ކޮވިޑް-19 ޖެހިގެން، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވަމުންދާަ ކަމަށާއި، މިހާރުވެސް އެ ހޮސްޕިޓަލްގެ އައިސީޔޫގެ 50 އިންސައްތަ ފުރިފައިވާ ކަމަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޑަރު ޑރ.ޔޫސުފް ޝާން ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން ޑރ. ޝާން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅިގެން މި ދަނީ ބަލި ފެތުރުން އެއްކޮށް ހުއްޓުވަން ނޫން ކަމަށާއި، ރާއްޖެ އާއި އެހެނިހެން ތަރައްގީވެފައިވާ ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްހީ ދާއިރާގެ ރިސޯސްތައް އެއްކޮށް ފުރިދާނެތީ ކަމަށެވެ.

"ފުރިގެން އެޑްމިޓްވާނެ އެނދެެއް ނުލިބި، މިކަހަލަ ހާލަތަކަށް ދިއުން މީގައި މި އޮންނަނީ، އޭގެ މާނައަކީ އެކަށީގެންވާ ފަރުވާ ޕޭޝަންޓުންނަށް ނުދެވިދާނެތީ". ޑރ. ޝާން ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަސްތެރޭ އައިސީޔޫގައި ބަލި މީހަކު ނެތް ދުވަސްތައް ވެސް ދިޔަ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގެ 50 އިންސައްތަ ފުރިފައިވާ ކަމަށް ޑރ. ޝާން ވިދާޅުވިއެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވެސް އެޑްމިޓްކޮށްގެން ފަރުވަދެމުންދާ މީހުންގެ އަދަދު ވަރަށް މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަަށް މަދުވޭ އެބަ،ކެޕޭސިޓި ފުލްވަނީއޭ، އެހެންވީމަ މި ސްޕްރެޑް ވުން، ހޮސްޕިޓަލުގައި ފަރުވާ ބޭނުންވާ ޕޭޝަންޓުންގެ އަދަދު މަދުކުރުން މިއީ ވަރަށް މުހިއްމު ކަމެކޭ" ޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައްޖެނަމަ، އެކަަމަށް ޑޮކްޓަރުންނާއި ނަރުހުންގެ އަދަދުތައް ވަރަށް މަދު ކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދުގައި ބަލި ފެތުރެމުންދަނީ ފަރުވާ ކުޑަވަގެން ކަމަށާއި، އެހެންކަމުން އައިސީޔޫ ބެޑްތައް އިތުުރު ކުރެވިދާނެ ކަަމަށެވެ. އޭނާ ވަނީ ހުޅުމާލެ މެޑިކަލް ފިސިލިޓީގައި އައިސީޔޫ ބެޑްތައް އިތުރު ކުރެވިދާނެ ކަން ފާހަގަކުރައްވާފައެވެ. އަދި ވެންޓިލޭޓަރ އެވަރަށް ހުރިކަން ވެސް ފާހަގަކުރައްވާފައެވެ.

"އެކަމަކު ހިއުމަން ރިސޯސްއެއް ނެތް، ދެން އަނެއް ތަންކޮޅަކީ ހަމަ އަޅުގަނޑުމެން އެޑްމިޓްކޮށްފައި ފަރުވާދޭ މީހުން އިތުރުވެގެން ދާހެން، ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި ދަރުމަވަންތަަ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާހެން، އަޅުގަނޑުމެން ޑޮކްޓަރުންނާއި ނަރުހުން މި ނަގަން ޖެހެނީ ނޮން ކޮވިޑް ކަންތަކަށް". ޑރ. ޝާން ވިދާޅުވިއެވެ.

އަދި ސްޓާފުން ފައްސިވުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އޭނާ ވަނީ އެދިފައެވެ. އެއީ އެކަށީގެންވާ ފަރުވާ ދެވޭނީ ހިއުމަން ރިސޯސް ހުރެގެންކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަހަލަ ތަނެއް ރައީސް ޔާމީނު އަޅާފައިހުރިކަން ކިހާ ރަގަޅު!

    39
    2
  2. Anonymous

    ވައްކަން ކޮށްގެން ހެއްދެވި ބިރުވެރި ހޮހޮޅައިގެ ޚިދުމަތް ތެރިކަމާއެވެ.
    މިވަރުވެގެން ދާއިރުވެސް ކީއްވެޔޯދެން ސްކޫލް ތައް ބަންދުނުކުރަނީ.

    34
    2
  3. ސިނެކް

    މިގައުމުގަ މާސްކު އެޅުންމަޖުބޯރޯ އެކަމަކު މާސްކު ނައަޅާއުޅޭމީހުން ގެ ކަންތައްބަލާނެ ބަޔަކުނެތް ސީޕީ ހަމީދު އިސްތިއު ފާ ދިނުން މާރަނގަޅުވާނެ

    31
  4. ޖަމީލް

    2 މީހުންގެ ޖާގައިގެ އައިސީޔޫ އެއްނަމަ 1 ބޭއްވީމަ %50 ފުލުވީ

    9
    12
    • ޢައިޝާ

      ޢެތަން ދެކުނިންތަ

      13
      1
  5. ހިތާމަ

    މިވަރު ވާއިރުވެސް ސްކޫލްތައް ބަންދު ނުކުރަނީ ކީއްވެތޯ؟؟؟؟
    ގިޔާސުއްދީން ސްކޫލް ވެސް ބަންދު ކުރީމަ ހުޅުވަންއެންގީ... ހިތާމަ ހުރި ކަމެއް... ކިހާ ވަރެއް ވަންދެންތޯ މިތިއްބަވަނީ...

    12
  6. އަޙްމަދު

    ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގެ 100ޕަސެންޓަކީ ކިހާވަރެއް؟

    14
    1
  7. ލާދީނީ އަންނި

    އަޅުގަނޑު ވަރަށް އުފާވޭއެބަ.

    4
    1
  8. ނަންރީތި ހުސޭނު

    ދަރުމަވަންތަ ހޮސްޕިޓަލް ޒަމާނީފެންވަރައް ހަދާދިނީތީ އެކަމުގެ ހަސަދައިގަ ރ.ޔާމިނުގެ ކިބައިން މިސަރުކާރު ހަސަދައިގެ ބަދަލު ހިފިޔަސް، އެފަދަ ތަނެއް ތަރައްގީކޮއްދެއްވީތީ ރ.ޔާމިނައް ސުކުރުވެރިވަން

  9. ެއިސްމާލު

    މައިމޫނާ އުފާފަށެއްވާނެތާ ދޯ..

    2
    2