އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، ޖެއްސެވި ފުރަތަމަ ދިވެއްސަކަށް ޑރ. ނަޒްމީ އަބްދުލް ލަތީފް ވެއްޖެ އެވެ.
އެކަން ހާމަކުރައްވާފައި ވަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ.މުހައްމަދު އަލީއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން ފުރަތަަމަ ޖެއްސެވި ދިިވެހި ބޭފުޅަކީ ޑރ. ނަޒްމީ ކަމަށެވެ.
ޑރ. ނަޒްމީއަކީ ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާގައެވެ. އޭނާ އިންޑިއާަށް ގޮސްފައި ވަނީ އިތުރަށް ކިޔެވުމަށެވެ.
"އަޅުގަނޑުގެ ރަހުމަތެރިންނާއި، ނޭޕާލް އާއި އުޅޭ ރަހުމަތްތެރިންވެސް ވެކްސިން ވަނީ ޖަހާފައި. ޑރ. މުހައްމަދު އަލީގެ ޓްވީޓްގައި ވެއެވެ.
https://twitter.com/Moxamedalu/status/1354745621953933312?s=19
ޑރ. ނަޒްމީއަކީ އައިޖީއެމްއެޗްގައި ފިޒީޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އޭނާ ހާއްސަވެފައި ވަނީ ނޭވާލާ ނިޒާމުގެ މައްސަލަތަކަށެވެ.
އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.
ކޮވިޝީލްޑް ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ.
Foto aa video fenuneema gaboolu kureveynee..
ކަލޭ ގަބޫލުކުރިއްޔާތަ ދުނިޔެ ހިނގަނީ
ހުސެން ރަޝީދު ދެން އެއީ ކިތައްވަނައޯ؟ ގައިމު ތި ވެކްސިން ބެރދުއްމާރި ތާޅަފިލީގަ ގެނެސް އައްނިގެ ޝެއިހު ގަޔަށް ޖެހި ފޮޓޯ މިނޫހުގަ ޖެހި. ކޮންމެ ކަމެއްގަ ދޮގު ހެދުން. ދައްޖާލު ބައިގައިގެ މީހުންގެ ވެެިކަމުގަ ދޮގުހެދުން ނޫން ކަމެއް ނުކުެާނެ.
ހުސެން ރަޝީދު ދެން އެއީ ކިތައްވަނައޯ؟ ގައިމު ތި ވެކްސިން ބެރދުއްމާރި ތާޅަފިލީގަ ގެނެސް އައްނިގެ ޝެއިހު ގަޔަށް ޖެހި ފޮޓޯ މިނޫހުގަ ޖެހި. ކޮންމެ ކަމެއްގަ ދޮގު ހެދުން. ދައްޖާލު ބައިގައިގެ މީހުންގެ ވެެިކަމުގަ ދޮގުހެދުން ނޫން ކަމެއް ނުކުެާނެ. ސައޫދީގަވެސް ތި ހުއްދަ ނުދޭ ވެކްސިން ނޫންތަ އެޖަހަނީ.
ގަމާރުވިޔަސް ބޮޑުވަރު. ހުސެން ރަޝީދު ޖެހީ މިވެކްސިންތަ؟
މުޙައްމަދު ޢަލީ ސަރކާރުގެ ބޮޑު ޖަހަންވީނު ފުރަތަމަ އަޖުމަ ބަަލަން އެއަށްފަހު ނިކަމެތި ރައްޔިތުން
ޢިންޑިޔާގައި ހުރީމަ ވެކްސިން ޖަހަން މަޖުބޫރުވީ ނޫންތަ؟
މިމީހުން ނަހަދާނެ ތެދެއް. އަހަރުން ނުޖަހާނެއް އިންޑިޔާ ވެކްސިނެއް. އެނގޭ ތީ ފޭކް އެއްޗެއްކަން.
2ވަނަ މީހަކަށް ޑރ މުހައްމަދު އަލީ ޖަހާބަލަ
މިހާރު ރައްކާތެރިކަން ކަށަވަރުވީތަ ޑޮކްޓަރު ނަޒލާ، ރައްކާތެރިކަން ކަށަވރުކޮއްފަ ނޫނީ ނުޖަހާނަމޭ ބުނި ވެކްސިން. ޢިބޫ ވެސް ދެންޖަހާފާނެ ވެކްސިން. ޢެކަމަކު ޔަގީންކަން ލިބިފައިވާ ވެކްސިނެއް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާދެން މީޑިޔާތަކުގަ ކިބޫ ވެސް ވެކްސިން ޖަހައިފިޔޭ ބުނީމަ، ރީނދޫ ބައިގަނޑު ތި ޖަހަން ފަށައިފާނެ އެއްނު އެޔެއް މިޔެއް ނުބަލާ. ފުރަތަމަ މިގައުމުގާ ތިބި އިންޑިޔާ މީހުން ގަޔަށް ތި ވެކްސިން ޖަހާބަލަ
ދުނިޔޭގެ އެންމެ މުޑުދާރު ގައުމުން އުފެއްދި ވެކުސިން ޖެހުމަށްވުރެ ވިހަކޮށްޔެއްކެއުންވެސް މާރަނގަޅު.
