މިހާރު ގިނަބަޔަކު ފައްސިވަމުންދާ މ. ކޮޅުފުށިން މިއަދު ކޮވިޑް-19 ފައްސިވި އަދަދު 15 އަށް އަރައިފި އެވެ.

އެރަށުން މިއަދު މީގެ ކުރިން ހަ މީހަކު ވަނީ ފައްސިވެފައެވެ. މިހާރު އެރަށުން އިތުރު ބަޔަކު ފައްސިވެ، ޖުމްލަ އަދަދު 25 އަށް އަރާފައިވާ ކަން މި ވަނީ ކަށަވަރުވެފައެވެ.

އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އޭގެ ފަހުން އެރަށުން ވަކި ތަރުތީބެއް ނެތި ސުންކު ނަގަން ފަށާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން މިއަދާއި ހަމައަށް 25 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށުން ފައްސިވި މީހުންގެ ތެރޭގައި އެރަށު ހަނދުވަރީ ދޯނީގެ ކެޕްޓަން އާއި އެ ދޯނިން ދަތުރު ކުރި ބައެއް މީހުން ހިމެނެއެވެ.

އެރަށުގައި ހުރެފައި މާލެ ގޮސް ހުއްޓާ ފައްސިވި އެ އަންހެން މީހާއަކީ އެރަށަށް މާލެ އިން ދިޔަ މީހެކެވެ. އޭނާ އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު ދޫކޮށްލުމުން ރަށުގައި ނުވަ ވަރަކަށް ދުވަސް ވަންދެން ހުއްޓެވެ. އޭނާ އެނބުރި މާލެ އައިސްފައި ވަނީ ޖެނުއަރީ19 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން އޭގެ ދެ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު