އެޗްއައިއެޗްގައި އިހްތިޖާޖް ކުރަމުންދާ ދިވެހި މުވައްޒަފުން
އެޗްއައިއެޗްގައި އިހްތިޖާޖް ކުރަމުންދާ ދިވެހި މުވައްޒަފުން

މެނޭޖްމަންޓް އިން ދިވެހި މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅޭތީ ހަޅުތާލު ކުރަމުންދާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ މުވައްޒަފުން 10 މިނެޓް ތެރޭގައި ހަޅުތާލު ހުއްޓާލުމަށް އަންގައިފިއެވެ.

އެޗްއައިއެޗްގެ މުވައްޒަފުންނަށް އެތަނުގެ ތިބި ފުލުހުން އަންގާފައި ވަނީ 10 މިނެޓްތެރޭގައި ހަޅުތާލު ހުއްޓައިނުލައިފިނަމަ ހުރިހާ މުވައްޒަފުން ހޮޓަލުން ބޭރުކުރާނެ ކަމަށެވެ.

މިހާރު ވެސް ފުލުހުން މުވައްޒަފުންނާއި ވާހަކަދައްކަމުން ދާއިރު ސްޓާފޯސްގެ ފުލުހުން ހޮޓަލުގެ ބޭރުގައި އެބަތިއްބެވެ.

ހަޅުތާލު ހުއްޓާލުމަށް ފުލުހުން މުވައްޒަފުންނަށް އެންގި ނަމަވެސް "ވަގުތަށް" މައުލޫމާތު ދިން މުވައްޒަފަކު ބުނީ ހަޅުތާލު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްއައިއެޗް ހިންގަމުން އަންނަނީ ސިންގަޕޫރުގެ އެސްއޭޓީއެސްގެ 35 އިންސައްތަ ހިއްސާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 65 އިންސައްތަ ހިއްސާވެގެން އުފައްދާފައިވާ އޮންނަ ޖޮއިންޓްވެންޗާ އަކުންނެވެ.

މިއަދު ހަވީރުން ފެށިގެން ކުރަމުން ގެންދާ އިހްތިޖާޖްގައި ހޮޓެލްގައި މަސައްކަތް ކުރާ 90 ވަރަކަށް ދިވެހި މުވައްޒަފުންގެ ތެރެއިން 80 ވަރަކަށް ދިވެހި މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

"ކުރިން ވެސް އެދިފައި އޮންނާނީ ޑޮލަރުން މުސާރައިގެ ބައެއް ދިނުމަށާއި ބިދޭސީންނަށް ރެމިޓެންސް ހޮޓަލުން ދައްކައިދޭތީ އަޅުގަނޑުމެންގެ ވެސް މުސާރަ ބޮޑުކޮށްދޭން. އެއިން ވެސް އެއްވެސް ކަމެއް ކޮށެއް ނުދިން." މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.

ADS BY SHEESHA

އެޗްއައިއެޗްގެ އިސް މަގާމުތަކުގައި ތިބެނީ މުޅިން ވެސް ބިދޭސީންނެވެ. ޖެނެރަލް މެނޭޖަރަކަށް ވެސް ބިދޭސީއެއް ހުރިއިރު ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ވެސް ތިބީ ބިދޭސީންނެވެ.

14 ކޮމެންޓް

 1. އެއްވެސް ޝަރުތަކާނުލާ ހަޅުތާލު ހުއްޓާލާ.

 2. މުހައްމަދު އިބްރާހިމް

  މެނޭޖްމަންޓް އިން ދިވެހި މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅޭތީ ހަޅުތާލު ކުރަމުންދާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ މުވައްޒަފުން 10 މިނެޓް ތެރޭގައި ހަޅުތާލު ހުއްޓާލުމަށް ދިވެހި ފުލުުހުން ގަދަބާރުދެއްކުމަކީ އެއްމެބޮޑު އެއްކުއް. ތިމާމެން ގެ މުސާރަބޮޑުނުކޮއް ސްޓާފް ޕާޓީއަށް ކޮނެމް ފުލުހެއްގެ އަތުން ޗަންދާއެއްނަގަމުންގެންދާތީވެ ހަލުތާލުކުރީނޫންތޯ! މިއަދު މެނޭޖްމެންޓާއި ހިތްހަމަނުޖެހިގެން އެސަކުވާތައް ގެނެސްދެމުންގެންދާތީވެ ރަޔަޓް ގިޔަރުގައި ހުޅުޅެއަށް އެެރުމަަކީ ހާދަ ހުތުރު ފިނޑިކަމެކޭ

