ބައެެއްް ރިސޯޓުތަކުން މޫޫދަށް ކުނި އަޅަމުން އަންނަ މައްސަލާގައި ހުރިހާ ރިސޯޓެއް ކުއްވެރިކުރުމަކީ ގޯހެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެެއްޖެއެވެ.

މީސް މީޑިއާގައި ގިނަ ބަަޔަކު އަންނަނީ މި މައްސަލަ ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅައިގެންވެސް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ވަކާލާތުކުރަމުންނެވެ.

"ޕީއެސްއެމް ނިއުސް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ބައެއް ރިސޯޓުުތަކުން މޫދަށް ކުނި އަޅަމުން އަންނަ މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެެވެ. މިކަމުގެ ސަބަބުން ބައެެއް ރިސޯތުތަކަށާއި ރަށްތަކަށްވެސް އަސަރުކުރަމުންް އަންނަ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް އެ މިނިސްޓްރީ އިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ގޯލްޑަން ޔިއަރ 2022 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގެސްޓްހައުސް ހުރި ރަށްތަކުގައިވެސް އަދި އެހެންތަންތަނުގައިވެސް އިރާދަކުރެއްވިއްޔާ ކުނި މެނޭޖްކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ކައުންސިލްތަކާއި ބައިވެރިވެގެން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ބައިވެރިވެގެން އިރާދަކުރެއްވިއްޔާ އެކަންތައްތައް ރަނގަޅަށް މެނޭޖްކުރާނަން. މިވަގުތު ވަރަށް ގިނަ ތަންތަނުގައި ހަމަ ވަރަށް ބޮޑު މައްސަލައެއް އެބައޮތް މެނޭޖްކުރުމުގައި. އެހެންނަމަވެސް އެބޭފުޅުންނަށް ވީ ވަރަކުން މެނޭޖްކުރަމުންދަނީ." މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުުންނެވެ.

ރައްޔިތުންގެެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދުު ނަޝީދު ވެސް މި މައްސަލާގައި ކަންބޮޑުުވުން ފާޅުކުރިއެވެ. އެމަނިކުފާނު ވިދާޅުވީ، މޫދަށް ކުނި އަޅަމުން އަންނަ މައްސަލަ އަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތައް ގިނަވާ މިންވަރަށް މި މައްސަލަ އަންނާނީ ބޮޑުވަމުން ކަމަށާއި، އުކާލާ ކުނިން ބައޯގެސް އުފެއްދުން ފަދަ ހައްލެއް މި މައްސަލައަށް ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުރާމް

    ސަރުކާރުން ކަންތަށް ކުރާގޮތުން އެހެންވަނީ ސަރުކާރުގެ މީހުން ލޮކުޑައުންގެ ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް އަރާފޭބުމުގައި ވަނީ ރަށްޔަތުންނަށް ތަފާތުދަށްކައިދީފަ މިމަގުން ކުނިވެސް އަޅަމުން އެގެންދަނީ މީގަ ސަރުކާރުގެ ބޮޑު އިހުމާލެއް އެބައޮތް.