ކޮވިޑް-19 ގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ އާއިލާތަކަށް 3،000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް ނިންމައި އެކަމުގެ ޤަވާއިދު އެކުލަވާލައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" ގައި ބުނާ ގޮތުގައި ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑާ މިނިސްޓްރީ އިން ބަލަހައްޓަން ޖެހެއެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށެއްގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭތާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެހީއަށް ޝަރުތު ހަމަވާނަމަ ނުވަތަ ނުވާނަމަވެސް މިނިސްޓްރީގެ ފަރާތުން އަންގަން ޖެހޭގޮތަށް ޤަވާއިދުގައިވެއެވެ.
މި ގަވައިދުގެ ދަށުން ދޭ މާލީ އެހީގެ ތެރޭ ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވެންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް ދެވޭ 3،000 ރުފިޔާ، ވަޒަންވެރިވުމަށް ދަތުުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު އެ ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް އަދި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ހަރަދުގެ ވަކި އިންސައްތައެކެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.
އެހީ އަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުރުމާއި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.
މީގެ އިތުރުން ރަށަށް ބަދަލުވާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހެއެވެ. މި ޤަވާއިދުގައި ވާގޮތުން މާލީ އެހީ ދޭނަމަ އެމީހަކީ ފަޤީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހެއެވެ.
މި ޤަވާއިދުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.
ގަވައިދު ބުނާގޮތުން އެ ބަދަލުވާ ރަށަކާއި ކައިރި ރަށްރަށުގައި ތަމްރީނުގެ ފުރުސަތުތައް ހުރިނަމަ، އެފަދަ ތަންތަނުން އެ ފުރުސަތު ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވެދޭނެ އެވެ.
ޕާޓީ ކުދިންނަް ތިވެސް ލިބޭނީ، ވޯލްޑް ބޭންކުން ދިން އެހީއެއް ތިޔައީ
ރަށަށް ގޮއްސަ އަނެއް ދުވަހު ހުންނާނީ މާލޭގައި
ހުސްލޯނުދިނުމާއި ރިބާކެއުމެއްނު ތިއޮތީ.
ރާއްޖޭގެ ފަޤީރުންގެ ލިސްޓަށް އަމާޒުކޮށް އެހީގެ ޕެކެޖެއް ބަހާލަބަލަ . ކޮބާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮބާ ބޯކަލޭމެންގެ. 3000 ދީފައި އެއްބަޔަކު ފޮނުވާއިރު ކޮބާ ފަޤީތުން ކޮޅު. # ރަޢިސް ޞާލިހް ދަންނަވަންތޯ ވިސްނަވާ އިނގޭތޯ $
ތި ފައިސާ އަށް ވާނުވާ ނޭގޭނެ އެންމެފަހު، ރަށަށް ބަދަލުވާ މީހުންނަށްވެސް ނުލިބޭނެ
މަގުމަތި ނުކުރަނިސް ރަށައްދޭ އަހަރެމެންގެ ވެރިކަމުގަ ކޮންމެހެން މާލެ ވެގަނެގެން ފުލެޓުހޯދަން މާލޭގަ ހޮރަކައް ވަދެ ސަރުތު ހަމަކުރަން ކަންދައްކަން ނޫޅޭ އަހަރެމެންނައް އެމްޑީޕީ މީހުންނައް އެނގޭނެ ހަކުޅި ކުރިޔައް ކުޅެން ވޯޓުވެސް ހޯދަންއެނގޭ މިހާރު ތިބޭނީ ވިސްނި ފަކަމައް ގަބޫލު ކުރަން
ކީއްކުރަންތަ މީހުން ރަށައްފޮނުވަންވެގެން މިއުޅެނީ ރަނގަޅައްވިއްޔާ ފްލެޓްދޭންޖެހިދާނެތީ ކަންނޭންގެ ހާދަ މަކަރުވެސް ގަދައޭ އޭރުންތާ ޕާޓީކުދިންނައްދެވޭނީ
ލޯނު ދަންތުރާގައި ސީދާ ރައްޔިތުން ޖެއްސުމުގެ ހީލަތްތެރި ރޭވުން އިތުރަށް މީހުން ފަގީރު ކުރުވަން ކުރާ ކަމެއް ތިޔައީ
މިސަރުކާރު ލާރި ކާނެ އެލެވެންސް ބަހައިގެން.