ރާއްޖެއިން މިއަދު 106 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ފައްސިވި 106 މީހުންގެ ތެރެއިން 93 މީހުން ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި ހަތަރު މީހަކު އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، ރިސޯޓްތަކުން އަށް މީހަކާއި، ސަފާރީއަކުން އެކަކު ވަނީ ފައްސިވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15،496 އަށް އަރާފައެވެ.

މީގެ ތެރެެއިން މިހާރު ފަރުވާދެމުން ދަނީ 1،410 މީހަކަށެވެ.

މިހާރު ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފަށާފައިވާއިރު،ހާއްސަކޮށް ރިސޯޓްތަކާއި، މާލޭގައި ބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މިއާއެކު މާލެ ސަރަހައްދުގައި މިހާރު ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 14،028 މީހަކު ބަލިން ވަނީ ރަނގަޅު ވެފައެވެ.

އަދި ރާއްޖެއިން ކޮވިޑް-19 ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.

މިހާރު މާލެ ސަރަހައްދުގެ ފައްސި ރޭޓަކީ ދެ އިންސައްތަ އެވެ. އަދި މުޅި ރާއްޖޭގެ ރޭޓަކީވެސް ދެ އިންސައްތަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮންބެސަލީމް

    ކޮން ބައެއްތަ ތިޔަ ޕޮސިޓިޕް ވަނީ ؟
    މަ އުޅެނީ އަބަދު ބޭރު، ޖެހޭހާ ހޮޓަލުން ކާލައިގެން އެކަމް ތިޔަ އެއްޗެއް ނުޖެހުނު..

    3
    4
  2. ޢިީސަބޭ

    ތިޔަ ދައްކާ ޢާޓަކައް ނުހެއްލޭނަން، ބޭރުގަ އުޅޭނީ އުޅޭނެ އިރަކު، ކަލޭމެން ކަމެއް ޖޫރިމަނާ ކުރުމަކީ،

    4
    4
  3. ސާނީ

    ދައުލަތުން ބޭރުގެ އެހީކާންވީމަ ކުއްލިއަކައް ކޮވިޑްވޭ އެޗްއައިވީ އައްވުރެ ނުބައި ބައްޔަކައް..
    މި ސަރުކާރަކީ ކުޅޭކުޅޭ ޖޯކް ސަރުކާރެއް

    6
    3
  4. Anonymous

    ޑިއުޓީ ނިމެނީ 12ގަ، ބަލަ ގޭގަ ނުކައްކާ، ވަގައް ހިދުމަތްދޭ ތަން ތަން ހުރޭ، ދެން ހަމަ ކަލޭމެން ބުނީމަވީ ހައިބަނޑާ ގޮސް ނިދަން ؟؟
    ތިޔަ ކިނބޫ ސަރުކާރު ފައިސާ ކައިގެން ނިދަން އޮތަކަސް، އަހަރުން މަސތްކައް ކޮއްގެނޭ ފައިސާ ހޯދަނީ

    6
    2
  5. ހުސާމް

    ލޮލް، ތިޔަ އެއްޗެއް ތިޔަ ޖެހެނީ ކިހިނެއް ؟
    މަ ހެނދުނުދާ މީހާ ގެޔައް ވަންނަނީ 2:00 ގަ،
    ޖެހުނު މީހަކާ ގައިދުރުކަމެއް ނެތި ވާހަކަ ދައްކާ، ޖެހުނު ހޮޓަލަކުން ކައިގެން އުޅެނީ..
    ވެދާނެ ޖެހިފަ ރަނގަޅުވެފާ، އަނެއްކާ ޖެހިފަ ރަނގަޅުވީ ކަމައްވެސް

    5
    2
  6. ޘައްތި

    ކޮވިޑް އެއް ނެތޭ މިހާރަކް..

    4
    3
  7. ސާރާ

    ކޮންބައެއްތަ ޖެހުނީ.
    ހަމަ އަދަދެއް ބުނެލިޔަކަސް ކަމަކުނުދާނެ.
    ރަށްރށުގައި އެއްމެ މީހަކު ޕޮޒިޓިވް ވެގެން އަރައިފޭބުން ހުއްޓުވާ އިރު ތި ޕޮޒިޓިވް ވާމީހުން ނޭގި ކިހިނެއް އެކަހެރިވާން އަހަރުމެންނަށް އިނގޭނޫވެސް.