ހުޅުމާލެއިން މާލެ ދިޔަ ގޮތައް ހަބަރެއް ނުވެގެން ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ އަމިއްލައަށް ގެޔަށް އައިސްފައެވެ. އެކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާގެ އާއިލާގެ ފަރާތުން މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އޭނާ އިއްޔެ މެންދުރުގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔައީ ނަމާދަށް ކަމަށް ބުނެއެވެ. އަދި ފެންވަރައިގެން މުސައްލާ އަދި ދޮޅި ދަބަހަކަށް އަޅައިގެން ހުޅުމާލޭ ފެރީ ޓާމިނަލަށް ދިޔަ ކަމަށް ބުންޏެވެ.

އޭނާ ގެއަށް އައުމުގެ ކުރިން އެންމަ ފަހުން ފެނިފައި ވަނީ ހުޅުމާލޭ ފެރީ ޓާމިނަލް އިން މާލެ ދިއުމަށް ގޮސް ހުއްޓައި އިއްޔެ މެންދުރު 12:40 ގައި ކަމަށް އެ ފަރާތުން ބުންޏެވެ.

އެ އަންހެން މީހާ ޓާމިނަލަށް ދިޔަކަން އެނގުނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނުމުން ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި ފުލުހުންގެ ސީސީޓީވީ ފޫޓޭޖުންވެސް އޭނާ ޓާމިނަލުުގައި ހުއްޓާ ފެނުނެވެ.

ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަކީ ނަފްސާާނީ މައްސަލައަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނދުވާ

    الحمد لله