އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޮފީސް ހ. ސަކީނާމަންޒިލަށް ބަދަލުކޮށްފިއެވެ.

އޭސީސީ ކުރިން ހިންގަމުން ދިޔައީ ހުރަވީ ބިލްޑިންގެ ދެވަނަ ފަންގިފިލާގައެވެ.

އޭސީސީން މިއަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކޮމިޝަނުގެ އިދާރާ، މެދުޒިޔާރަތް މަގުގައި ހުންނަ ހ. ސަކީނާމަންޒިލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ ރިސެޕްޝަން ދެން ހުންނާނީ ސަކީނާމަންޒިލްގެ ތިން ވަނަ ފަންގިފިލާގައެވެ.

އޭސީސީގެ އިދާރާ ހިންގަމުން ދިޔަ ހުރަވީ ބިލްޑިންއަކީ ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެކެވެ.