އދ.މާމިގިލީގައި މާރާމާރީއެއް ހިނގައި އެކަކަށް އަނިޔާވެގެން ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ މިރޭ 7:00 ހާއިރު އެވެ.

އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 24 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އޭނާގެ ބޮލުގެ ތޫނު އެއްޗަކުންް ހަމަލާ ދީފައި ވާ ކަމަށާއި، ގައިގެ އެކި ތަންތަނުގައިވެސް ޒަހަމްތަކެއް ހުރި ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އޭނާގެ ހާލު ރަނގަޅެވެ. އެހެން ނަމަވެސް އޭނާގެ ސީޓީސްކޭން ހެދުމަށް މާލެ ފޮނުވާލުމަށް ޑޮކްޓަރުން ވަނީީ ލަފާ ދީފައެވެ.

ފުލުހުން ވިދާޅުވީ، މާމިގިލީގައި މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައެއް މިރޭ 19:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް ހެލްތް ސެންޓަރުގައި ފަރުވާދެމުންދާ ކަމަށާއި، މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އޭނާގެ ބޮލުން ދެތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގާއްޓޭ

    އެއީ ވަ ރަށް ބެޓެ ރީބު ރި އުކަން ކުޅަދާނަ ކުދިންއުޅޭ ރަށެއް.