އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ފަށާފައިވާ "ސީދާ ހަރަކާތު" ގެ މުޒާހަރާތައް ނިންމާލާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު "ކުޑަ ކަކޫ" މައްޗަށް ތިރި ކުރުމަށް ފަހު ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ "އިންސާފު ކޮބައި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މާލެ މަގުމަތީ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ނުކުންނަން ޖެހުނު ސަބަބަކީ ގައުމުގެ މިނިވަން ކަމާއި އިސްތިގްލާލަށް އަސަރު ކުރާނެ އެތައް އެއްބަސްވުމެއް ބޭރުގެ ބައެއް ގައުމުތަކާއެކު މި ސަރުކާރުން ވަމުން ދާތީއާއި އިންސާފު ގާއިމް ކުރުމުގެ ނަމުގައި ބޭއިންސާފުން އެތައް އަމަލެއް ހިންގަމުންދާތީ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ "ދޯދިޔާ" ނިންމުންތަކުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި އިގްތިސާދު ދަށްވެ ޒުވާނުންގެ ވަޒީފާތައް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މި ހާލަތުގައި ގައުމުގެ ރައްޔިތުން ދިރިއުޅެމުން ދަނިކޮށް، ސިޔާސީ ފިކުރު ހުންނަ ގޮތަކުން ސަރުކާރުގެ ވަޒީފާތަކުން އެތައް ބަޔަކު ވަކިކޮށް ނިކަމެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މި ހާލަތު ރަނގަޅު ކުރެވެން އޮތީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް ޕީޕީއެމްއާއި ޕީއެންސީއިން އަލުން ސަރުކާރަށް އައިސްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއިން ފަށާފައިވާ ސީދާ ހަރަކާތް ނިންމާލާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ފަހުގައި ކަމަށެވެ. އަދި މި ސަރުކާރު
"ކުޑަކަކުލަށް" ތިރިކޮށް ދެން ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ބޮޑު ތަނުން ބަލި ކުރުމަށް ފަހު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް، އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކައުންސިލްއިން "ސީދާ ހަރަކާތަށް" ނުކުންނަން ގަރާރެއް ފާސްކުރުމަށް ފަހު، މާލޭގައި ދަނީ ކޮންމެ ދުވަހަކު ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

މި ނިމުނު ހަފްތާގައި ހެލްތު މިނިސްޓްރީ ކައިރީ އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި މުޒާހަރާކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީ ކައިރީ އިންކަމް ސަޕޯޓް އެލަވަންސގެ އިންސާފުވެރިކަން ކަށަވަރު ކުރުމަށް ގޮވާލާ މުޒާހަރާކުރިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސް ކުރުމަށް ގޮވާލާ ވެސް މުޒާހަރާ ކޮށްފައިވެއެވެ.

"އިންސާފު ކޮބައި؟" ގެ ޝިއާރުގެ ދަށުން މިއަދު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މުޒާހަރާކުރަމުންނެވެ. މިއިން ކޮންމެ މުޒާހަރާއެއްގައި ވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢީސަދަރި

  ތިޔަ މުޒްހަރާ ތަކުގެ ހެޔޮއަސަރު ވަރަށް އަވއަހަށް ފެންނާނެ.

  30
  9
 2. އަލްޖިބްރާ

  ބަޔަކު ކުޑަކަކޫ މައްޗައް ތިރިކުރެވޭނީ ކުޑަކަކޫޖެހިފައި ތިބިމީހުންނަށް ހިންދެމިލެވިގެން ! ކަލޭމެނަކީ އެފަދަ ބައެއްނޫން ! ސަޅިބައިސާ ނުކަޑާ !

  15
  28
 3. ސާމިޔާ

  ސުރުޚީވަރަށް ފޮނި.. ފުލުހުންނުކުމެ ވެކްސިންޖަހަން ފެށީމާ މުސްކުޅިދައިތައެކޭ ވަރަށްއަނިޔާކޮށް ފިއޭ ހާލުސިރިއަސްއޭ ބުނީމާ ފޮޓޯއަކަށްއެހާރީއްޗެއްނޫން !!

