އައްޑޫސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ސައިކަލެއް ދުއްވާފައި ދަނިކޮށް 2 ބައިސިކަލެއް ކުރިމަތިން ހުރަސް ކުރުމުންނެވެ.

އެކްސިޑެންޓްވި ބައިސްކަލު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ވަގުތު" އަށް މައުލޫމާތު ދެމުން މި އެކްސިޑެންޓް ފެނުނު މީހަކު ބުނީ، ސައިކަލު ދުއްވަން ހުރީ ފުލުހަކު ކަމަށާއި އަނެއް 2 ބައިސިކަލް ދުއްވަން ތިބީ 2 ދިވެހިން ކަމަށެވެ. އެ މީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓްގައި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުމުން މިހާރު ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. އެހެން ނަމަވެސް ލިބިފައިވަނީ ކިހާ ސީރިއަސް އަނިޔާތަކެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އެކްސިޑެންޓްވި ފުލުސް މީހާ ދުއްވަން އިން ސައިކަލު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އައްޑޫ ލިންކް ރޯޑުގެ ކުނި ކޮށި ސަރަހައްދަކީ މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕަނީނޯ

    ޖޫރިމަނާ އަވަހަށް ކުރަން ބާރަށް ދުއްވީތޯ ބަލާ ތަހުގީގު ނުކުރޭތަ

    8
    5
    • ލޮލްލޮލް

      މާތްކަލާކޯ އެފަކީރު ނޭވާ އަރަންދެކަން ކެއްކޮށްބަލަ...ކަލޭމެނަށް ވަންޏާ މިއަދު އޭނާގެ ހިސާބު ވެސް ބައްލަވަން ގޮވާނެ

      4
      3
    • ޖަޒީރާވަންތަ ރޯޔަލްކެހެރި ނުފަޅާ ޖަނަވާރު

      ބަލަ ބައިސްކަލަކަށް އަރާނީ ގައިމު ބާރަކަށް ދުއްވުނީމަތާ.. މި މީހުން އެހެންމީހުން ޖޫރިމަނާ ނުކުރެވިގެން އުޅޭއިރު ދުއްވާ ވައްތަރު ބަލާ.. ޖޫރިމަނާވެސް އޮންނަނީ އެއްފަޅިން.. ވަބާއަކަށްވެއްޖެ މި ސަރުކާރުވެސް މިހާރު

      2
      1
    • ބަކަރި

      މަ މާބޮޑަށް ކަންބިޑުވޭ ބައިސްކަލު ދުއްވި ކުދިންގެ ތަފްސީލު ނެތީނަ

  2. މާމީ

    ފުލުހުން ސައިކަލު ބާރަކައް ނުދުއްވާނެ..

    6
    6
  3. ިބޯކިބާ

    މާލޭގަ މަގުހަދައިގެން ހުޅުވި ހަފްތާގަ ދެތިން އެކްސިޑެންޓް ހިނގުމާއެކީ މާލޭ ސަރުކާރުން 5000 ހެލްމެޓް ހިލޭ ބަހާފަ، އަޅަންވީ ހެލްމެޓްގެ ވައްތަރާއި ކުލައާއި ސިފައަށްދާންދެން ދައްކާފަ، ފޫޓަކުން ބައްތިޖަހާފަ، އެކި ޒާތްޒާތުގެ ކެމެރާޖަހާފަ ފުލުހުން ބައިތިއްބާފަ އެހެރީ. އައްޑޫގަ އެކްސިޑެންޓް ހިނގާތާ ވިއްސަކަށް އަހަރުވަނީ، ކޮމެންޓް ޖަހަޖަހާ ތިބުންނޫން އެހެންގޮތެއްނެތް.

  4. Anonymous

    ތިހަމަލިޔަނީދޯ

  5. ބޮލި

    ތިހަމަލިޔަނީދޯ

  6. ޖަޒީރާވަންތަ ގެރި ކަހަނބު

    ކޮބާ ބައިސްކަލު ދުއްވި ކުއްޖާގެ ހައްގު. ޖޫރިމަނަ ކުރީމަ ނިމުނީ.. އިތުރު ކަމެއް ނުވާނެ..

  7. އައިސްތު

    ދެންތިބި މީހުނަށް އަނިޔާ ނުވަނީ؟ ޖޫރިމަނާ ކުރަން އަވަސްއަރައިގަނެގެން ތެޅެނިކޮށް ނޫންކަމެއް ނޭގެ އެކްސިޑެންޓް މި ވީކީވެސް.. ގައިމު ސައިކަލަށް ވުރެ ބައިސްކަލުގަނޑަށް ވެސް ބޮޑުވަރުވެފައޮތްތަން ތި ފޮޓޯއިން ފެންނަނި

    1
    1