22:09

ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ.

22:01

ރާއްޖެއިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:59

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެ ރަނގަޅުވެފައިހުރި މީހަކު ތިން މަސް ނުވަނީސް އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:41

21:29

ހއ. ދިއްދޫއަށް މީހުން އަރާ ފޭބުން މަނާ ކޮށްފި.

21:21

ދެވަނަ ބުރުގައި ސިފައިންނަށް ލިބުނު ކޮވިޑް-19 އެލަވެންސް ސިފައިންނަށް ނުދީ، ސިފައިންގެ ކުޅިވަރު ތަރައްގީ ކުރަން މަޝްވަރާތައް ފަށައިފި.

21:20

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 534 މީހަކު މަރުވެއްޖެ.

20:29

ކޮޅުފުށިން މިއަދު ކޮވިޑް-19 އަށް ފައްސިވި އަދަދު 15 އަށް އަރައިފި.

20:08

ސައުދީ އަރަބިއާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު މެއި 17 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފި.

20:01

ޏ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީންގައި ތިބި އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:57

މ. ކޮޅުފުށިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:47

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފަހުން މާބަނޑުކަން އެނގުނަސް ބަނޑުގައި އޮތް ދަރި ވައްޓާލާކަށް ނުޖެހޭނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ.

18:49

ޖޯންސަން އެންޑް ޖޯންސަން (ޖޭޖޭ) ވެކްސިންގެ އެއް ޑޯޒު ޖެހުމުން ކޮވިޑް-19 އިން މީހާ ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައިފި.

18:47

18:10

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ވެކްސިން ޖެހުން އަވަަހަށް ފެށުމަށް ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި.

18:06

ސްރީލަންކާގެ ގިނަ ސަރަހައްދުތަކުގައި ކޮވިޑް-19 ކޮންޓްރޯލުން ނައްޓާފައި ވަނީ އިހުމާލުގެ ސަބަބުންނާއި، ފަރުދީ ޒިންމާތައް ނުނަގާތީ ކަަމަށް ޕަބްލިކް ހެލްތް އިންސްޕެކްޓަރ ޔުނިއަން އިން ތުހުމަތު ކޮށްފި.

17:24

ކޮވިޑް-19 ޖެހިގެން، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވަމުންދާަ ކަމަށާއި، މިހާރުވެސް އެ ހޮސްޕިޓަލްގެ އައިސީޔޫގެ 50 އިންސައްތަ ފުރިފައިވާ ކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޑަރު ޑރ.ޔޫސުފް ޝާން ވިދާޅުވެއްޖެ.

16:02

ކޮވިޑް-19 ގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ އާއިލާތަކަށް 3،000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް ނިންމައި އެކަމުގެ ޤަވާއިދު އެކުލަވާލައިފި

15:50

ކޮވިޑް-19 އަށް ޓެސްޓުކުރަން ފުރަގަސްފަރާތުން ނަގާ ސުންކު (ސާމްޕަލް)ގެ ނަތީޖާ މާ ސައްހަކަމަށް ބުނެ، ޗައިނާއިން އެގޮތަށް ސުންކު ނަގަން ފަށާފައިވާ ކަމަށް އެ ގައުމުގެ ގައުމީ ޓީވީން ބުނެފި.

15:28

ކޮވިޑް-19ގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް އަސަރުކޮށް ބާރު ދަށްވާ ކަމަށް ޖަރުމަނުވިލާތުުން ހެދި ދިރާސާއަކުން ދައްކައިފި.

12:02

ސަން އައިލެންޑް ރިސޯޓުގެ ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމަށް އަހަރެއް ވެގެންދިޔައިރު އަދިވެސް މި ވައިރަސް އިން ދުނިޔެއަށް ވަނީ ސަލާމަތް ނުވެވިފައެވެ. އަދި ދުވަހެއް ދުވަހަކަށް ދުނިޔެ ނުރައްކަލަށް ހުށަހެޅި އިތުރު ނުތަނަވަސްކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރާފައިވާ ޤައުމުތަކުން ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ވެކްސިން އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކޮށްފައެވެ. ނަމަވެސް މި ވެކްސިން ލިބުމާއެކުވެސް ނުރައްކާ ކުޑަވުމުގެ ބަދަލުގައި ހާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އެއީ ކޮވިޑް-19 ގެ އާ، ނުރައްކާތެރި ވައިރަސްތަކެއް ދުނިޔޭގައި ފެތުރެން ފެށުމުންނެވެ.

ޤައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އައިނަމަވެސް މި ބަލީގެ ވޭދަތަނައް ވަނީ ހިފެހެއްޓުމެއްނެތި އިތުރުވާން ފަށާފައެވެ. މިގޮތުން މިހާރު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 100 މިލިއަނަށްވުރެ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔޭގެ 119 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ވަނީ ފެނިފައެވެ. އަދި މިހާތަނަށް މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 2.19މިލިއަން މީހުން މަރުވެފައި ވެއެވެ. މި ބަލިން މިހާތަނަށް ރަނގަޅުވީ 73.5 މިލިއަން މީހުންނެވެ.

ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލް އާއި ރަޝިޔާ އަދި ޔޫކޭ ހިމެނެއެވެ. މީގެ އިތުރުންވެސް އެމެރިކާ ސަރަޙައްދާއި ޔޫރަޕުގެ ގިނަ ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑްގެ ނުރައްކާ ވަނީ ދެގުނަވެގެން ގޮސްފައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިންވެސް ފެންމަތިވާ ވޭދަނަތައް ދުވަހެއް ދުވަހަކަށް ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ރާއްޖެއިން އިއްޔެވެސް 100 އަށްވުރެ ގިނަ ފައްސި ވޭދަނަ ރެކޯޑް ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު 15496 އުޅޭއިރު މިހާތަނަށް އޭގެތެރެއިން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 116 މީހުންނަށް ފަރުވާދެމުން އެބަދެއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 14028 މީހެކެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ. އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.