  10
  13
 4. ރިހާކުރުކުޑޭ

  ބުނެވޭނީ ތިކުރެވެނީބޭކާރުކަމެކޭ .. ކޮންމެސަރުކާރަކުންވެސް ތިގޭމުކުޅެންއުޅޭ. އަޑަށްބާރުލާ ފަ ގަޔަށްހީސްލާ ފަ ކަރުންނާރުނަގާ ފައުޅުނު ..

  13
  16
 5. ޅޮލް

  ކިތަންމެ ގޮވިޔަސް ޔާންޓޭ މިނިވަނެއް ނުވާޅެ. އިބޫސާލިހު އަދުލުއިންސާފު ރާއްޖެއައްގެނަސްފި. ގައުމަށް ގައްދާރުވެ، ބައިތުލްމާލު ބަނޑުއަޅައި ޚިޔާނާތްތެރިވި އެންމެންނާއި ދެކޮޅަށް ދައުވާކޮށް ޖަލައްލާން ވީ. އަހަރުމެން ބިރެއްނުގަނޭ 2 މީހުން ދާ "މުޒާހަރާ" އެއްގައި ބިސްގަނޑު އެޅައިގެން ކެޔަސް. ހަމައަސަރެެއް ކޮއްލާނީ... ކެކެކެ.

  7
  16
 6. ގިއުޅު

  މިމީހުންބުނީ މީ މުޒާހިރާ ގާނޫނުއަސާސީއޭ މިމީހުން ގޮވީ ކޮންމެމީހަކައްވެސް އެއްވެއުޅުމުގެ މިނިވަންކަން އޮންނަންވާނެޔޭ އެކަމަކު މިހާރު މަގުމައްޗައް އެންދެތިން މީހަކުނުކުތަސް ދެފަރާތުން ފުލުހުންފޮނުވާ މީހަކައް ކުރިޔައްނުދެވޭވަރައް ބައްދާލާ ގަންނަބިރެއްގެސަބަބުން އެކަމަކު ﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިސަރުކާރު ކުޑަކަކޫމައްޗައްތިރިވާނެ

  16
  9
 7. އިސްތިއުފާ

  އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި ނަމަ މިއިން އެގިގެންދާ އެއްޗަކީ ތަމެންގެ ވެރިކަމުން ރައްޔިތުންނަށް ތަމެން ކަމެއް ކޮށްނުދޭއިރު ކޮވިޑް އިން ކުރީ ބޮޑެތި ވައްކަން ކަމަށޭ ތަމެން ދެން އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  6
  2
 8. އަރީފު

  ތިއީ ވަރަށް ބޮނޑު ދޮގެއް އެއްވުން ނުބާއްވާ ރައްތައް ވަރަށް ގިނަ

 9. ކޮލުކަށި

  ސީދާހަރަކާތަކީ މެމްޑީޕީގެ އެއްޗެއް ވަގުންނޭ ކަލޭމެންގެ ނެތް ސީދާހަރަކާތަންނުކުންނަހާ ފެންވަރެއް ހިތްވަރެއް މިޕީޕީގަ ކިރިޔާވެސްތަންދޮރުފިލާފަ ތިބިމީހުން ލަދެއްނުގަނޭތަ ކަތީބުކަމުގެ ސަނަދު އޮތް ކަދުރޭ ވަގު ލީޑަރަކަށް ހަދާގެން އޭނަފަހަތުން އެންބުރޭކަށް

 10. ހަހަހާ

  ކުޑަކަކުލޯ. ކަލޭމެން 10 ކުދިން މަގުމަތީ ހިނގާލީމަ ވަރަށް ބޮޑުވަރުވެއްޖެ. ލޮލް.