މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފެށުމާއި އެކު އައިޖީއެމް ހޮސްޕިޓަލުގެެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

މިއަދު އެ ހޮސްޕިޓަލުުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާއި ގުޅިގެން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އެެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައި ވާކަމަށެވެ.

އެެ ހޮސްޕިޓަލުން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ފަސް ކަމެއް ހިމެނެއެވެ.

1. އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ދޮރުމަތީގައި ސްކްރީން ކުރެވޭނެއެވެ.

2. އޯޕީޑީ އަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާ ބަލިމީހުން ހުމާއި ރޯގާއަށް ސްކްރީން ކުރެވޭނެއެވެ.

3. މިއިން އެއްވެސް ހާލަތެއްގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދެވޭނެއެވެ.

4. ދުރާލާ ރާވައިގެން އާއްމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައް މަދުކުރެވޭނެއެވެ.

5. ގިނަ އޯ.ޕީ.ޑީތަކުގައި ބަލިމީހުން ބެލުން ހެނދުނު 8 ން މެންދުރު 2 އާއި ދެމެދަށް ކުރުކުރެވޭނެއެވެ.

6. އޯ.ޕީ.ޑީ ވެއިޓިންގ އޭރިއާގައި އެއްވަގުތެއްގައި މަޑުކުރާ ބަލިމީހުން މަދުކުރުމުގެގޮތުން އެޕޮއިންޓްމަންޓްތައް އެކި ގަޑިތަކަށް ބަހާލެވިގެން ބަލިމީހުން ގެނެވޭނެ ހޮސްޕިޓަލުގެ ޚިދުމަތްދޭ ގޮތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މީގެެ އިތުރުން މި ބަދަލުތައް ގެނައިކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަން ޖެހޭ ބަލިމީހުންނަށް އިމަރޖެންސީ ޑިޕާޓްމަންޓްއިން 24 ގަޑިއިރު ފަރުވާ ލިބެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާނެކަމަށް އުންމީދު ކުރާ ކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.