މިއަހަރު ރާއްޖޭގައި އޮންނާނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އަނެއްކާވެސް ދެއްވައިފިއެވެ.

ދިވެހި ސަރުކާރުން މިޔަގީންކަން ދެއްވީ ފްރާންސް، އިޓަލީ، ޖަރުމަން، ނެދަލޭންޑްސް، ރޯމޭނިއާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާ ގުޅިގެން އިއްޔެ ރާއްޖެ އާއި ބެހޭ ގޮތުން ނެރުއްވި ބަޔާނަށް ރައްދު ދެއްވާ ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެސް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ސަރުކާރުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީ އާއި ހިލާފަށް އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ހިލާފަށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަކީ ޒިންމާދާރު ސިޔާސީ ހަރަކާތްތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ޤާނޫނާއި ހިލާފަށް ހިންގަމުން ގެންދާ ކަންތައްތައް ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާނަމެވެ. އެއީ ޤާނޫނު ތަންފީޒު ކުރުމަށާއި ގައުމުގައި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށްޓަކައެވެ. ޤާނޫނު އަސާސީ އިން ލިބިދޭ ޙައްޤެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެއްވެސް ފަރާތަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭނަމަވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި ވިދާޅުވީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ދެރިޔާސީ އިންތިޚާބާއި ދެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދެ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަދި އެތައް ބައިއިލެކްޝަނެއް ރާއްޖޭގައި ބާއްވާފައި ވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ކަމަށް ބައިނަލްއަޤުވާމީ އޮބްޒާވަރުންނާއި ދިވެހި އޮބްޒާވަރުން ވެސް ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ވެސް އިސްތިސްނާ ވުމެއް ނެތި މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ބޭއްވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މީނަ ކީއްވެބާ ކޮންމެ ޚަބަރަކާއެކު އެމްޑީޕީ ޕްރޮމޯޓްކުރާ ފޮޓޯއެއް މި ލަނީ؟

  2. ކަރުންމަތީގެ ޑޮކްޓަރު

    ސަރުކާރު ވަރެއް ހަމަ ނެތް. ރިޔާސީ އިންތިޚާބުގައި ކޮންމެހެން ކުނޫޒުން މީހަކާއި ހަރުގެއިން ވަކި މީހަކު ހުންނާކަށް މަޖުބޫރެއް ނޫން. ރައީސް ޔާމީނާ އުމަރު ނަސީރު އިންތިޚާބަށް ނުކުތީމާ އެހެރީ ރަނގަޅަށް.

  3. ހާއްޕެ

    ދައްކާ ދޮގު ވާހަކަ މިއޮއްފަދަ ރޯދަމަހު.