އައްޑޫސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގިތާ އިރުކޮޅެއް ނުވަނީސް ހަމަ އެތަނުގައި އިތުރު އެކްސީޑެންޓެއް ހިނގައިފިއެވެ.

އެ ސަހަރައްދުގައި ހިނގި ފުރަތަމަ އެކްސިޑެންްޓްގައި އަނިޔާވީ ފުލުހަކަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ސައިކަލުގައި އެ ފުލުސް މީހާ ދަނިކޮށް، ބައިސްކަލެއްގައި ދިޔަ ދެ މީހަކު އޭނާ ކުރިމަތި ހުރަސްކޮށްގެންނެވެ.

މި އެކްސިޑެންޓް ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ އެތަނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، މި އެކްސިޑެންޓްގައި ހިނގާފައިވަނީ، އެ ސަރަހައްދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ޖެހިގެންނެވެ.

މަންޒަރު ދުށް "ވަގުތު"ނޫސްވެރިއަކު ބުނިގޮތުގައި، އެ ސައިކަލު ވިއްސައިގެން ގޮސް އޮތީ ވަލު ތެރޭގައެވެ.

އެއީ ފޭދޫކޮޅުން އައި ކާރެކެވެ. އެ ކާރު ކޮންޓްރޯލް ކުރެވުނީ 80 ވަރަކަށް ފޫޓަށް ދިޔަ ފަހުންނެވެ.

ދެވަނަ އެކްސިޑެންޓް ހިނގިއިރު، ފުރަތަމަ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައި އޮތެވެ. އަދި އެކްސިޑެންޓް ހިނގި ގަޑީގައި މަގު މެދުގައި އެމްބިއުލާންސްވެސް އޮތެވެ.

ކާރު ދުއްވަން އިން ޑްރަވަރު ބުނީ، އޭނާއަށް އެމްބިއުލާންސްވެސް އަދި އާއްމުންނާއި، އިތުރު ވެހިކަލެއްވެސް އެ ސަރަހައްދުން ނުފެންނަ ކަމަށެވެ.

މި އެކްސިޑެންޓްގައި ކަރަށްވެސް ވަނީ ގެއްލުންތަކެއްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމީ

    ތިޔައީ ނިހާދުކިއާ މީހެއްގެ މައްސަލައެއް

  2. ހުސެން

    އައްޑޫގައި ބިރަކާ ނުލާ މަޖާކުރާ މީހިން ގިނަވީމާ ވާހާގޮތް ދެންވެސް ރަނގަޅު މަގައް ރުޖޫއު ވުމަށް ނަސޭހަތް ތެރިވަން

    8
    3
  3. އައްޑޫ ލެއި

    އަދިވެސް މަގުމަތީގެ ގަވާއިދާއި އެއްގޮތަށް ނުވަތަ ހަވީރު ފިނިބުރު ޖަހަންދާ މީހުންން ފެންނަތަނަކުން މަޑުކުރުވައިގެން ފައިންކުރެވޭތޯ ބަލާ. މަގުމަތީގަ ބޮއިގެން ހޭބަލިވަމުން ދުއްވާ މީހުންނަކަށް ފިޔަވަޅެއް އަޅާކަށް ނުކެރޭ.

  4. އަހްމަދު

    އެހެންވީމާ ތިޔަމީހާވަގުތުން ޓެސްޓްހަދަންޖެހޭ މަގުމެދުގައޮތް އެމްބިއުލާސްއާ އެއްވެފައޮތްމީހުން ނުފެނެނުނީމަ އަދި ކޮންޓްރޯލްނުވާވަރަށް ކާރުދުއްވުނީމާ ބަލަންޖެހޭނެ

    7
    1
  5. ނަޔާ

    އަނެއްކާ ޖިންނި ކަމެއްބާ؟