޫކޭއަށް ދިޔަ ދަތުރުގަ ވެކްސިން ޖަހައިގެން އައީ. ދެން މިހާރު މިކިޔަނީ ކީކޭ؟
ގެނައި އެއްލައްކަ ޑޯޒް އެއްފަހަ ރާ މަނިކްފާނު ޖަހާލާ!
މުޅި ރާއްޖެ ހަލާކޮއްލައިފި މީނާގެ ސަބަބުން
ތިހެންބުނެފިއްޔާ އެއްވެސް ތަނެއްގެ ވެކްސިންނެއް މީނަ ނުޖަހާނެ.
އަވަހަށް ޖަހާ. މަށެށް ނުޖަހާނަން.
ތި ޖައްސަވައިގެން ދެ ފައި ކޮޅަށް ޖެހިވަޑައިގެން އޮންނަވާ...! އަހަރުމެން ނޫޅެން ޑަބްލިޔޫއެޗްއޯ އިން ހުއްދަ ނުދީ ހުރި ވެކްސިނެއް ޖަހާކަށް. އަދިވެސް އެންމެ ކަމުދަނީ "ފާއިޒާ" ވެކްސިން. ގަނޑު ފެންނުގައި ގެންގުޅެން ޖެހުނު ނަމަވެސް އެވަރެއްނެތް. އަދި އިންޑިއާ މީހުނަށް އިތުބާރު ކުރަންވެސް ވަރަށް އުނދަގު. މާދަމާ ނޫންކަންނޭންގެ ތިޔެއް ޖަހައިގެން އަހަރުމެން ޒޮމްބީ ތަކަކަށް ވެފައިތިބޭނި.
ވެކްސިން މަޝްހޫރު ކަމުންދޯ ޑަބްލިޔޫ އެޗް އޯގެ ހުއްދަ އަދިވެސް ނުލިބެނީ.
އިންޑިއާގަ ހުރިހާ އުފެއްދުމެއް ވެސް ކަލޭބޭނުން ކޮއްބަލާ އެތާ އުފައްދާ ހުރިހާ ވެކްސިންތަށް ކަލޭގެގަޔަށް ޖަހާ އަދި އިންޑިއާގަ އުފައްދާ ހުރިހާ ބެސްތަކެއްވެސް ކަލޭކައި އަދި އުފައްދާ ގެރިގުއިތަށްވެސް ގިރައިގެންބޯއިގެންވެސް އަހަރުމެންގެ މިގައުމު އަހަރުމެންނަށް ދުކޮއްލަބަލާ ހެޔޮނުވަނެ!
ޖަހާބަލަ، މީހަކު އެބަހުއްޓުވާތަ.
ކުއްލި ހަބަރު....؟ ،😒