ތާޖް ކޮރަލް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ އެވެ.

އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑިއެފްއަށް ރިޕޯޓްކޮށްފައި ވަނީ 22:44 ހާއިރުއެވެ.އެމްއެންޑީއެފް އިން ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.

ތާޖް ކޮރަލް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެ އަނދަނީ - ފޮޓޯ: އެމްވީ ކްރައިސިސް

އެ ރިސޯޓުގެ ވޯޓާ ވިލާގައި ވަރަށް ބޮޑަށް ރޯވެފައި ވެއެވެ.

އެމްއެންޑީއެފް އާއި ރިސޯޓުގެ މުވައްޒަފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވާ ކަަމަށެވެ.

މި ހަދިސާގައި މީހަަކަށް ގެއްލުންވި ކަމެއް ނުވަތަ ނޫން ކަެއް ސާފެއް ނުވެއެވެ.