ސަން އައިލެންޑް ރިސޯޓުގެ ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ރިސޯޓުން ފައްސިވެފައި ވަނީ ހަތަރު ބިދޭސީންނެވެ. އެމީހުންގެ ތެރެއިން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އަދި މިއަދު ވެސް އިތުރު މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި ހަތަރު މީހުންނަކީ ރިސޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން ކަމަށްވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން 106 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މިހާތަނަށް ރާއްޖެ އިން 15،496 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މި ބަލި ޖެހިގެން ރާއްޖެ އިން ނިޔާވީ 51 މީހުންނެވެ. ބަލި ޖެހުނު 13،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މަންޖެ

    ސޭޓްއަށް ހުއްދައޮވޭ ކޮންމެ ދުވަހަކު މާމިގިއްޔަށް ގޮސްއައުން މީ ކޮންތާކުން ކާކުދީ ފައިވާ ހުއްދައެއް މި ފެންނަނީ ގާނޫނުހަދާ މީހުން ގާނޫނު އަށް ފައިންއަރާ މަންޒަރު ސޭޓް އެއީ ލާމަސީލު ނަމޫނާއެއް.

    6
    2