އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، އަންނަ ހަފްތާ ތެރޭގައި ރާއްޖޭގައި ޖަހަން ފަށަން ތައްޔާރުވެއްޖެ އެވެ.
މި ވެކްސިން ރާއްޖޭގައި ޖަހަން މިހާރު ވަނީ އެމްއެފްޑީއޭ އިން ހުއްދަ ދީފައެވެ.މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ.
މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން، އަންނަ މަހުގެ ކުރީކޮޅު ރާއްޖޭގައި ވެކްސިން ޖަހަން ފަށާނެ އެވެ. އެކަމާއި ގުޅޭގޮތުން ތަމްރީން ދޭން ޖެހޭ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި އިދާރާތާކުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ.
އެ އޮތޯރިޓީން މި ހުއްދަ ދީފައި ވަނީ ރެސްޓްރިކަލް ޔޫޒް އިން އެމާޖެންސީ ސިޓުއޭޝަންގައި ބޭނުން ކުރުމަށެވެ.
އެއްމެނަށް ފެންނަ ގޮތަށް އަވަހަށް ޖައްސަވާ ރައީސް ކިނބޫ ގަޔަށް
ތެދެއް. ބައިޑެން އަށްވެސް ވެކްސިންޖަހަން ކަންކުރި ގޮތަށް
ބޭނުމެއްނޫން ތި ވެކްސިން ޖަހާކަށް. ވިޔަފާރިކުރަން އުޅޭބައެއްކަމަށް ބޮޑަށް ލަފާކުރެވެނި. އިސްތިހާރުކުރަން ނެރެފަހުރީ ކެނެރީ ބުއްރަބޭ. ބަލިން ވެކްސިނަ ނުޖަހާ ރަނގަޅުވެފަ ތިބި މީހުންވެސް މާގިނަ. ފަރުވާ ނޭންގުނަސް ފަރުވާއޭ ކިޔާގެން ލާރިހޯދަން އުޅޭ ބައެއްތީ.
ވެކްސިން ބަޔޯ ކެމިކަލް ދިޔަ ޖަހައިގެން އެއިން ކަލެއަށް ގެއްލުމެއްވިޔާ އޭގެ %100 ގެއްލުން އޮތީ ކަލޭއަށް. އެ ވިއްކި ކަލޭގެ އަށް، ނުވަތަ އެ ގަދަކަމުން ޖެހި ކަލޭގެއަށް އޮތް ގޮތަކީ ކަލެއަށް ގެއްލުން ވިޔަސް އަދި ނުވިޔަސް އޭނާއަށް އޮތީ ސާފު ފައިދާ. އޭނާ ވަނީ ރިސްކުން މަހުރޫމް ކުރެވިފައި. މިއީ ކޮންހަކަލަ ހިޔަޅު ވިޔަފާރިއެއް ތޯ؟ މި ވިޔަފާރީގައި ހައިރިސްކު ނަގަން ޖެހެނީ އެކިޔާ ހައިރިސްކު އޮތް މީހާ ދޯ؟ ފުލް ރިސްކުގެ ވާހަކަ ދައްކާނެ ދުލެއް ނެތީތަހަމަ؟
ވެކްސިން ފުލް ރިސްކު މެދު ހޭލުންތެރިވަމާ ތޯ؟ ވެކްސިން ރިސްކު އެވެއާނެސް.
މިއުޅޭ އެޗް.ޕީ.އޭ މީހުން ރާވާނީ ސަރުކާރަށް އެކަނި ނުކުރެވޭނެތީ އަމިއްލަ ކުލިނިކުތަކުން އާސަންދައިން ނުވަތަ ސަރުކާރުން ފައިސާ ދީގެން ކުރާ ކަމަކަށް ވެކްސިންދިނުން ހަދަން. ހުސް ވައްކަން، ހުސް ވެންޓިލޭޓަރ. ހަމައެކައްޗެއް.
ވެކްސިންގެ ވާހަކަ ދައްކާތާ އެތައްމަހެއްޖެ. މިގައުމަށް ވެކްސިން ގެނަފަހުން މިހާރު ހަފްތާއެއްވީ. ކުރިން ކިޔަމުންއައީ ވެކްސިން ލިބޭއިރަށް ތައްޔާރުވަމުންދާވާހަކަ. ކައިރިގަުމުތަކައް ވެކްސިން ލިބޭދުވަހު ނުވަތަ ޖެހިގެންއަންނަ ދުވަހު ޖަހަންފަށާ. 3 ބިލިޔަން ހަރަދު ކުރެވިއްޖެ. ދރަކަމެއްމިއީ......
ޑަބްލިޔު އެޗްއޯއިން ހުއްދަ ނުދެނީސް އެމްއެފްޑީއަށް ހުއްދަ ދެވޭތޯ؟