މާލޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައެއް ބައިވެރިންނާ ކުރިމަތިލުންތަކެއް ހިނގައި، އޭގެ ތެރެއިން އަނިޔާވި މީހަކު ހޭނެތިގެން ފަރުވާ ހޯދަން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ކަން ކަށަވަރު ކޮށްދެއްވައިފައެވެ. ހީނާ ވިދާޅުވި ގޮތުގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. މިހާރު ފަރުވާ ދޭން އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ ފިރިހެނެކެވެ.
"އިންސާފު ކޮބައި؟" ގެ ޝިޔާރަކާ އެކު މިއަދު ރާއްޖޭގެ މީހުންގެ ދިރިއުޅޭ ގިނަ ރަށެއްގައި މި މުޒާހަރާކޮށްފައިވާއިރު، މާލޭގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެނގިފައިވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ނަބީލް ޒަމީރު ވެސް ހިމެނެއެވެ.
މިއަދުގެ މުޒާހަރާގައި ވެސް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން އޭޑީކޭއަށް ގެންދިޔައިރު މި ހަފުތާގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގެ ތެރޭގައި މީގެ ކުރިން ވެސް ބައެއް މީހުން އަނިޔާވެގެން ފަރުވާ ހޯދަން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން އަންހެން ސަޕޯޓަރެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން "ސީދާ ހަރަކާތް" އަށް ނުކުތުމަށް ގަރާރެއް ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވަނިކޮށެވެ.
ތިއައީ މިސަރުކާރުން ރައްޔިތުންނަށް ދޭ އަނިޔާ އެވެ
ރ ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ސަރުކާރަށް
ގޮވާލަމެވެ.
ސަދޫމު ކޯޓުން ވެސް ހުރިހާކަމެއް ސާބިތުވޭ..
އިބޫ ވެރިކަމަށް އައީވެސް ވަގައް ވޯޓް އޮޅުވާލައިގެން އެހެންވީމަ އިބޫ މެން ގޮވި ހުރިހާ ވަހަކައެއް އަތަށްގޮވީ މީހަކު ނަރުވެއްޖެއްޔާ ޔާމީންގެ ކަމެކޭ އޭރުގަ ކީ މިހާރު މީ އިބޫގެ ކަމެއްތާ މަރެއް ނުވާ އެންމެ ދުވަހެއް ނުދޭ ގޮތްނޭނގޭ އެތައްމަރެއް އެތަށް ހާދިސާއެއް މީ ކާކުގެ އިބޫގެ ކަމެއްތޯ؟ކުރިން ރ ޔާމީނަށް ގޮވީ މިހާރު ގޮވަން ޖެހޭނީ ވެރިކަންފެލާލި އިބުއަށް
ވަގުންދޫކުރަން ގޮވާލާނީވެސް ވަގުން
އަދި އޮތީ ވަގުން ފަޅާއަ ރާނެ ދުވަސް، މައިތި ރރިވެގެން ހު ރޭ
ލާދީނިއްޔަތަށް ގޮވާލާ މީހެއްގެ ފަހަތުގަ އަތްތިލަބަޑި ޖަހަން ތިބޭނީ ވެސް ހުސް ލާދީނީ މުނާފިގުން.
މިއަދު ޕޮލިހުން އުޅުނީ ލޮނިމިދު ކައިގެން އުޅޭ ބަދަވި ތަކެންހެން ވަ ރައް ހަޑި ..ސީދާ ކޮންޓް ރޯލް ގެއްލިފަ ތިބި ވަކަރުގޭ ކުދިންކޮޅެއް..