 3. އެޗްއައިއެޗް ހިންގަމުން އަންނަނީ ސިންގަޕޫރުގެ އެސްއޭޓީއެސްގެ 35 އިންސައްތަ ހިއްސާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 65 އިންސައްތަ ހިއްސާވެގެން އުފައްދާފައިވާ އޮންނަ ޖޮއިންޓްވެންޗާ އަކުންނެވެ. 65 ޕަސެންޓް އޮތް އިރު ވެސް ދިވެހީންގެ ހައްގުތައް ހޯދާ ދިނުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.

 4. މީ ބިދޭސީ މީހުން ބައިތިއްބައިގެން ނާޖާއިޒު ފައިދާ ނެގުމަށް ހިންގަމުންދާ ބޮޑު ޖަރީމާ އެއް ކަމަށް ދެކެން! ބަލަގަ ދިވެހިން ނެތީތަ ތިތަންނުގެ ކަމުދާ ވަރުގެ! ބޮޑެތިސިންގާހާ ފަލަ މުސާރަތައް ދީގެން ބައިތިއްބަނީ، ދިވެހިންނަށް ނުކުރެވޭނެ ކަމެއް ތި ބޭރުމީހުންނަށް ކުރެވޭނެތީތަ؟

 5. ތިޔަކަންކަން ކުއްލިޔަކަށް ރަނގަޅެއް ނުވާނެ. ފުރަތަމަ އެބަޖެހޭ ބިދޭސީންނަށް އޮންނަ ޑިމާންޑް ކުޑަކުރުމަށް ދިވެހިންގެ އެފިސިއެންސީ ރަނގަޅު ކުރަން.

 6. ޑިމޮކްރަޓިސްޓް

  ކޮންމެ ކަމެއްވެސް ފުލުހުން ބޭނުންކޮށްގެން ގަދަބާރުން މައިތިރިކުރުން މީ ސިޔާސަތަކީ.. ސްޓާފުންގެ އެއްވެސް ކަމަކާ އެބައަޅާލަާތަ؟؟؟ މީ މިގައުމުގެ މިހާރުގެ ރޫލިން!!! އިހުލާސްތެރި ސަރުކާރަށް ވަރަށް ސަލާމް!!!

 7. ކުރާ ހަޅުތާލެއް ހުއްޓާލަން ފުލުހުންނަށް އެންގެނީ ކޮން ޤާނޫނަކުންތަ ؟

 8. ރައީސް މީހާ ވިދާޅުވި މިރާއްޖެޔަކު އިޙްތިޖާޖް ކުރުމަށް ތަރުހީބެއް ނެތޭ.
  ފުލުހުން ދަނގަޑުދަހަނާ ތުރުކުރައްވައިގެން ތިބެ ވިދާޅުވަނީ 10 މިނެޓް ތެރޭ ހުއްޓާލާށޭ !
  އިންޒާރު ދެއްވަނީ .
  ހެޔޮވެރިކަމެއް

 9. ބިދޭސީއެއްވެއްޖީޔާ ހުރުމާ ކެއުން ލިބޭނެ އަދި އިތުރަށް މުސާރަ ވެސް.ކީވެބާ ދިވެހިންނާ އެހެން ނުހަދަނީ ދިވެހީން ވެސް ކުރަނީ މަސައްކަތް !

