ހުޅުމާލޭ ބޮޑު މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގަ މިރޭ ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ އަށާއި ހިނގާފައި ދިޔަ މީހާ އަށް ވެސް އަނިޔާ ވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 20:45 ހާއިރު ޕީޕީއެމްގެ ޖަގަހަ ކައިރިންނެވެ. އަނިޔާވި ދެމީހުންނަށް ފަރުވާ ދިނުމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާގެ މޫނު ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    އަދިވެސް އެލަކިން ލައިސަންސު ދޫކުރޭ. ?

  2. މުޙައްމަދު

    ދެން ވަގުތު ބުރޭކިންގަ މީހަކު ސީރިއަސް ކަމުގަ ޖަހާފަ އެ އޮތީ ޔޯ