އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މާލެ މަގުމަތީ މުޒާހަރާ ކުރަމުން ދަނިކޮށް، ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރުޅާލާން ފުލުހުން ނުކުމެއްޖެއެވެ.

"އިންސާފު ކޮބައި؟" ގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މުޒާހަރާ ކުރަމުންނެވެ. މާލޭގައި ވެސް މުޒާހަރާ ކުރަމުންދާއިރު މުޒާހަރާ ހުއްޓުވަން އެސްއޯ ފުލުހުންގެ ބައެއް އޮފިސަރުން ނުކުމެ އެބަ އުޅެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ހިންގާ އޮފީސް ކައިރީ ފެށި މުޒާހަރާގެ ބައިވެރިން މަގުމަތީ ހިނގަމުން ދަނިކޮށް، އެސްއޯ ފުލުސް އޮފިސަރުންތަކެއް ނުކުމެގެން މުޒާހަރާގެ ބައެއް ބައިވެރިން ދުރު ކުރަމުން ދުރު ކުރަމުން ގޮސް އެކި ސަރަހައްދުތަކަށް ގެންގޮސްފައިވެއެވެ.

މިހާރު މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުން ދަނީ މާލޭގެ އެކި އެކި ސަރަހައްދުތަކުގައި ތިބެގެނެވެ. މި ގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި މުޒާހަރާގެ ބައިވެރިން މިހާރު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

މި ގޮތަށް މުޒާހަރާގެ ބައިވެރިން ދުރު ކުރުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގައިފައެވެ. ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލި ކުރިމަތިލުމުގެ ތެރޭގައި މުޒާހަރާގައި ތިބި ބައެއް މީހުނަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އެނގިފައިވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި މި ކުރިމަތިލުންތަކުގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް ވެސް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއްވެފައިވެއެވެ.

އެހެން ވިޔަސް ޝިޔާމް ހިމެނޭހެން އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ފަހުން ވެސް މުޒާހަރާގެ ހަރަކާތް ލީޑް ކުރައްވަމުން ގެންދެވިއެވެ. ލީޑާޝިޕްގެ އެކި ބޭފުޅުން މައުލޫމާތު ދެއްވާ ގޮތުގައި، ފުލުހުން އެ ހަރަކާތަށް ހުރަސް އެޅި ނަމަވެސް ހަރަކާތް ހުއްޓާނުލައި މިރޭ ދަންވަރު 12:00 ޖަހަން ދެން ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    އެއްގޮތަކަށްވެސް މުޒާހަރާ ކުރިޔަދީގެންނުވާނެ. ހުއްޓުވުނުގޮތަކަށްހުއްޓުވާ

    2
    6
  2. ރެފްރީ

    ހެޔޮހިތުން އަދުރޭމެންނަށް ދޭނަސޭހަތެއްމީ ތިގޮތަށްތެޅިބޭލުމަށްވުރެ މިރައްދަކައަވީގަ ނުތިބެ އެމީހުންގޮވައިގެން ރަށަށްދާން އުޅުނިއްޔާ މާރަނގަޅުވާނެ!! ރަށަށްބަދަލުވާކޮންމެމީހަކަށް ސަރުކާއެދެނީ 3000 ރު ފިޔާގެއިނާޔަތެއް.. ވަރަށްވެދުން

    1
    7
  3. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގައި އެމް.ޑީ.ޕީ އިން ކުރާ ހުރިހާ މުޒާހަރާއެއް ހުއްޓުވީ ބާރުގެ ބޭނުންކޮށްގެން ! އެހެންމީހުނަށްވެސް އޮންނާނީ އެގޮތް !

    2
    5
  4. 40 ވަގުން

    މީ ރަށްޔަތުންނަށް ކެހިދޭ ސަރުކާރެއް

    7
    1
  5. 40 ވަގުން

    މީ ރަށްޔަތުންނަށް ކެހިދޭ ސަރުކާރެއް.

  6. ވަގުން

    މީ ރަށްޔަތުންނަށް ކެހިދޭ ސަރުކާރެއް.

  7. ވެއްޓޭނެ

    މިމިހުން ވަރައް ބިރުގަންނާނެ މިމީހުންނޫން އެހެންބަޔަކު މަގުމައްޗައް ނުކުމެ މުޒާހިރާކުރަންޏާ ސަބަބެއްނެތިއެއްވެސްނޫން މިމީހުންނޫން އެހެންބަޔަކު މުޒާހިރާކުރުމުން ނުކުތް ނަތީޖާެ ރަހަ ރަނގަޅައްލާފަތިބި ބައެއްތީ އެހެންވީމަ މީހަކު މަގުމައްޗައް ނުކުންނައިރައްހީވާނީ ވެއްޓެނީއޭ