 10. ދިވެހި ސަރުކާރުން ދިވެހި މުއަައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރާނެ ކަމަށް އުއްމީދު ކުރަން

 11. ސްޓްރަައިކް އިޒް ސްޓްރައިކް، ސްޓްރައިކް، ސްޓްރައިކް އިޒް ސްޓްރައިކް. ސްޓްރައިކް، ސްޓްރައިކް އިޒް ސްޓްރައިކް. ސްޓްރައިކް އެކުރަނީ އެއީ ވެލިޑް ރީޒަން އެއް އޮތުމުން އެއްވެސް ސިޔާސީ މަގްސަދެއް ނެތި އެޗް އައިއެޗް ގެ އިންޑިިއަން ޓޮޕް މެނޭޖްމަންޓް އިން ގާނޫނާއި ޚިލާފަށް ރެމިޓެންސް ފައިސާ ސަރުކާރުގެ ހިއްސާ ތެރޭން ނަގާ އެތަނުގެ ބޭރު މުވައްޒަފުންނަށް ބެހުން ދެޓް ގޯސްޓް ކޮރަޕްޝަން ނޫންތޭ. އެއީ މަމެން ދިވެހިންގެ ފައިސާ ނޫންތޭ. ކަމޯން ސްޓޭންޑް އަޕް. ޔޭއް. ޖީއެމް ޔޫ އާރ ފަޔާރޑް. އެޗްއާރު ޔޫ އާރ ފަޔާރޑް. ސީއެފްއޯ ޔޫ އާރ ފަޔާރޑް. ތަމެން ބޭނުން ގޮތެއް ނެހެދޭނެ މީ އިންޑިއާ އެއް ނޫނޭ، ނޫނޭ، ނޫނޭ. މަހަށް ދޭ ބަލަ، މަހަށް ދާން ޖެހޭނީ ތަމެން އިންޑިއަނުން މަމެން ދިވެހިންނަށް ވާ ދިވެހިންނާއި ޖެހުނީމާ ދޯ. ޔޫ އޯލް އާރ ފަޔާރޑް. ފަޔާރޑް، ފަޔާރޑް. ޕެކް އެން ލީވް ނައު. ޕެކް ޕެކް ޕެކް އެން ލީވް ނައު.

 12. ހަޅުތާލު ކުރުމަށް މަސައްކަތް ހުއްޓާލުންއެއީ ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ހައްޤެއް... މިއީ ސިންގަޕޫރެއް ނޫން އިންޑިޔާ މީހުންމެނޭޖުމަންޓަށް ލައިގެން މާ މޭފުއްޕައިގެނއ ޔިއުޅެނީ

 13. ކީއްވެގެންހޭ އެޗްއައިއެޗް އަށް 20 އަހަރު ވީއިރު ވެސް އެތަނަކީ މާލޭގެ ބެކް ޔާރޑް ގައި އޮތް ތަނަކަށް ވާއިރު އެތަނުގެ %80 އެއީ ބޭރު މީހުންނަށް ވާންވީ. މިތަނުގެ ބޯރޑް ގައި އަބަދުވެސް ސަރުކާރު ތަމްސީލް ކުރަން އެމްއޭސީއެލްގެ އެމްޑީއެެއް ހުރޭ ނޫންތޭ. ނައްނާނާނަނާ، ނައްނާނާނަނާ، ނައްނާނާނަނާ، ތަަމެންނަށް ދޭން ޖެހޭ މުސާރައިން އެންމެ ރުފިޔާ އެއްވެސް އުނި ނުކޮށް މަމެން ތަމެންނަށް ފައިސާ ދިން އިރު މިކަން ނުވެއޮތީ ކީއްވެހޭ، ކީއްވެހޭ، ކީއްވެހޭ. މިއުޒިކް، މިއުޒިކް، މިއުޒިކް. ގެޓް އަޕް ސްޓޭންޑް އަޕް.. މީ މަމެންގެ ލައިފްއޭ، ލައިފް އޭ، ލައިފް، ލައިފް، ލައިފް އިޒް ލައިފް. މަމެން އެންމެން ތެދުވީމާ އެއީ އެންމެން ތެދުވެ ލަވަކިޔާ ޑާންސް ކުރަންވީ ރައިޓްސް ހޯދަން. ލައިފް އިޒް ލައިފް، ކަމޯން ސްޓޭންޑް އަޕް އެވްރީވަން އެން ޑާންސް، ޑާންސް، ޑާންސް..

 14. ރަގަނޅު ބޭރުކޮއްލާ އެއިރުންތާ ރަގަނޅައް ޖަރީމާ ހިންގޭނީ.