ރާއްޖެ އިން ކޮވިޑް-19 ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅާކަމުގައިވާ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު އަހުމަދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ޝެއިހް ހުސެއިން ރަޝީދު ކޮވިޑް-19 ވެކްސިން ޖެއްސެވީ ސައުދީ އަރަބިއްޔާގައެވެ. ސައުދީގައި ހުންނަވައިގެން ހުސެއިން ރަޝީދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ ޖެނުއަރީ 22 ވަނަ ދުވަހު އެެވެ.

ޝެއިހް ހުސައިން ރަޝީދު މިއަދު ވިދާޅުވީ، އޭނާ ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖަައްސަވާފައިވާ ކަމަށެވެ.

"ކުޑަކޮށް އަތުގައި ރިހުން އެބަހުރި. އެހެންކަމެއްނެތް. الحمد لله! ވަރަށް އުފާވެއްޖެ."އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ، މާތް ﷲގެ ހަޒްރަތުން އެދެނީ އެންމެން މިމުސީބާތުން ސަލާމަތްކޮށްދެއްވައި ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތައް އިގްތިސާދީ އަޑިގަނޑުން އަރާނެގޮތް މިންވަރު ކޮށްދެއްވުންް ކަމަށެެވެ.

ހުސެއިން ރަޝީދަކީ ދިވެހިންގެ ތެރެއިން މި ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީއަކަށް ހުންނެވި ހުސެއިން ރަޝީދަކީ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ.

ހުސެއިން ރަޝީދު ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވައިފައެވެ. އެކަމަކު، އެ އިންތިހާބުގައި އޭނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ހުސެއިން ރަޝީދަކީ މިހާރު އެމްޑީޕީގެ ވަރަށް އިސް ސަފުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދިނުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް ވަނީ އެއްލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރެއްވީ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކހގ

  ކަލެއަށް ނޭގެތަ ދެއްކުންތެރިކަމާ ކިބުރުވެރިކަމާޖަހިލުކަމަކީ އެކަލަނގެ ރުހިވޮޑި ނުގަންނަވާ ސިފަތައް ކަން

  64
  4
  • މަރުދުރު

   ބުއްޅަބޭ ރުއްސަން މި ދޮގުވެރިކަލޭގެ ކޮންމެ ކަމެއްވެސް ކުރާނެ.

   17
   1
 2. ވާނުވާ

  ރާއްޖެއިން ޖެއްސެވި ކަމަށް ވާނެތަ ސައުދީގަ ހުރެފަ ޖެހީމަ؟

  55
  2
 3. މުފައްކިރު

  މުހިއްމު ޚަބަރެއްތަ. މިކަލޭގެ ވާހަކަ އެެއް އަޑުއަހާ ހިތެއްވެސް ނުވޭ.

  44
  3
 4. ސަންގު

  ތިޔައީ މީހަކު ގު ރުބާން ކު ރަން ގެންގުޅޭ ކަ... ޅި އެއް
  ކޮންމެ ކަމަކަށް ހެޔޮވަ ރު.

  37
  2
 5. ދޮގު

  ތިޖެހީ ޗައިނާ ވެކްސިން، ލަދުކޮބާ

  36
  3
 6. މާމިގިލީ މީހާ

  ރާއްޖޭގަ އިންޑިޔާ ވެކްސިން އޮއްވާ، ކީވެތޯ ސައުދީގަ ލައި މިމީހުންގެ ގަޔަށް ވެކްސިން ޖަހަނީ. މިއިންވެސް އެގެނީ އިންޑިޔާ ވެކްސިން ރަނގަޅު ނޫން ކަން. މިހާރު މިސަރުކާރުގެ އިން ބޭފުޅެން ބޭރަށް ގޮސް ތިބީ ރަނގަޅު ވެކްސިން ޖަހައިގެން. ދެން ރައްޔިތުން ނައް މިދެނީ އިންޑިޔާގެ ކަޑަ ވެކްސިން.

  45
  2
 7. މޯޑް

  އަހަރެމެން ނަށް ކޮންކަމެއް ޖެހިޔަސް އަދި ނުޖެހިޔަސް

  35
  2
 8. ނަފުރަތު

  ތިކަލޭގެ އަނގައިގެ ނޮހޮރއޕނުން އެހެން މީހުން ސަލާމަތް ވޭތޯ 10 ވަރަކަށް ޑޯޒު ތިކަލޭގެ ގަޔަށް ޖަހާލަބަލަ...!

  41
  4
 9. ރައީސް އިބުރަހިމާ

  މީ ހުސޭނު ކުޅޭ ޑްރާމާގެ ފަހު ތަޅާލުންގަނޑު.

  15
  1
 10. ޅަބޭ

  ތި ހުސައިން ރަޝީދުއަކީ ހަވާރިޖެއް.

  12
  1
 11. ސަންތި

  ފޭކު ވެކްސިނެއް 🤭😂 ޓެސްޓު ކުރަން ކަންނޭނގެ މީނަ ގަޔަށް މިޖެހީ. އެނިމަލް ޓެސްޓިންގް

  13
  1
 12. އަޙްމަދް

  އިރު އަލިކަންވާ ހިސާބު މިމީހާގެ ވަހަކަ ގަބޫކުރަން ހެޔޮނުވާނެއެވެ.

  16
  1
 13. އަލީބަލީ

  ދިވެހިންގެ ތެރެއިން ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހާއަކީ ތިއީއެއް ނޫން. ޑިސެމްބަރު މަހު ވެކްސިން ޖެހި ދިވެހިން ޔޫކޭގެ ސިއްހީދާއިރާގަ އެބަ މަސައްކަތް ކުރޭ.

  16
  1
 14. އަރީ

  ތިގޮލާ އުޅެނީ މަރުދެކެ ބިރުން

 15. ޙާލަތު

  ތިބާގެ މަންމަގެ ނުވަތަ ބައްޕަގެ ގޭގަ ތިބާ ތިޔަ ވެކްސިން ޖެހޭތޯ އޮވެބަލާށެވެ. ހުރި މަޤާމެއްގެ ސަބަބުން ތިޔަކަން ތިޔަވީ!!! ތިޔައީ ކޮރަޕްޝަން އިނގޭތޯ!!!

 16. ނަސިދު

  ދެން އަޑުއިވޭނީ ވަރައް ހާަލުދެރަވެގެން އެޑްމިޓްކުރިވާހަކަކަންނޭނގެ ތިވެއްކްސިން ޖަހަންވީ މަޖިލިސްމެންބަރުން ގެ ގަޔައް