ބަ ލި ވީމާ ނުގޮސް ހުއްނާނަންތަ
ޑރ. މުހަައްމަދު އަލީ ފަދަ ކިޔަވައިގެން ތިބޭ މީހުން މިކަހަލަ ތާކުންތާކު ނުޖެހޭ ޓްވީޓްތައް ކުރާކަމީ ދެރަކަމެއް. ފުރަތަމަ ކަމަކަށް ވެކްސިން ޖެހުމަކީ ރޭހެއް ނޫން. ދެން ވިސްނައިފި މީހަކަށް އިނގޭނެ އިންޑިޔާއަށް ވުރެ ކުރިން ވެކްސިން ޖެހި ގައުމުތަކުގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުންވެސް ތިބޭކަން. ރައްޓެއްސެއް ގުޅާފައި ވެކްސިން ޖެހިވާހަކަ ބުނާ އިރަށް އެކްސައިޓްވެގެން ހެޑްލައިންއެއް ހަދާލާވަރަށް ވުރެ ހަރުދަނާ ވާން އެބަޖެހޭ.
ޗައިނާ ވެކްސިންނަމަ ކަލެއަށް އޯކޭ ވާނެ. ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ
ތީ ހުސްދޮގު. ތިއުޅެނީ އޭނަ ޖަހައިފިޔޭ މީނަޖަހައިފިޔޭ ބަގުލަދޭޝް ގަހު ރިމީހެއް ޖަހައިފިޔޭ އިންޑިޔާގަ ހުރި މީހެއްޖަހައިފިޔޭ ކިޔާފަ ތީތި މަޝްހޫ ރުކު ރަން. ދެންޖަހައި ތިބެންވީނުން
ދިވެހި ލޮބުވެތި ރައްޔިތުންނޭވޭ އަދި މަސަރުކާރުގެ ވާހަކަ މިހިސާބުން ގަބޫލުނުކުރާތި މިއީ ދޮގުހެދުމުގައި ހައްދުފަހަނަޅައިވާ ސަރުކާރެއް! ގަބޫލުކުރެވޭނީ މީޑިޔާގެ ކެމެރާގެ ކުރިމަތީ ވެކުސިން ފުޅިދައްކައި ލައިވުކޮށް ޖަހާތަން ދެއްކުމުން! މިއީީ ހުއްދަނުލިބެނީސް ވެކުސިން ރާއްޖެ އެތެރެކޮށް ދިވެހިންގެ ގަތަށް ވެސިން ޖަހަން އުޅުނުބައެއް! ފާޑުކިޔުން އަމާޒުވުން އެކަން ހުއްޓާލާލައި ތަފާތުގޮތަކަށް މިހާރު ރައްޔިތުންގެ ސިކުޑިތަކާ ކުނެނީ!
ކެނެރީގެ ރާބޮނަޖަށް ދެއްކެން ވެކްސިން ޕުރަމޯޓުކުރާ ރޯނުއެދުރެއްް މުޙައްމަދު އަލީއަކީ
ﷲ އަށްވަކީލު ކުރާށެވެ. ޥެކްސިން ހެހިއަސް މަރުވާމީހުންގެ އަދަދު އަދި ދަނީ އިތުރުވަމުން. ާމުއްސަދި ބޮޑެތި ގައުމު ތަކުގަ.
ވެކްސިން ބަޔޯ ކެމިކަލް ދިޔަ ޖަހައިގެން އެއިން ކަލެއަށް ގެއްލުމެއްވިޔާ އޭގެ %100 ގެއްލުން އޮތީ ކަލޭއަށް. އެ ވިއްކި ކަލޭގެ އަށް، ނުވަތަ އެ ގަދަކަމުން ޖެހި ކަލޭގެއަށް އޮތް ގޮތަކީ ކަލެއަށް ގެއްލުން ވިޔަސް އަދި ނުވިޔަސް އޭނާއަށް އޮތީ ސާފު ފައިދާ. އޭނާ ވަނީ ރިސްކުން މަހުރޫމް ކުރެވިފައި. މިއީ ކޮންހަކަލަ ހިޔަޅު ވިޔަފާރިއެއް ތޯ؟ މި ވިޔަފާރީގައި ހައިރިސްކު ނަގަން ޖެހެނީ އެކިޔާ ހައިރިސްކު އޮތް މީހާ ދޯ؟ ފުލް ރިސްކުގެ ވާހަކަ ދައްކާނެ ދުލެއް ނެތީތަހަމަ؟
ވެކްސިން ފުލް ރިސްކު މެދު ހޭލުންތެރިވަމާ ތޯ؟ ވެކްސިން ރިސްކު އެވެއާނެސް.