ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.

އެ މައްސަލައިގައި ޢިޖުރާޢީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވާ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

އޭޖީން ވިދާޅުވީ، އޭގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި މޮރިޝަސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދިއުން ކަމަށެވެ.

އެގޮތުން، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އާންމު އުޞޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުޞޫލަކުން ދެ ޤައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުޞޫލު ބޭނުންކޮށްގެންކަން އޭޖީ ވަނީ ފާހަގަކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ވަހުތާނު އަހުމަދު

  ތިކަންނިމިގެންދާއި ރު އައްޑުއަތޮޅު އެކޮޅަށްގޮސްފިއްޔާވަ ރަށް ރަނގަޅު. އޭ ރުން ސަ ރުކާ ރުންކު ރަންޖެހޭޚަ ރަދު ވަ ރަށްބޮޑުތަން ކުޑަވެގެންދާނެ!!

  7
  1
 2. މުހައި

  އޭޖީ ތިއޮތީ ފެއިލްވެ ދެފައިދަނޑިއަށް ވެފަ ނޫންތޯ.. ކީއްވެތޯ ރާއްޖޭގެ ކަނޑެއްގެ އެންމެ މިލިމީޓަރެއްވެސް އިކުޑިސްޓެންސޭ ކިޔާފަ ބަޔަކައް މިއޮތްހާޒަމާން ކޮއްފަ ޖަހައިގަނެވެންވީ.. ؟ ކަލޭ ތިއުޅެނީ ފޭލިޔާ ރައްޔިތުންނައް ހާމަ ނުކޮއް ފޮރުވަން. ތީއީ ވަރައްބޮޑު ނާއިންސާފެއް.. މި ކަމުން މި އެނގެނީ މި ސަރުކާރުގެ ބަލިކަށިކަމާއި ގައުމު ދިފާއުކުރަން ނޭނގޭކަން.

  24
  1
  • ހުސޭނުބޭ

   ޑީލް ހަދާ ޕީޖީއެއް ހުންނާނެ! މަށަށް ހީވަނީ އެމީހުންނަށް އެބައި ވިއްކާލަން ޑީލް ހަދައިގެން އުޅެނީހެން!

  • އަސްލުހާލަތު

   އެއީ ކުރިން ގޮތެއް ނުނިމި އެއްވެސް ޤައުމެއްގެ ޓެރިޓަރީކަމުގައި ނުވެ އޮތް ސަރަހަށްދެއް.. މިކަމާ ގުޅިގެން މުންދޫދު ލިއުއްވާފަ އޮތް ވަރަށް ތަފްޞީލީ އާޓިކަލްއެއް އޮންނާނެ.. އޭގަ ބުނާގޮތުން މި މައްސަލާގަ ދެ ޤައުމަށް ހަމައަށް ކަޑު ބަހާލައިފިނަމަ ރާއްޖެ ވެގެންދާނީ އިންޑިޔާ ސަރަހަށްދުގެ ކަނޑުގެ އެންމެ ބޮޑު ސަރަހަށްދެއް ކަވަރކުރާ ޤައުމަށް... ޓެކްނިކަލް އަދި ޤާނޫނީ އިޝޫތަކުގަ ކޮމެންޓްކުރާއިރު ވާނުވާ ބައްލަވާލެއްވުން މުހިންމު

 3. ޢަދުރޭ

  އެ ހިސާބު ކަނޑު އަޑީގގައި ގުދުރަތީ ގޭހުގެ ރިޒާވް އެއް ވާނެ ކަމަށް ސެޓެލައިޓްތަކުން ދައްކާ އަވަހަށް ތިކަން ނިންމާފަ ބޭރުގެ ގޭސް ކުންފުންޔަކާ ޕްރޮޖެކްޓް ޙަވާލްކުރަންވީ 200 މޭލު ދުރުން ކަނޑުގެ ލޮނު ގަނޑު ކިލަނބު ވިޔަސް އޯކޭނު. ލަންކާ ހިސާބުގެ ކަނޑު އަބަދު އޮންނަނީ ކިލަނބުކޮށް

  10
 4. ލލ

  ކަންޑުގެ ތަންކޮޅެއް ބަޔަކަށް ވިއްކާލައިގެން އޭޖީވެސް މުއްސަދިވާން މިއުޅެނީ، ކޮސޯވޯ ޤަބޫލުކޮށްވެސް މިބައި މީހުންގެ ބަޔަކު މުއްސަދިވި !

 5. އަބްދޫ

  ވޭތިވެދިޔަ ހުރިހާ ދުވަހަކު ދެގައުމުންވެސް އޯކޭ މިހާރު މައްސަލަ ދިމަވާންވީކީއްވެ؟