ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުން، ރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ގަވާއިދާއި ހިލާފަށް ވަންނަމުންދާ މައްސަލަ ބޮޑުވެއްޖެ އެވެ.
އެކަން ހާމަކޮށް އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާުޅުވީ، ރާއްޖޭން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި އުޅަނދުތަކުގައި ފަތުރުވެރިން އެސަރަހައްދުތަަކަށް ވަންނަމުންދާތީ، އެ ސަރަހައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އީޕީއޭ އިން ވިދާޅުވީ، އެ ސަރަހައްދުތައް ހިމާޔަތްކުރެވިފައިވަނީ އެސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މިސަރަހައްދުތަކަށް ވަދެ ނިކުމެ އުޅުމާއި ބޭނުންކުރުމުގެ ވަކި މިންގަނޑުތަކެއް ހިމާޔަތްކުރުމާއި ގުޅިގެން ކަނޑައަޅާ އިއުލާނު ކުރެވިފައިވާ ކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.
އެހެންކަމުން، މިސަރަހައްދުތަކަށް ވަނުމުގެ ކުރިން މިއޭޖެންސީން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމާއި މި މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ލޯކަލްއޭޖެންޓުންނާއި ޓުއަރ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެެވެ.
ރައްޖެ ސިފައިން އަތުގަ ނުހުރެ ތަ ރަޑަރ އެއް ތިޔަ ކުރުސް ލަައިން ނަ ސަބު މެރިން މިތަނަ އައިސް އުޅެނުޅެގޮތް ބަލަން އިމ
ރާއްޖޭގައި ހިމާޔަތްކޮށްފަވަނީ އިންޑިއާމީހުން .
ތިޔަ ތަންތަން ރަތް ޓޭޕް ދަމާފަ ވަނުން މަނަާ ބޯޑު ޖަހަން ވީ އެއްނޫން